DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ބަފަނަ ބަލިކޮށް އެންބްލެކުން ތިންވަނަ ފަހަރަށް ތަށި ހޯދުމާ ގާތަށް
ބަފަނަ ބަލިކޮށް އެންބްލެކުން ތިންވަނަ ފަހަރަށް ތަށި ހޯދުމާ ގާތަށް
އެންބްލެކްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ށ. ފޭދޫ ކައުންސިލް

ބަފަނަ ބަލިކޮށް އެންބްލެކުން ތިންވަނަ ފަހަރަށް ތަށި ހޯދުމާ ގާތަށް

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން • 21 އޮކްޓޫބަރު 2026

ފައިނަލުގެ ދެ ވަނަ ޖާގަ ހޯދަން ކުޅުނު ސެމީ ފައިނަލް މެޗު ކާމިޔާބުކޮށް މިދިޔަ ދެ އަހަރުގެ ޗެމްޕިއަން އެންބްލެކް އެފްސީ ށ. ފޭދޫ ކައުންސިލް ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ. 

ފޭދޫ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުން އެންބްލެކް މޮޅުވީ ބަފަނަ ސްޕޯޓްސް ކްލަބާ ވާދަކޮށް 1-2 އިންނެވެ. 

ލީގު ބުރުގައި މި ދެޓީމު ވާދަކުރި މެޗުން އެންބްލެކުން ކާމިޔާބުކުރީ 2-8 ގެ ބޮޑު ތަފާތަކުންނެވެ. އެކަމަކު އެ މެޗު ކުޅުނުއިރު ދެ ޓީމު ވެސް ސެމީ ފައިނަލަށް ހޮވިފައިވާތީ މެޗުގެ މުހިއްމުކަން އޮތީ ކުޑަވެފަ އެވެ. އެކަމަކު މިރޭގެ މެޗުގައި ފެނުނީ ވާދަވެރިކަން ބޮޑު ކުޅުމެކެވެ. 

މެޗުގެ ފުރަތަމަ ގޯލު 11 ވަނަ މިނެޓުގައި ޖެހީ އެންބްލެކްގެ އަހުމަދު އަފްލާޒް އެވެ. އެންބްލެކުން މެޗުގެ ލީޑު ދެ ވަަނަ ފަހަރަށް ނެގީ 27 ވަނަ މިނެޓުގައި މުހައްމަދު ސިރުފާން ޖެހި ގޯލުންނެވެ. ދެ ގޯލު ފަހަތުގައި އޮވެ ބަފަނަ އިން ވަނީ މެޗުގެ ފަހު ހާފުގައި ކުރިއަށް ޖެހިގެން ގޯލު ޖަހަން މަސައްކަތްކޮށްފަ އެވެ. 

ފައިނަލުގެ ޖާގަ ހޯދަން ކުޅުނު ވާދަވެރި ސެމީ ފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: ށ. ފޭދޫ ކައުންސިލް
ފައިނަލުގެ ޖާގަ ހޯދަން ކުޅުނު ވާދަވެރި ސެމީ ފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: ށ. ފޭދޫ ކައުންސިލް

ގޯލެއް ޖަހަން ބަފަނަ ކުރި މަސައްކަތް ކާމިޔާބުވީ ވެސް ދެ ވަނަ ހާފުގެ ފަހު މިނެޓުގަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އިސްމާއީލް މުނީޒް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެންބްލެކުގެ ގޯލްކީޕަރު އަހުމަދު ނިޒާހު އެވެ. ނިޒާހު ވަނީ މެޗުގައި ބަފަނަ އިން އުފެއްދި ގިނަ ހަމަލާތައް މަތަކުރުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. 

https://www.fahuminet.com/tournaments/sh-feydhoo-council-cup-2026

ފައިނަލުގައި އެންބްލެކް ނުކުންނާނީ ލީގު ބުރުގެ އެއް ވަނަ ހޯދި ކްލަބް ޑާކް ވުޑާ ދެކޮޅަށެވެ. ކްލަބް ޑާކް ވުޑް ވަނީ ލީގު ބުރުގެ ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. އެންބްލެކާ ވާދަކޮށް ލީގު ބުރުގެ މެޗުން ކްލަބް ޑާކް ވުޑް މޮޅުވީ 5-3 އިންނެވެ. 

ފައިނަލަށް ބަފަނަ ނުކުންނަނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކުރުމުގެ އަޒުމުގަ އެވެ. ތިން ވަނަ ފަހަރަށް ތަށި ހޯދަން އެންބްލެކުން ވަނީ އަފްލާޒްގެ އިތުރުން އިބްރާހީމް އަސްވަދު (ގަބޭ) ވެސް އެޓީމަށް ގެނެސްފަ އެވެ.

ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ 20:15 ގަ އެވެ. 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings