DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ބުރު ބަލިކޮށް ދިއްދޫ އިން ވަރުގަދަ މެސެޖެއް ދީފި
ބުރު ބަލިކޮށް ދިއްދޫ އިން ވަރުގަދަ މެސެޖެއް ދީފި
ދިވެހި ޕްރިމިއާ ލީގަށް އަލަށް ކޮލިފައިވެ ކުޅުނު ފުރަތަމަ މެޗަށް ނުކުތް ދިއްދޫ ޓީމު، އެޓީމުން ވަނީ ފުރަތަމަ މެޗުގައި ވެސް ބުރު ބަލިކޮށްފަ. ފޮޓޯ: އެފްއޭއެމް

ބުރު ބަލިކޮށް ދިއްދޫ އިން ވަރުގަދަ މެސެޖެއް ދީފި

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 13 ސެޕްޓެމްބަރު 2026

ހއ. ދިއްދޫ އިން މުޅިން އަލަށް ޕްރިމިއާ ލީގަށް ކޮލިފައިވެ، ކުޅުނު ފުރަތަމަ މެޗުގައި ވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ޓީމު، ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ. 

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުން ދިއްދޫ ސްޕޯޓްސް ކްލަބް މޮޅުވީ 1-0 އިންނެވެ. މިއީ ދިއްދޫގެ ފުޓްބޯޅައިން ކާމިޔާބީ އަށް ކުރާ ދަތުރުގައި ހޯދީ އެންމެ މުހިއްމު މޮޅެވެ. 

ދިއްދޫ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދީ އަތޮޅު ބުރާއި ޒޯން ބުރުގައި ވާދަކުރުމަށް ފަހު ރީޖަން ލީގުގެ ޗެމްޕިއަންކަމާއި ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގައި ވާދަކޮށްގެންނެވެ. 

ރޭ އެޓީމު ކުޅުނު މެޗުގައި ބުރާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި އެވެ. ދިއްދޫ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު 24 ވަނަ މިނެޓުގައި ޖެހީ ބިދޭސީ ކުޅުންތެރިޔާ ޓެޓޭ ޖިޑެއޮން އެވެ. 

ދިއްދޫގެ ގޯލަށް ފަހު ވެސް އެޓީމުން ވަނީ މޮޅަށް ކުޅެ ހަމަލާތައް އުފައްދައިފަ އެވެ. އަދި ބުރު ސްޕޯޓްސްގެ އެޓޭކުތައް ހުއްޓުވުމުގައި ދިއްދޫގެ މެދުތެރެއާއިި ކީޕަރު ހިމެނޭހެން ޑިފެންސަށް ކުޅުނު ކުޅުންތެރިން މޮޅުު ކުޅުމެއް ދެއްކި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ބުރުގެ ގިނަ ހަމަލާތަކެއް އުފެއްދި ދިއްދޫގެ ގޯލްކީޕަރު މުހައްމަދު ޝިފާން އެވެ. 

މެޗުގެ ނަތީޖާ ހަމަހަމަކުރަން ކުރަމުންދިޔަ މަސައްކަތުގައި ބުރު ސްޕޯޓްސް އަށް އުނދަގޫވީ އެޓީމުގެ ޝަމްވީލް މުހައްމަދަށް 81 ވަނަ މިނެޓުގައި ރަތް ކާޑު ދެއްކުމުންނެވެ. 

ދިއްދޫން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ދިއްދޫގެ މޮޅަކީ އެޓީމުން ދިން ވަރުގަދަ މެސެޖެއް. ފޮޓޯ: އެފްއޭއެމް
ދިއްދޫން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ދިއްދޫގެ މޮޅަކީ އެޓީމުން ދިން ވަރުގަދަ މެސެޖެއް. ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގައި ވެސް ދިއްދޫ ޓީމުން ފެންނަނީ ރޫހު ރަނގަޅު ކުޅުމެކެވެ. އަދި އެޓީމުގެ ސަޕޯޓަރުން ވެސް ވަނީ ގަލޮޅު ދަނޑުގައި ހުއްޓުމެއް ނެތި ޓީމަށް ތަރުހީބު ދީފަ އެވެ. ދިއްދޫގެ މި ބޮޑު މޮޅަކީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް އެޓީމުން ދިން ވަރުގަދަ މެސެޖެކެވެ. އަދި އަތޮޅުތެރޭގެ ޓީމުތަކަށް ލިބޭ ފުރުސަތުގައި ތަފާތު ދެއްކޭނެކަން ދިއްދޫ އިން މިވަނީ ފުރަތަމަ މެޗުގައި ވެސް ދައްކުވައިދީފަ އެވެ. 

ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ބިސް ބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް ކްލަބް އީގަލްސް ވަނީ 1-3 އިން މޮޅުވެފަ އެވެ. ބިސް ބުރު ސްޕޯޓްސް ކްލަބް ލީގަށް ކޮލިފައިވި މިއީ ފުރަތަމަ ފަހަރެވެ. އެޓީމު ވެސް ލީގަށް ކޮލިފައިވީ ދިއްދޫ އާއި ގައްދޫ ގޮތަށް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގައި ވާދަކޮށްގެންނެވެ. 

https://fahuminet.com/tournaments/dhivehi-premier-league-202627

ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. އެ މެޗުގައި ވާދަކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ދިއްދޫ އެވެ. 

ކޮމެންޓްސް

Matches
8
Ongoing
1
Upcoming
Predict
Settings