ފުރަތަމަ ސަފްޙާ / ޚަބަރު / ސްޕެއިން ކްލަބެއްގެ ހިއްސާ ގަނެ، ހިންގުމުގައި ރޮނާލްޑޯ ބައިވެރިވަނީ
ސްޕެއިން ކްލަބެއްގެ ހިއްސާ ގަނެ، ހިންގުމުގައި ރޮނާލްޑޯ ބައިވެރިވަނީ
އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ. އޭނާ ވަނީ ސްޕެއިންގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް އަލްމެރިއާގެ 25 އިންސައްތަ ހިއްސާ ގަނެފަ

ސްޕެއިން ކްލަބެއްގެ ހިއްސާ ގަނެ، ހިންގުމުގައި ރޮނާލްޑޯ ބައިވެރިވަނީ

އެޑްމިން
އެޑްމިން
14 ގަޑިއިރު ކުރިން 27 ފެބްރުއަރީ 2026

ސްޕެއިންގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް، އަލްމެރިއާގެ 25 އިންސައްތަ ހިއްސާ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގަނެފި އެވެ. 

ރޮނާލްޑޯ އަލްމެރިއާގެ ހިއްސާ ގަތީ އޭނާގެ ކުންފުނި، CR7 ސްޕޯޓްސް އިންވެސްޓްމަންޓް ކޮމްޕެނީ މެދުވެރިކޮށެވެ. 

އެ ކްލަބުގެ 25 އިންސައްތަ ހިއްސާ ރޮނާލްޑޯ ގަތްއިރު، 75 އިންސައްތަ ހިއްސާ އޮންނަނީ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރާ ގުޅުން އޮތް ވިޔަފާރިވެރިއެއް ކަމަށްވާ އަލް-ހަރޭޖީގެ ކުންފުނީގަ އެވެ. 

އުމުރުން 41 އަހަރުގެ ރޮނާލްޑޯ އަލްމެރިއާގެ ހިއްސާ ގަތް ނަމަވެސް، އެކަމުގެ މާލީ ތަފްސީލުތައް އާއްމުކޮށްފައެއްނުވެ އެވެ. 

ހިއްސާ ގަތުމަށް ފަހު ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ، އަލްމެރިއާ ހިންގުމުގައި ރޮނާލްޑޯ އަމަލީ ގޮތުން ބައިވެރިވާނެ އެވެ. 

ރޮނާލްޑޯ އާއްމުކުރި ބަޔާނުގައި ބުނީ، އަމާޒަކީ އެ ކްލަބު އަނެއް ދަރަޖަ އަށް ގެންދިއުން ކަމަށެވެ. 

ފުޓްބޯޅައަށް ކޮންޓްރިބިއުޓް ކުރުމަކީ އަހަރެންގެ ދުވަސްވީ އަމާޒެއް. އަމުދުން ދަނޑު ބޭރުން. އަލްމޭރިއާ އަކީ ސްޕެއިންގައި ވަރުގަދަ ބިންގަލެއް އޮތް ކުރިއެރުން ހޯދޭނެ ކްލަބެއް

ކްރިސްޓިއާނޯ ރޮނާލްޑޯ

އެ ކްލަބުގެ މައި ހިއްސާ އޮންނަ، އަދި ކްލަބުގެ ރައީސް އަލް-ހަރޭޖީ ވިދާޅުވީ، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، ރޮނާލްޑޯ އަށް ސްޕެއިންގެ ލީގު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި، ރޮނާލްޑޯއާ އެކު ރަނގަޅު ޓީމެއް ބިނާކޮށް އެކަޑެމީގެ މަސައްކަތް ކުރިއެރުވޭނެ ކަމަށް އަލް-ހަރޭޖީ ވިދާޅުވެފައިވެ އެވެ. 

އަލްމެރިއާގެ ހިއްސާ ރޮނާލްޑޯގެ ކުންފުނިން ގަތް އިރު، ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑްގައި 9 އަހަރު ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ރެއާލް މެޑްރިޑް ދޫކޮށް 2018 ވަނަ އަހަރު ރޮނާލްޑޯ ގުޅުނީ ޔުވެންޓަސްއާ އެވެ. 

އޭގެފަހުން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުމަށް ފަހު 2022 ވަނަ އަހަރު ރޮނާލްޑޯ ބަދަލުވީ ސައުދީ ލީގުގެ އަލް ނަސްރަށެވެ. 

ރޮނާލްޑޯގެ ހިއްސާއާ އެކު ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތް އަލްމެރިއާ އުފަންވީ 1989 ވަނަ އަހަރު އެވެ.

ސްޕެއިންގެ ދެ ވަނަ ޑިވިޝަނުގައި މިވަގުތު އެޓީމު އޮތީ ތިން ވަނައިގަ އެވެ. އެ ލީގުގައި ބާކީ 15 މެޗު އޮތްއިރު ނަތީޖާތައް ރަނގަޅު ކޮށްފި ނަމަ އަންނަ ސީޒަނުގެ ސްޕެނިޝް ލީގުގައި ވާދަކުރުމުގެ ފުރުސަތު އެޓީމަށް ލިބޭނެ އެވެެ. 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!