DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ޕޯޗުގަލުން މާނައެއް ނެތް އަދަބެއް ރޮނާލްޑޯ އަށް ދީފި
ޕޯޗުގަލުން މާނައެއް ނެތް އަދަބެއް ރޮނާލްޑޯ އަށް ދީފި
ރޮނާލްޑޯ ޕޯޗުގަލް މެޗެެއްގެ ތެރެއިން. އެގައުމުން ރޮނާލްޑޯ އަށް ދިނީ މާނައެއް ނެތް އަދަބެއް.

ޕޯޗުގަލުން މާނައެއް ނެތް އަދަބެއް ރޮނާލްޑޯ އަށް ދީފި

ފަހުމިނެޓް
ފަހުމިނެޓް
18 ގަޑިއިރު ކުރިން • 20 އޮކްޓޫބަރު 2026

ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޭމްޕު ދޫކޮށް ދިއުމާ ގުޅިގެން، ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ 30 ދުވަހަށް ސަސްޕެންޑްކޮށް 255 ޔޫރޯ (286 ޑޮލަރު) އިން ޖޫރިމަނާކުރުމަށް ޕޯޗުގީޒް ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފިއެވެ۔

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ނޭޝަންސް ލީގުގައި ވާދަކުރާ ޕޯޗުގަލް ޓީމު ދޫކޮށް ގޮސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހެވެ. އެއީ ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުގައި ބެހެއްޓުމަށްފަހު، އޮކްޓޯބަރު 1 ގައި ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިން އިން ޖާގަ ނުލިބޭނެކަން ރޮނާލްޑޯ އަށް ޔަގީންވުމުން ކޯޗާ ދެމެދު ހިނގި ހިތްހަމަނުޖެހުމެއްގައެވެ. 

މިކަމާ ގުޅިގެން ނެރުނު ދިގު ބަޔާނެއްގައި ރޮނާލްޑޯ ބުނެފައިވަނީ، ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް ދެ ފަހަރެއްގެ މަތިން ވެފައިވާ ވައުދާ ހިލާފުވެފައިވާ ކަމަށާއި، މިއީ "އިތުބާރު އެއްކޮށް ގެއްލުން" ކަމަށެވެ۔

ސައުދީ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯގެ ސަސްޕެންޝަނުގެ 30 ދުވަސް ގުނަން ފަށާފައިވަނީ ޑެންމާކާ ދެކޮޅަށް މެޗު ކުޅުނު ދުވަހުން ފެށިގެންނެވެ. އެހެންވެ މިހާރުވެސް ރޮނާލްޑޯ ވަނީ ސަސްޕެންޝަނުގެ 19 ދުވަސް ފުރިހަމަކޮށްފަ އެވެ. އެހެންވެ މި ސަސްޕެންޝަނުގެ ސަބަބުން ރޮނާލްޑޯ އަށް ޕޯޗުގަލްގެ އެއްވެސް މެޗެއް ނުގެއްލޭނެ އެވެ. 

ޕޯޗުގަލް ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އެދުވަހު ނޭޝަންސް ލީގުގައި ޕޯޗުގަލް ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. އޭގެފަހުން ވޭލްސްއާ ދެކޮޅަށް ވެސް ޕޯޗުގަލް ނުކުންނާނެ އެވެ. ސަސްޕެންޝަން ފުރިހަމަކުރުމަށް ފަހު މި މެޗުތަކުގައި ރޮނާލްޑޯ ކުޅޭނެ އެވެ. 

މި މައްސަލައިގައި ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، އަދަބު ދިނުމުގައި ރޮނާލްޑޯ އަށް ކުރެވުނު ކުށާއި ގުޅިގެން ރޮނާލްޑޯ ދެއްކި ވާހަކަތަކާއި، ފުޓްބޯޅަ އަށް ރޮނާލްޑޯ ކޮށްދީފައިވާ ހިދުމަތްތަކާއި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާފައިވާނެ ކަމަށެވެ. 

ޓީމު ދޫކޮށް ދިއުމާއި ގުޅިގެން ރޮނާލްޑޯ ފަހުން ވަނީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފަ އެވެ. އަދި އޭނާ ކުރި ކުށަށް އަދަބު ލިބެންޖެހޭނެކަމަށް ރޮނާލްޑޯގެ ބަޔާނުގައި އިއުތިރާފުވެފައިވެ އެވެ. 

ރޮނާލްޑޯ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 234 މެޗުގައި 146 ގޯލު ޖަހައިފަ އެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ. 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings