DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ފީވަކުގައި ބާއްވާ އަގުބޮޑު ފުޓްސަލް މުބާރާތުގެ ދައުވަތު މުޅި ރާއްޖެ އަަށް
ފީވަކުގައި ބާއްވާ އަގުބޮޑު ފުޓްސަލް މުބާރާތުގެ ދައުވަތު މުޅި ރާއްޖެ އަަށް
ފީވަކުގައި ބޭއްވި “ބަލްމާ ފުޓްސަލް ޗެލެންޖް” ފުޓްސަލް މުބާރާތުގެ ތެރެއިން. މުޅި ރާއްޖެ އަށް ބައިވެރިވެވޭ މުބާރާތެއް އެރަށުން ވަނީ ހުޅުވާލާފައި. ފޮޓޯ: ރޮލިގަންސް

ފީވަކުގައި ބާއްވާ އަގުބޮޑު ފުޓްސަލް މުބާރާތުގެ ދައުވަތު މުޅި ރާއްޖެ އަަށް

ފަހުމިނެޓް
ފަހުމިނެޓް
11 ގަޑިއިރު ކުރިން • 13 އޮކްޓޫބަރު 2026

ށ. ފީވަކު "ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް 2026" ގެ ނަމުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބާއްވަން އިއުލާނުކޮށްފި އެވެ. 

ރޮލިގަންސް ޖަމިއްޔާއިން "ފަހުމިނެޓް" އަށް މައުލޫމާތުދެމުން ބުނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ މުބާރާތް ހާއްސަކޮށްފައިވަނީ އުމުރުން 15 އަހަރުން މަތީގެ ކުޅުންތެރިންނަށް ކުޅެވޭގޮތަށް ކަމަށެވެ. 

މިއީ މިހާތަނަށް ފީވަކުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތް ފީވަކުގައި ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 20 ވަނަ ދުވަހު އެވެ. މުބާރާތުގެ މެޗުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފީވަކު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ. 

ރޮލިގަންސް އިން ވަނީ މުޅި ރާއްޖެ އަށް ހުޅުވާލިޔަސް ޓީމުތައް ރަޖިސްޓްރީ ކުރުމުގައި ދެ ޝަރުތެއް ކަނޑައަޅައިފަ އެވެ. އެއީ ޓީމުގެ މެނޭޖަރުގެ ގޮތުގައި ފީވަކަށް ނިސްބަތްވާ މީހަކު ހިމެނުމާއި، އެނޫން ހާލަތެއްގައި ފީވަކު ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ މީހަކަށް ވުމެވެ. 

ފީވަކުގައި ބޭއްވުނު “ބަލްމާ ފުޓްސަލް ޗެލެންޖް” ފުޓްސަލް މުބާރާތެއްގެ ތެރެއިން. ފޮޓޯ: ރޮލިގަންސް
ފީވަކުގައި ބޭއްވުނު “ބަލްމާ ފުޓްސަލް ޗެލެންޖް” ފުޓްސަލް މުބާރާތެއްގެ ތެރެއިން. ފޮޓޯ: ރޮލިގަންސް

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 20 ވަނަ ދުވަހެވެ. މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކުން ބައިވެރިވުމަށް ދައްކަން ޖެހޭނީ 2000 ރުފިޔާ އެވެ. 

ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ދޭއިރު ރަނަރަޕް ޓީމަށް ދޭން ކަނޑައަޅާފައިވަނީ 20،000 ރުފިޔާ އެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަށް ހާއްސަ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

ޓީމު ރަޖިސްޓްރީކުރާ ފޯމު: https://forms.gle/fXt91MVaSMA76prt9

ރޮލިންގަންސްގެ ވެބްސައިޓް: 

https://roligans.org/dv/news/roligans-dhondhon-futsal-challenge-2026-iulaan

މުބާރާތާއި ގުޅުންހުރި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9634754 (އަފްޒަލް) ނުވަތަ 9151884 (ޢަލީ ރިޝްވާން) އާއި ގުޅާ މަޢުލޫމާތު ސާފުކުރަމުން ގެންދިއުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ. 

ރޮލިގަންސް ޖަމިއްޔާއިން ދަނީ މި މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހެދުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މުބާރާތް ފޯރިގަދަކޮށް ކުރިއަށްގެންދިއުމަށް ހާއްސަ މަސައްކަތްތަކެއް ކުރާއިރު، އެ ޖަމިއްޔާގެ އުންމީދަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މި މުބާރާތުގައި ވާދަކުރުމެވެ. 

ކޮމެންޓްސް

Matches
1
Ongoing
3
Upcoming
Predict
Settings