DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ގާފަރު ކައުންސިލް ކަޕް: އީރާންގެ ކުޅުންތެރިޔަކާ އެކު ހަންޓާސްގެ އަމާޒު ސީދާ ފައިނަލަށް
ގާފަރު ކައުންސިލް ކަޕް: އީރާންގެ ކުޅުންތެރިޔަކާ އެކު ހަންޓާސްގެ އަމާޒު ސީދާ ފައިނަލަށް
މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރި ހަންޓާސް ޓީމު. މިދިޔަ އަހަރު ސެމީގައި ބަލިވުމުން މިފަހަރުގެ ފުރަތަމަ އަމާޒަކީ ފައިނަލުގެ ޖާގައެއް ހޯދުން. ފޮޓޯ: ހަންޓާސް ފޭސްބުކް

ގާފަރު ކައުންސިލް ކަޕް: އީރާންގެ ކުޅުންތެރިޔަކާ އެކު ހަންޓާސްގެ އަމާޒު ސީދާ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން • 22 އޮކްޓޫބަރު 2026

ކ. ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ގާފަރު ކައުންސިލް ކަޕް ފުޓްސަލް މުބާރާތް އަންނަ ހޮނިހިރު ދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާއިރު މިފަހަރުގެ މުބާރާތަކީ ވާދަވެރިކަން ބޮޑު މުބާރާތަކަށް ވާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ނުވަ ޓީމުގެ ތެރެއިން ވާދަވެރިކަމުގެ ރޭހުގައި އެންމެ ވަރުގަދައަށް ހިފަހައްޓާނެކަމަށް ގިނަ ބަޔަކު ދެކޭ އެއް ޓީމަކީ ހަންޓާސް އެވެ.

ރާއްޖޭގެ ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށް ކަމަށްވާ ގާފަރުގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތަށް އެންމެ ފަރިތަ އެއް ޓީމަކީ ވެސް ހަންޓާސް އެވެ. މުބާރާތް މީގެ 8 އަހަރު ކުރިން ބާއްވަން ފެށި ފަހުން އެންމެ އަހަރެއް ފިޔަވައި ހުރިހާ އަހަރަކު ވެސް އެ ޓީމު އަންނަނީ ބައިވެރިވަމުންނެވެ.

އެ ހުރިހާ އަހަރުތަކެއްގެ ތެރެއިންވެސް މިދިޔަ އަހަރު ހިމެނެނީ ހަންޓާސްއަށް އެންމެ ކާމިޔާބު އަހަރުގެ ގޮތުގަ އެވެ. މިދިޔަ އަހަރު އޮތް ގާފަރު ކައުންސިލް ކަޕްގެ ސެމީ ފައިނަލްގައި ހަންޓާސް ވާދަކޮށްފައިވާއިރު އެ ޓީމަށް ފައިނަލްގެ ފުރުސަތު ގެއްލުނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެކްސް ބޯއިޒްއާ ވާދަކޮށް ސެމީ ފައިނަލްގައި ބަލިވުމުންނެވެ.

މިފަހަރުގެ މުބާރާތަށް ހަންޓާސް ނުކުންނައިރު އެ ޓީމުގެ އަމާޒަކަށް ހަދައިފައިވަނީ އެންމެ ދަށްވެގެން އެއް ފިޔަވަޅު ކުރިއަށް އެޅުމެވެ. މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށްޓަކައި ހަންޓާސް އިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ވަރުގަދަ ސްކޮޑެއް އެކުލަވާލާށެވެ. ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިނގާ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ގާފަރުގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކު ހަންޓާސް އިން ފެންނަން ނެތަސް އެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ މި މުބާރާތުގައި އަހަރުތަކެއް ވަންދެން ކުޅެ ގިނަ ތަޖުރިބާ ތަކެއް ލިބިފައޮ ތިބި ކުޅުންތެރިންނެވެ.

މިފަހަރުގެ ޓީމުން ބަދަލުތަކެއް ފެންނާނެ. މަޝްހޫރު މާ ގިނަ ތަރިންނެއް ނޫޅޭނެ. އެކަމަކު މިފަހަރުވެސް ޓީމުގައި ތިބޭނީ ނަތީޖާ ނެރެވޭނެ ވަރުގެ މޮޅު ކުޅުންތެރިން. 

މުބާރާތަށް ހަންޓާސް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން "ފަހުމިނެޓް" އަށް މައުލޫމާތު ދެމުން އެ ޓީމުގެ ކޯޗު ހައިޝަމް ޒަކީ ބުންޏެވެ.

ހަންޓާސްގެ އަމާޒަށް ވާސިލް ވުމަށްޓަކައި އެ ޓީމުން މިފަހަރު ބޭނުންކުރާނެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުނިޔޭގެ ފުޓްސަލްގައިވެސް އެންމެ ކުރީގައި އުޅޭ އެއް ގައުމު ކަމަށްވާ އީރާންގެ ކުޅުންތެރިއެއް ކަމަށްވާ މޮހޮސެން މޮންޓެނީޒީ އެވެ. ރާއްޖޭގައި މިހާތަނަށް ކުޅެފައިވާ  ބިދޭސީ ފުޓްސަލް ކުންތެރިންގެ ތެރެއިން އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ މޮހޮސެން ވަނީ ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް ރޯޑް ރިކްރިއޭޝަން ކްލަބަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް މިއަހަރު ވެސް އަދާކޮށްފަ އެވެ.

ހަންޓާސް އިން މިފަހަރުގެ މުބާރާތަށް ކުރިމަތިލައިފައި ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް އެ ޓީމުގެ ކުޑައިގެ ދަށުން ނުކުންނަ އިތުރު ޓީމަކާ އެކު އެވެ. ހަންޓަސް އެލީޓްގެ ނަމުގައި މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުގައި ގިނައިން ހިމެނެނީ ޒުވާން ކުޅުންތެރިންނެވެ. ކޯޗު ހައިޝަމް ބުނި ގޮތުގައި ހަންޓާސް އާއިލާ އަކީ ފުޓްސަލް އަށް ލޯބިކުރާ ވަރަށް ގިނަ ޒުވާން ކުޅުންތެރިން ތިބި އާއިލާއެއް ކަމަށާއި، އެހެންވުމާއެކު ކުޅެން ބޭނުންވާ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަކީ އެ ޓީމުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއް ކަމަށެވެ.

https://www.fahuminet.com/tournaments/gaafaru-council-cup-2026

އެއްފުރައެއްގެ ޒުވާނުންތަކެއް އެކުވެގެން އުފެއްދި ހަންޓާސް އިން މިފަހަރުގެ މުބާރާތަށް ނެރޭ ވަރުގަދަ ޓީމާ ދޭތެރޭ ކޯޗަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިންގެ ފަރާތުން ލިބޭ ބޮޑު އެއްބާރުލުމެވެ.

"ކުޅުންތެރިންގެ ކޮމިޓްމަންޓް ވަރަށް ރަގަޅު. ވަރަށް ބޮޑަށް ޑިސިޕްލިން ހިފަހައްޓާ. ކޯޗު ބުނާ ގޮތަށް ހުރިހާ ކުޅުންތެރިން ވެސް މަސަައްކަތްކުރޭ. އެއީ އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް." ގިނަ އަހަރުތަކެއް ވަންދެން ހަންޓާސްގެ ކޯޗެއްގެ ގޮތުގައި މަަަސައްކަތްކޮށްފައިވާ ހައިޝަމް ބުންޏެވެ.

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings