ފުރަތަމަ ސަފްޙާ / ޚަބަރު / ކޮޕަ ޑެލްރޭ ކުޅެން ރެއާލް މެޑްރިޑް އެފްރިކާއަށް

ކޮޕަ ޑެލްރޭ ކުޅެން ރެއާލް މެޑްރިޑް އެފްރިކާއަށް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 20 އޮކްޓޫބަރު 2018

ސްޕެނިޝް ކޮޕަ ޑެލްރޭގައި ސްޕެއިންގެ ތިންވަނަ ފަންތީގެ ކްލަބް ޔޫޑީ މެލިއްލާއާއި ރެއާލް މެޑްރިޑް ވާދަކުރަން ޖެހިއްޖެއެވެ. މި ޓީމަކީ އެފްރިކަން ކޮންޓިނެންޓުގެ މޮރޮކޯ ކައިރީގައި އޮންނަ ސިޓީ އޮފް މެލިއްލާ ގައި އުފެދިފައި އޮންނަ ކްލަބެކެވެ.

ފުޓްބޯޅައިގައި ސްޕެއިންގެ ދަށުން އޮންނަ މި ސިޓީގެ ކްލަބް ޔޫޑީ މެލިއްލާ ވާދަކުރަމުން ދަނީ ސްޕެއިންގެ ސެގުންޑާ ޑިވިޝަނުގައެވެ. އެ ޑިވިޝަނުގައި ހަތަރު ގްރޫޕެއް ހިމެނޭއިރު ކޮންމެ ގްރޫޕެއްގައި 20 ޓީމު ކުޅެއެވެ. މަލިއްލާ ކުޅެނީ އެ ޑިވިޝަނުގެ ގްރޫޕް ހަތަރެއްގައެވެ. އެ ސީޓީގެ އާބާދީގައި ގާތްގަނޑަކަށް 86،000 މީހުން އުޅޭއިރު ކްލަބްގެ އަލްވާރެޒް ކްލަރޯ ސްޓޭޑިއަމަށް ވަދެވެނީ 10،000 ސަޕޯޓަރުންނަށެވެ.

ކޮޕަ ޑެލްރޭގައި ރެއާލް މެޑްރިޑް މެޗު ކުޅެން ކުރަންޖެހޭ ދަތުރުގެ ޗާޓް

ގަދަ 32 ޓީމު ވާދަކުރާ ބުރުގައި ރެއާލް މެޑްރިޑާއި މެލިއްލާ ވާދަކުރާ ފުރަތަމަ މެޗު މެލިއްލާގެ ދަނޑުގައި ކުޅޭނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. މި މެޗު ކުޅުމަށް ރެއާލް މެޑްރިޑް ކުރަން ޖެހޭނީ 460 މޭލުގެ ދިގު ދަތުރެކެވެ. ދެވަނަ ލެގް ރެއާލްގެ ދަނޑުގައި ކުޅޭނީ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

މިދިޔަ ސީޒަނުގައި މި މުބާރާތް ކާމިޔާބުކުރި ބާސެލޯނާ ގަދަ 32 ޓީމުގެ ބުރުގައި ތިންވަނަ ޑިވިޝަނުގެ ކަލްޗަރަލް ލިއޯނިސާއާ ވާދަކުރާއިރު އެތްލެޓިކޯ މެޑްރިޑް ނުކުންނާނީ ކަޓަލާން އަށް ނިސްބަތްވާ ސޭން އަންޑްރޫ އާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!