DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ޓީސީ އިން ދިއްދޫ މާޔޫސްކޮށްލި އިރު މާޒިޔާ އިން އަނެއްކާ ވެސް އެ ޖެހިލީ ކުރިއަށް
ޓީސީ އިން ދިއްދޫ މާޔޫސްކޮށްލި އިރު މާޒިޔާ އިން އަނެއްކާ ވެސް އެ ޖެހިލީ ކުރިއަށް
މިއަދު ހަވީރު ދިއްދޫ އާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ޓީސީ އިން ދިއްދޫ މާޔޫސްކޮށްލި އިރު މާޒިޔާ އިން އަނެއްކާ ވެސް އެ ޖެހިލީ ކުރިއަށް

ފަހުމިނެޓް
ފަހުމިނެޓް
4 ގަޑިއިރު ކުރިން • 20 އޮކްޓޫބަރު 2026

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދިއްދޫ ސްޕޯޓްސް ކްލަބްގެ ދަނޑުގައި ޓީސީ ސްޕޯޓްސް ކްލަބް ކުރިހޯދިއިރު، މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބިސް ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ. 

އަމިއްލަ ސަޕޯޓަރުން ކުރިމަތީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ވެސް ދިއްދޫ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރާއްޖޭގެ ނަން މަޝްހޫރު ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު އެ ދެ މެޗު ވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. 

މިއަދު އަމިއްލަ ދަނޑުގައި ދިއްދޫ ނުކުތީ އަމިއްލަ ފަސްގަނޑުގައި ތާރީހީ މޮޅެއް ހޯދުމުގެ އަޒުމުގަ އެވެ. މޮޅު ހޯދަން ދިއްދޫ ޓީމުން ވަރަށް ހިތްވަރާ އެކު މޮޅު ކުޅުމެއް ދެއްކި އެވެ.

މިއަދުގެ މެޗުގައި ދިއްދޫ ކޮޅަށް ޓީސީގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ޖެހީ ބިދޭސީ ކުޅުންތެރިޔާ މެގްސަން ޑުރާޑޯ އެވެ. 

މިރޭ ކުޅުނު މެޗުގައި މާޒިޔާ އަށް ފުރަތަމަ ލީޑު ލިބުނީ ބިސް ބުރު ސްޕޯޓްސްގެ އަލީ ޝައިހާން ނަސީމް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެކަމަކު އޭގެ ހަތް ވަރަކަށް މިނެޓު ފަހުން ބިސް ބުރުގެ އަހުނަފް މުހައްމަދު ތަސްނީމްގެ ގޯލުން އެޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. 

މާޒިޔާގެ ދެ ވަނަ ގޯލު 51 ވަނަ މިނެޓުގައި ޖެހީ އަބްދުﷲ ލޫތު އިބްރާހީމް އެވެ. އޭގެފަހުން 58 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ކަޑްޖޯ ގޮމޭޒް އެވެ. 

މިއަދުގެ މެޗުތަކަށް ފަހު ލީގު ތާވަލުގައި މާޒިޔާ އޮތީ 10 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ބިސް ބުރަށް 6 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ހަ ވަނައިގަ އެވެ. ދިއްދޫ އަތުން މޮޅުވި ޓީސީ 6 ޕޮއިންޓާ އެކު ހަތް ވަނައިގައި އޮތްއިރު ދިއްދޫ އަށް ވަނައިގައި އޮތީ 5 ޕޮއިންޓާ އެކު އެވެ. 

ލީގުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި އޮޑި ސްޕޯޓްސް ކްލަބް ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އޭގެފަހުން މާދަމާ ރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings