DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ދިއްދޫ އަށް ސާބަސް، ތިޔަ ހިއްލާލަނީ ވަޅުޖެހިފައި އޮތް ދިވެހި ފުޓްބޯޅައިގެ ފޯރި
ދިއްދޫ އަށް ސާބަސް، ތިޔަ ހިއްލާލަނީ ވަޅުޖެހިފައި އޮތް ދިވެހި ފުޓްބޯޅައިގެ ފޯރި
ނިއު ރޭޑިއަންޓް ކޮޅަށް ގޯލު ޖެހުމަށް ފަހު ދިއްދޫގެ ބިދޭސީ ކުޅުންތެރިން އުފާފާޅުކުރަނީ. ދިއްދޫގެ ކުޅުމަށް އެންމެގެ ތައުރީފު ވަނީ ލިބިފައި. ފޮޓޯ: އެފްއޭއެމް

ދިއްދޫ އަށް ސާބަސް، ތިޔަ ހިއްލާލަނީ ވަޅުޖެހިފައި އޮތް ދިވެހި ފުޓްބޯޅައިގެ ފޯރި

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން • 11 އޮކްޓޫބަރު 2026

ދިވެހި ޕްރިމިއާ ލީގަށް މިފަހަރު މުޅިން އަލަށް ކޮލިފައިވި ހއ. ދިއްދޫއިން އަމިއްލަ ރަށުގައި ކުޅުނު ފުރަތަމަ ލީގު މެޗުގައި އިއްޔެ ހަވީރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ވާދަކޮށް 2-2 އިން އެއްވަރުވެގެން ނިމުނު އިރު މިއީ ދިއްދޫގެ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް ކުޅުނު އެންމެ ހާއްސަ މެޗެވެ.

ދިއްދޫގެ ފުޓްބޯޅައިގެ ތާރީހުގައި އައި އެންމެ ހާއްސަ ދުވަހަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިން އެއް އިއްތިފާގަކީ އިއްޔެ ހަވީރު ދިއްދޫއިން ކުޅުނު މެޗުގައި އިދިކޮޅުން ނުކުތް ޓީމަކަށް ނިއު ރޭޑިއަންޓް ވުމެވެ.

ނިއުރޭޑިއަންޓަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުލަބެވެ. ގައުމީ ފެންވަރުގައި މިހާތަނަށް ބޭއްވި އެންމެ ގިނަ މުބާރާތްތަކުގެ ތަށި އުފުލާލައިފައިވަނީ ނިއު ރޭޑިއަންޓުންނެވެ. އެންމެ ގިނަ ދިވެހިން ސަޕޯޓްކުރާ ކުލަބަކީ ވެސް އެއީ އެވެ.

މި ހާއްސަ މެޗަށް ނިއު ރޭޑިއަންޓް ދިއްދޫއަށް އައުމުން އެ ރަށުން ހޫނު މަރުހަބާއެއް ކިއެވެ. މެޗަށްޓަކައި ދިއްދޫ އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެ ޒީނަތްތެރިކޮށްފަ އެވެ. މީގެ އިތުރުން މި މެޗު ޝަރަފްވެރިކޮށްދެއްވުމަށް ކުޅިވަރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ރާފިއު ދިއްދޫއަށް ވަޑައިގެންނެވިިއިރު ދިވެހި ފުޓްބޯޅައަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވި ބައެއް ބޭފުޅުން ވެސް ވަނީ ވަނީ އިއްޔެގެ މެޗު ބައްލަވާލައްވަން ދިއްދޫއަށް ވަޑައިގެންފަ އެވެ.

ދިއްދޫގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދިނުމަށް އިއްޔެ ސްޓޭޑިއަމްގައި. ދިއްދޫގެ ތައްޔާރީތަކުގެ ފުރިހަމަކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ. ފޮޓޯ: އެފްއޭއެމް
ދިއްދޫގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދިނުމަށް އިއްޔެ ސްޓޭޑިއަމްގައި. ދިއްދޫގެ ތައްޔާރީތަކުގެ ފުރިހަމަކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ. ފޮޓޯ: އެފްއޭއެމް

އިއްޔެގެ މެޗަށް ދިއްދޫ ނުކުތް އިރު މިފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމުން މާލޭގައި ކުޅުނު ތިން މެޗުގައި ވެސް ރަގަޅު ކުޅުމެއް ދައްކައިފައި އޮތުމާއެކު އަމިއްލަ ރަށުގައި އެ ކުޅުން މާ ފުރިހަމަ އަށް ތަކުރާރުކުރާނެ ކަމަށް ގިނަ ބަޔަކު ތިބީ ބަލައިގެންނެވެ. އެއާއެކު މެޗު ފަށައިގެން ފުރަތަމަ 15 މިނެޓްގެ ތެރޭގައި ނިއުރޭޑިއަންޓް ކޮޅަށް ދެ ގޯލް ދިއްދޫއިން ވައްދާލުމާއެކު ސަޕޯޓަރުންގެ ފޯރި ވަރަށް ގަދަވި އެވެ. އެކަމަކު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި މިދިޔަ ސީޒަންގައި އެންމެ ގިނަ ގޯލް ޖަހައިގެން ރަން ބޫޓް ހާސިލްކުރި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ތިބި ނިއު ރޭޑިއަންޓް ބަލިކުރަން ފަސޭހަ ނުވާނެކަން ދިއްދޫގެ ސަޕޯޓަރުންނަށް އޭރުވެސް އެނގެ އެވެ.

އެކަމަކު މެޗުގެ ނަތީޖާ ނިއު ރޭޑިއަންޓަށް ހަމަހަމަކުރެވުނީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދިހަ މިނެޓްވެސް  ގާތްގަނޑަކަށް ހަމަވެފައި ވަނިކޮށް  އެ ޓީމުން ދިއްދޫ ކޮޅަށް ވައްދާލި ދެވަނަ ގޯލާ އެކު އެވެ.

ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު ތާރީހީ މެޗަށް ދިއްދޫ ޒީނަތްތެރިކޮށްފައި. ތައްޔާރީތަކާއި މޮޅު ކުޅުމާ އެކު ދިއްދޫ ވަނީ ދިވެހި ފުޓްބޯޅައިގެ ފޯރި ހިއްލާލާފައި. ފޮޓޯ: އެފްއޭއެމް
ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު ތާރީހީ މެޗަށް ދިއްދޫ ޒީނަތްތެރިކޮށްފައި. ތައްޔާރީތަކާއި މޮޅު ކުޅުމާ އެކު ދިއްދޫ ވަނީ ދިވެހި ފުޓްބޯޅައިގެ ފޯރި ހިއްލާލާފައި. ފޮޓޯ: އެފްއޭއެމް

އިއްޔެގެ މެޗުގައި ނިއު ރޭޑިއަންޓާ ވާދަކޮށް ޕޮއިންޓެއް ހޯދުމަކީ އެ ޓީމަށް ލިބުނު ބޮޑު ކާމިޔާބީ އެކެވެ. ލީގުގައި މިހާތަނަށް ނިއު ރޭޑިއަންޓުން ތިން މެޗު ކުޅެފައިވާ އިރު އެ ޓީމަށް ތިން ޕޮއިންޓް ނުލިބި ގޮސްފައިވަނީ ދިއްދޫއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގައި އެކަންޏެވެ. އިއްޔެގެ މެޗާ ނިއު ރޭޑިއަންޓް ކުރިމަތިލީ ވެސް އެ މެޗުގެ ކުރިން އެ ޓީމު ލީގުގައި ކުޅުނު އެންމެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި ދިވެހި ޕްރިމިއާ ލީގު މިހާތަނަށް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ މާޒިޔާ ވެސް ބަލިކުރުމަށް ފަހު އެވެ.

ދިއްދޫ އިން އިއްޔެ ނެރުނު ނަތީޖާއާއެކު ގަދަ ވެގެންދާނީ ދިވެހި ޕްރިމިއާ ލީގުގެ ފޯރި އެކަންޏެއް ނޫނެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ވަޅުޖެހިފައި އޮތް ދިވެހި ފުޓްބޯޅަ އަލުން ނަގާ ކޮޅަށް ޖެހުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ލިބުނު ބޮޑު ކުރިއެރުމެކެކެވެ. ހިތްވަރެކެވެ. މިއާއެކު ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުމަށް އެހެން ރަށްރަށުންގެ ޝައުގުވެރިކަން ވެސް އިތުރުވެ، މިހާރަށްވުރެ  ބޮޑު އިސްކަމެއް ދީގެން މަސައްކަތްކުރާނެ ކަމަށް ބެލެވެ އެވެ. އެއާއެކު މުޅި ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި އަލުން އާލާވަމުން އައުމުގެ ފުރުސަތު ބޮޑެވެ.

https://www.fahuminet.com/tournaments/dhivehi-premier-league-202627

ދިވެހި ޕްރިމިއާ ލީގުން ޖާގައެއް ހޯދުމަށްޓަކައި ދިއްދޫއިން ކުރީ ފަސޭހަ ދަތުރެއް ނޫނެވެ. އެއީ ގޮންޖެހުންތައް ގިނަ ދިގު ދަތުރެކެވެ. ފުޓްބޯޅައިގައި ދިއްދޫ އިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއާ ހަމައަށް ވާސިލްވާން ޓީމުގެ ކުޅުންތެރިންނާއި، މެނޭޖްމަންޓުން ވީ އާދަޔާހިލާފް ގުރުބާނީ އެކެވެ. އެ ފަހްރުވެރި ޓީމަށް ދިއްދޫ ރައްޔިތުންގެ ފަރާތުން ދިނީ އެހެން ހުރިހާ ރަށަކުން މިސާލަކަށް ނަގަން ޖެހޭ ވަރުގެ ތައުރީފު ހައްގު ތަރުހީބެކެވެ. އެ ހުރިހާ ކަމެއް އެކުވެގެން ދިއްދޫ އިން ހޯދި އެ ބޮޑު ޝަރަފްގެ އުފާ ރައްޔިތުންނަށް އެންމެ ބޮޑަށް އިހްސާސްވާނެ އެއް ދުވަހަށް ޔަގީނުންވެސް އިއްޔެ ވާނެ އެވެ.  

ކޮމެންޓްސް

Matches
1
Ongoing
3
Upcoming
Predict
Settings