DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ޝަންޓޭ އާއި މާޓުގެ ހެޓްރިކާ އެކު ކްލަބް ޑާކްވުޑް ފައިނަލަށް
ޝަންޓޭ އާއި މާޓުގެ ހެޓްރިކާ އެކު ކްލަބް ޑާކްވުޑް ފައިނަލަށް
ކްލަބް ޑާކް ވުޑަށް ހެޓްރިކް ހަދައިދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މާޓު އުފާފާޅުކުރަނީ. ފޮޓޯ: ށ. ފޭދޫ ކައުންސިލް

ޝަންޓޭ އާއި މާޓުގެ ހެޓްރިކާ އެކު ކްލަބް ޑާކްވުޑް ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން • 18 އޮކްޓޫބަރު 2026

މަޝްހޫރު ފުޓްސަލް ތަރި މުހައްމަދު އިސާމް (ޝަންޓޭ) އާއި ށ. ފޭދޫގެ ހުނަރުވެރި ތަރި މާއިލް މުހައްމަދު (މާޓު) ގެ ހެޓްރިކާ އެކު ބޮޑު މޮޅެއް ހޯދައި، ށ. ފޭދޫ ކައުންސިލް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ކްލަބް ޑާކް ވުޑް ހޯދައިފި އެވެ. 

ފޭދޫގައި ފަސް ޓީމާ އެކު ކުރިއަށްދާ މިއަހަރުގެ މުބާރާތުގައި މިރޭ ވެސް ދެ މެޗު ވަނީ ކުޅެފަ އެވެ. މިރޭގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެންބްލެކް އެފްސީ ވަނީ ޑާކް ވުޑް ސްޕޯޓްސް ކްލަބާ ވާދަކޮށް 0-10 ގެ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ. 

މިރޭގެ ދެ ވަނަ މެޗުގައި ކްލަބް ޑާކް ވުޑް 3-8 އިން މޮޅުވީ ބަފަނަ ސްޕޯޓްސް ކްލަބް އަތުންނެވެ. 

މިރޭގެ މެޗުގައި ޝަންޓޭއާ އެކު ހެޓްރިކް ހެދި މާއިލް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. މި ދެކުޅުންތެރިންގެ އިތުރުން އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ފާއިން މުހައްމަދާއި ހަސަން ހައިޝަމް ހާމިދު އެވެ. 

ހެޓްރިކް ހެދި ޝަންޓޭ އާއި މާއިލް. ލީގު ބުރުގެ އެއް ވަނަ ހޯދީ ކްލަބް ޑާކް ވުޑް. ފޮޓޯ: ށ. ފޭދޫ ކައުންސިލް
ހެޓްރިކް ހެދި ޝަންޓޭ އާއި މާއިލް. ލީގު ބުރުގެ އެއް ވަނަ ހޯދީ ކްލަބް ޑާކް ވުޑް. ފޮޓޯ: ށ. ފޭދޫ ކައުންސިލް

ބަފަނަ ސްޕޯޓްސް ކްލަބުގެ ތިން ގޯލު ޖެހީ އިބްރާހީމް ސައްމާހު ހަސަން އާއި އަބްދުއްލަތީފް މުހައްމަދުގެ އިތުރުން އިސްމާއީލް މުނީޒް އެވެ. 

އެންބްލެކް މޮޅުވި މެޗުގައި 10 ގޯލުގެ ތެރެއިން ފަސް ގޯލު ޖެހީ ހުނަރުވެރި ފުޓްސަލް ތަރި އަހުމަދު އަފްލާޒު އެވެ. އެއް ގޯލު ޑާކް ވުޑް ސްޕޯޓްސް ކްލަބުގެ ހުސައިން ޝާމިހު އަތުން ބައިކޮޅަށް ވަންއިރު އިސްމާއީލް ފަޒީން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދެން ގޯލު ޖެހީ ހަސަން ނިޝާހު އާއި އަބްދުﷲ އާލިމް އަލީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފަސް ގޯލު ޖެހީ އަފްލާޒް އެވެ. 

ލީގު ބުރުގެ ފަހު ދެ މެޗު ކުޅޭނީ މާދަމާ ރެ އެވެ. މިރޭގެ މެޗުތަކާ އެކު ކްލަބް ޑާކް ވުޑް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ލީގު ބުރުގެ އެއް ވަނަ އާ އެކު އެވެ. އެޓީމުން ލީގު ބުރުގެ ހަތަރު މެޗު ކުޅެ ހަތަރު މެޗުން ވެސް މޮޅުވި އެވެ. މާދަމާ ރޭގެ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް ފައިނަލުގެ ސީދާ ޖާގަ އެހެން ޓީމަކަށް ނުލިބޭނެ އެވެ. 

މިރޭގެ މެޗުތަކާ އެކު ފައިނަލުގެ ދެ ވަނަ ޖާގަ އަށް ވާދަކުރާނެ ދެ ޓީމު ވެސް ވަނީ ކަށަވަރުވެފަ އެވެ. އެއީ ދެ ވަނައިގައި އޮތް އެންބްލެކާއި ތިން ވަނައިގައި އޮތް ބަފަނަ ސްޕޯޓްސް އެވެ. މި ދެޓީމަށް ވެސް 6 ޕޮއިންޓް ވަނީ ލިބިފަ އެވެ. މާދަމާ ރޭ ކުޅޭ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް ފަހަތުގައި އޮތް އެޑީ ސްޕޯޓްސް ކްލަބާއި ފުލުގައި އޮތް ޑާކް ވުޑް ސްޕޯޓްސް ކްލަބަށް ފުރުސަތެއް ނެތެވެ. މި ދެޓީމު ވެސް މިވަގުތު އޮތީ ޕޮއިންޓެއް ނުލިިބި އެވެ. 

https://www.fahuminet.com/tournaments/sh-feydhoo-council-cup-2026

ކްލަބް ޑާކް ވުޑާ ދެކޮޅަށް ފައިނަލުގައި ވާދަކުރާނެ ޓީމެއް އެނގޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމުގެ ކުރިމަތިލުމަށް ފަހު އެވެ. އެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. 

ފޭދޫ ކައުންސިލް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ. 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings