DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ގާފަރު ކައުންސިލް ކަޕް: ޕެންތާސްގެ އުންމީދުތައް ވެސް މިފަހަރު ހުރީ އުހުގައި
ގާފަރު ކައުންސިލް ކަޕް: ޕެންތާސްގެ އުންމީދުތައް ވެސް މިފަހަރު ހުރީ އުހުގައި
ގާފަރު ކައުންސިލް ކަޕްގައި މިދިޔަ އަހަރު ވާދަކުރި ޕެންތާސް ޓީމު. ފޮޓޯ: ޕެންތާސް

ގާފަރު ކައުންސިލް ކަޕް: ޕެންތާސްގެ އުންމީދުތައް ވެސް މިފަހަރު ހުރީ އުހުގައި

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން • 24 އޮކްޓޫބަރު 2026

ރާއްޖޭގެ ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށް ކަމަށްވާ ގާފަރުގައި މިރޭ ފަށާ ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކުންހެން ވަނީ މިދިޔަ އަހަރަށް ވުރެ ވަރުގަދަ ސްކޮޑެއް މުބާރާތަށް ނެރެން ތައްޔާރުވެފަ އެވެ.

އެއާއެކު ކޮންމެ ޓީމެއްގެ އަމާޒަކަށް ވެފައި އޮތީ މިދިޔަ އަހަރުގެ ނަތީޖާއަށްވުރެ ރަގަޅު ނަތީޖާ އެއް މިއަހަރުގެ މުބާރާތުގައި ހޯދުމެވެ. މުބާރާތުގެ ގްރޫޕް ބީ ގައި މިފަހަރު ވާދަކުރާ ޕެންތާސް ވެސް ވަކި ތަފާތެއް ނެތެވެ.

ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ އަށް ވަނަ ފުޓްސަލް މުބާރާތުގައި ޕެންތާސް ބައިވެރިވާ މިއީ ދެވަނަ ފަހަރެވެ. މުބާރާތުގައި ބައިވެރިވަމުން އައި ޓީމުތަކުން ފުރުސަތު ނުލިބި ތިބި ކުޅުންތެރިންނަށް ރަށުގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް އީދުގައި ބައިވެރިވުމުގެ އުފާ ހޯދައިދިނުން ވީ ޕެންތާސް އުފަންވުމުގެ މައިގަނޑު އަސްލަށެވެ. ވަކި ހާއްސަ އަމާޒެއް ނެތި މިދިޔަ އަހަހަރުގެ މުބާރާތުގައި ޕެންތާސްއިން ބައިވެރިވިޔަސް މިފަހަރު އެ ޓީމުގެ ޓާގެޓަކަށް ހަދައިފައިވަނީ ދަށްވެގެން ސެމީ ފައިނަލްގައި ވާދަކުރުމެވެ.

އެ އަމާޒަށް ވާސިލްވުމަށްޓަކައި ޕެންތާސްއިން ވަނީ ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިދިޔަ އަހަރު އެކި ޓީމުތަކަށް ކުޅުނު ތިން ހަތަރު ކުޅުންތެރިއަކު އެ ޓީމަށް ގެނެސްފަ އެވެ. އަދި އޭގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހދ. ނައިވާދޫއަށް މިއަހަރު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޔޫސުފް ޝާއިފް ވެސް ވަނީ މިފަހަރު ޕެންތާސް އިން މުބާރާތަށް ނެރޭ ޓީމުގައި ހިމަނައިފަ އެވެ.

https://www.facebook.com/permalink.php?story_fbid=pfbid02AFRZN3iA5giwCNND9bVNikAACVy88xi5xTUTPHmstd1kaTNhKjT67KhbpPb3TZmrl&id=61568808295906&__cft__[0]=AZh95iOrTr9TMk_gNOCC7zf-s8WPF4J8nfi31AlqpN_YZFvFoUrPxfhUNyQ1UXUkNWz8CEQDBnKfCKBcwB5g-GJ6XnpjRA1fGwy4BhnLazP5H2X7i2p7xXW18JYSe1ETEYkOaqp-XlO72IpyudMraNFxGySAPmxnPvkU9a3fNH1OM0bW2ZJkS8gWh45iozM&__tn__=%2CO%2CP-R

ޖުމްލަ ނުވަ ޓީމަކުން ވާދަކުރާ ގާފަރު ކައުންސިލް ކަޕްގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ހަމަޖައްސައިފައިވާ އިރު ޕެންތާސްއާ އެކު ގްރޫޕް ބީގައި ހިމެނެނީ ޖުމެއިރާ އޮޅަހަލި އައިލެންޑާއި، އޯކޭ ޔުނައިޓެޑްގެ އިތުރުން ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން އެންމެ ފަހުން ބޭއްވި ވެޓަރަންސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޯކޭ ލެޖެންޑްސް އެވެ.

މިދިޔަ އަހަރުގެ ނަތީޖާތަކަށް ބަލާއިރު މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމުތައް ގްރޫޕް އޭގައި އޮތްއިރު ގްރޫޕް ސްޓޭޖުގައި އެއިން ޓީމަކާ ވާދަކުރަން ނުޖެހުމަކީ ޕެންތާސްއިން ފާހަގަކުރާ ގޮތުގައި އެ ޓީމަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ.

މުބާރާތުގަ އެއްވެސް ޓީމަކާ ދެކޮޅަށް ކުޅޭކަށް ފަސޭހައެއް ނުވާނެ. އެކަމަކު ގްރޫޕް އޭގަ އެއޮތީ މިދިޔަ އަހަރުގެ ސެމީ އާއި ފައިނަލްގައި ކުޅުނު ޓީމުތައް. އަހަރެމެން އޮތް ގްރޫޕްގައި އޮތް ޓީމުތަކަށް ބަލާއިރު މުބާރާތުގައި ރަގަޅު ވާދައެއް ކޮށްލެވޭނެ ކަމަށް މި ބަލަނީ. އުންމީދަކީ ސެމީ ފައިނަލްގައި ކުޅުން. 

ޕެންތާސްގެ ކޯޗު ޖަޒްލާން ރަޝީދު "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުންޏެވެ.

މުބާރާތަށް ރައްޔާރުވުމަށްޓަކައި ފަރިތަކުރުންތައް ކުރިއަށްގެންދިއުމުގައި ގޮންޖެހުންތަކަކާ ކުރިމަތިވިޔަސް މީގެ ހަފްތާއެއްހާ ދުވަސްކުރިން ފެށިގެން ޕެންތާސްއިން ބާއްވަމުން އަންނަ ޕްރެކްޓިސްތަކުގައި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ކޯޗު ޖަޒްލާން ވަނީ ފާހަގަކޮށްފަ އެވެ.

https://www.fahuminet.com/tournaments/gaafaru-council-cup-2026

އަދި ހަފްތާއެއްހާ ދުވަސް މިވީ ޕްރެކްޓިސް ކުރަން ފެށި ފަހުން. ހުރިހާ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. ވަރަށް އެކަތިގަނޑެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރާ ތަން ފެންނަނީ. މިދިޔަ އަހަރުވެސް ގާފަރު ކައުންސިލް ކަޕްގައި ޕެންތާސް އަށް އިރުޝާދު ދިން ކޯޗު ޖަޒްލާން ބުންޏެވެ.

މުބާރާތުގައި ޕެންތާސް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އޯކޭ ލެޖެންޑްސްއާ ދެކޮޅަށެވެ. މި މެޗު ފަށާ ގޮތަށް ހަމަޖެހިފައިވަނީ 9:30 ގަ އެވެ.

ކޮމެންޓްސް

Matches
4
Ongoing
1
Upcoming
Predict
Settings