DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ގާފަރު ކައުންސިލް ކަޕް: ދެ އަހަރުގެ ހިތްދަތިކަން ފިލުވާލަން އޯކޭ ބޯއީޒް ކެތްމަދުވެފައި
ގާފަރު ކައުންސިލް ކަޕް: ދެ އަހަރުގެ ހިތްދަތިކަން ފިލުވާލަން އޯކޭ ބޯއީޒް ކެތްމަދުވެފައި
ގާފަރު ކައުންސިލް ކަޕްގައި އޯކޭ ބޯއީޒް ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: އޯކޭ ބޯއީޒް

ގާފަރު ކައުންސިލް ކަޕް: ދެ އަހަރުގެ ހިތްދަތިކަން ފިލުވާލަން އޯކޭ ބޯއީޒް ކެތްމަދުވެފައި

ފަހުމިނެޓް
ފަހުމިނެޓް
17 ގަޑިއިރު ކުރިން • 20 އޮކްޓޫބަރު 2026

އަންނަ ހޮނިހިރު ދުވަހު ފަށާގޮތަށް ހަމަޖެހިފައިވާ ގާފަރު ކައުންސިލް ކަޕް ފުޓްސަލް މުބާރާތުން މިފަހަރު އެންމެ ގިނައިން އިވޭނެ އެއް ނަމަކަށް އޯކޭ ބޯއީޒްގެ ނަން ވާނެ އެވެ.

ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ އަށް ވަނަ ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގައި މިފަހަރު ނުވަ ޓީމަކުން ވާދަކުރާއިރު އޯކޭ ބޯއީޒްގެ ހިޔާވަހިކަމުގެ ދަށުން ނުކުންނަ ތިން ޓީމެއް އޭގެ ތެރޭގައި ހިމެނެ އެވެ.

ގާފަރު ކައުންސިލް ކަޕްގެ ފައިނަލްގައި މިދިޔަ ދެ އަހަރު ވެސް ކުޅެފައިވާ އޯކޭ ބޯއީޒް އާއެކު މިފަހަރުގެ މުބާރާތަށް ނުކުންނަ އެ އާއިލާގެ އަނެއް ދެ މެންބަރުންނަކީ މި މުބާރާތުގައި ކުރިންވެސް ވާދަކޮށްފައިވާ އޯކޭ ބޯއީޒް ޔުނައިޓެޑާއި އަދި ކުރީގެ ތަރިން ހިމެނޭ އޯކޭ ބޯއީޒް ލެޖެންޑެވެ. މީގެ ތެރެއިން އޯކޭ ބޯއީޒް ލެޖެންޑަކީ ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން މިއަހަރު ބޭއްވި ވެޓަރަންސް މުބާރާތުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ބައިވެރިވާ ޓީމެކެވެ.

އޯކޭ ބޯއީޒް އިން މި މުބާރާތުގައި އިތުރު ޓީމުތައް ބައިވެރިކުރާ މައިގަނޑު ސަބަބަކީ އެ ޓީމުގެ ކޯޗު މުހައްމަދު ވާސިފް ބުނާ ގޮތުގައި ފުޓްސަލް ކުޅެން ބޭނުންވާ ގާފާރުގެ ވީހާ ވެސް ގިނަ ކުޅުންތެރިންނަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ގާފަރަކީ ފުޓްސަލް ކުޅެން ޝައުގުވެރިކަން ހުންނަ ވަރަށް ގިނަ ޒުވާނުން ތިބި ރަށެއް. އަޅުގަނޑުމެންގެ މަގްސަދަކީ ވީހާވެސް ގިނަ ޒުވާން ކުދިންނަށް މި މުބާރާތުގައި ކުޅެލުމުގެ ފުރުސަތު ހޯދައި ދިނުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަހަލަ މުބާރާތްތަކުން އެކުދިންނަށް ފުރުސަތު ދީގެން މިރަށުގެ ފުޓްސަލް ކުރި އަރާނީ. 

ގާފަރު ކައުންސިލް ކަޕަށް އޯކޭ ބޯއިޒްގެ ޓީމުތަކުން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން "ފަހުމިނެޓް" އާ މައުލޫމާތު ހިއްސާކުރަމުން އެ ޓީމުގެ ކޯޗް މުހައްމަދު ވާސިފް ބުންޏެވެ.

މީގެ ގާތްގަނޑަކަށް 25  އަކަށް އަހަރު ކުރިން އުފަންވި އޯކޭ ބޯއީޒް އިން ގާފަރު ކައުންސިލް ކަޕްގެ ފައިނަލްގައި މިދިޔަ ދެ އަހަރު ވާދަކުރި ނަމަވެސް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެކްސް ބޯއީޒްގެ މައްޗަށް އެ ދެފަހަރުވެސް ކުރި ހޯދޭ ގޮތް ވަނީ ނުވެފަ އެވެ. އެ ދެ ފައިނަލުން ވެސް އޯކޭ ބޯއީޒް ބަލިވެފައިވަނީ 0-1 އިންނެވެ. މިފަހަރުގެ މުބާރާތަށް އޯކޭ ބޯއީޒް ނުކުންނައިރު އެންމެ ބޮޑު އަމާޒެއް ކަމަށް ހަދައިފައި ވަނީ  ޖެހިޖެހިގެން ތިންވަނަ ފަހަރަށް ފައިނަލްގައި ކުޅެ ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލުމެވެ.

މިދިޔަ އަހަރުގެ ރަނަރަޕް ޓީމު އޯކޭ ބޯއީޒް. ފޮޓޯ: ގާފަރު ކައުންސިލް އިވެންޓްސް
މިދިޔަ އަހަރުގެ ރަނަރަޕް ޓީމު އޯކޭ ބޯއީޒް. ފޮޓޯ: ގާފަރު ކައުންސިލް އިވެންޓްސް

"އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިދިޔަ ދެ އަހަރުވެސް ފާހަގަވީ އަނިޔާގެ މައްސަލަތަކާ ހުރެ މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭ ގޮތް ވުމުން އެ ކުޅުންތެރިން ރިޕްލޭސް ކުރެވޭ ވަރުގެ ކުޅުންތެރިން ޓީމުގައި ނެތުން. މިފަހަރުގެ މުބާރާތަށް ޓީމު އެކުލަވާލިއިރު އެކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ޓީމު ނަގައިފަ ވާނީ. އެހެންވީމާ މިފަހަރު ވަރަށް ބޮޑަށް އުންމީދުކުރެވޭ ތަށި ހޯދޭނެ ކަމަށް." އެކްސް ބޯއީޒްގެ ކޯޗް ވާސިފް ބުންޏެވެ.

ގާފަރު ކައުންސިލް ކަޕަށް އޯކޭ ބޯއީޒް މިފަހަރު ނެރޭ ޓީމުގައި ވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން އެބަ ތިއްބެވެ. އޭގެ ތެރޭގައި ގާފަރުގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިބްރާހީމް ރިމާހް (ރިމޭ) އާއި ނާއިހް މުފީދު (ނާހް) ހިމެނޭ އިރު އެ ރަށުގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ފައްޔާޒް ފަޔާޒް (ފައިއްޓޭ) ވެސް ވަނީ މިފަހަރުގެ ޓީމުގައި ހިމަނައިފަ އެވެ.

މި ކުޅުންތެރިންގެ ތެރެއިން ރިމޭ، މިއަހަރު މާލޭގައި ބޭއްވި އޮފީސް ލީގާއި، ކިންގްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވާ އިރު ނާހް ވަނީ ކިންގްސް ކަޕް ސްޓެލްކޯއަށް ކާމިޔާބުކޮށްދިނުމުގައި ރިމޭއާ އެކު މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

https://www.fahuminet.com/tournaments/gaafaru-council-cup-2026

އަނެއްކޮޅުން މިފަހަރުގެ މުބާރާތަށް އޯކޭ ބޯއިޒްއާ ގުޅުނު ފައިއްޓޭ ވަނީ މިއަހަރު އޮތް ކްލަބް މޯލްޑިވްސްގެ ސެމީ ފައިނަލަށް ކްލަބް އެޗްޑީސީ ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މީގެ އިތުރުން ފައިއްޓޭ އަކީ މިދިޔަ ތިން އަހަރު މުބާރާތުގެ ޗެމްޕިއަންކަން އެކްސް ބޯއީޒް އިން ހޯދިއިރު އެ ޓީމުގެ ގޯލް ބެލެހެއްޓި ކުޅުންތެރިޔާ އެވެ. މި ކުޅުންތެރިންނާ ގުޅެން ރަށުން ބޭރުން  އަންނަނީ ރާއްޖޭގެ ފުޓްސަލްގައި އެފަދަ ދެ ވަނައެއް ނެތް އަލީ ހާފިޒް (ހާއްޕެ) އެވެ.

ގާފަރު ކައުންސިލް ކަޕަށް އޯކޭ ބޯއީޒް އިން މިފަހަރު ވަރުގަދަ ޓީމެއް ނެރުނު ކަމުގައި ވިޔަސް މުބާރާތުގައި ބައިވެރިވާ އެހެން ޓީމުތަކާ ދޭތެރޭ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށާއި މިފަހަރުގެ މުބާރާތަށް ގިނަ ޓީމުތަކުން ސްކޮޑް ވަރުގަދަކޮށްފައިވާ ކަމަށް އޯކޭ ބޯއީޒްގެ ކޯޗް ވާސިފް ވަނީ ބުނެފަ އެވެ.

އަބަދުވެސް މި މުބާރާތަކީ ވާދަވެރި މުބާރާތެއް. ގިނަ މެޗުތައް ނިމިފަ ހުންނާނީ ވަރަށް ތަފާތު ކުޑަކޮށް. އެކަމަކު މިފަހަރު ބައިވެރިވާ ބައެއް ޓީމުތަކަށް ބަލާލާއިރު ވާދަވެރިކަން ވަކިން ބޮޑުވާނެ ކަމަށް ގަބޫލުކުރެވެނީ. 

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ގާފަރު ކައުންސިލް ކަޕްގެ ގުރު ނަގާގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings