DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ބ. އަތޮޅުގެ ބައެއް ރަށްތަކާއި، ރިސޯޓްތަކުން ވާދަކުރާ ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތް މިރޭ ފަށަނީ
ބ. އަތޮޅުގެ ބައެއް ރަށްތަކާއި، ރިސޯޓްތަކުން ވާދަކުރާ ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތް މިރޭ ފަށަނީ
ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި ކިންގްސް ޔުނައިޓެޑުން ޓްރޮފީ އުފުލާލަނީ. ފޮޓޯ: ކިންގްސް ޔުނައިޓެޑް

ބ. އަތޮޅުގެ ބައެއް ރަށްތަކާއި، ރިސޯޓްތަކުން ވާދަކުރާ ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތް މިރޭ ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
14 ގަޑިއިރު ކުރިން • 16 އޮކްޓޫބަރު 2026

ބ. ދަރަވަންދޫގެ ޓީމުތަކާއި ބ. އަތޮޅުގެ ރިސޯޓުތަކާއި ދައުވަތުދީގެން ބައިވެރިވާ ޖަމިއްޔާތައް ހިމެނޭހެން ދަރަވަންދޫ ކައުންސިލުން ބާއްވާ ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ކުޅުން މިރޭ ފަށާނެ އެވެ. 

ދަރަވަންދޫ ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ މުބާރާތަށް މިއަހަރު ވަނީ ތަރުހީބު އިތުރުވެފަ އެވެ. މިގޮތުން މިއަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 8 ޓީމު ވާދަކުރާނެ އެވެ. މީގެތެރޭގައި ދަރަވަންދޫ އަށް ނިސްބަތްވާ ތިން ޓީމުގެ އިތުރުން ދެ ހިމެނެނީ އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކުގެ ޓީމުތަކެވެ.

ގްރޫޕް އޭގައި ހިމެނެނީ ދުސިތު ތާނީ މޯލްޑިވްސް އާއި ދަރަވަންދޫގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ކިންގްސް ޔުނައިޓެޑްގެ އިތުރުން ލަޔަންސް ޔުނައިޓެޑް އަދި ދަރަވަންދޫ ކައިރީގައި އޮންނަ އަވައްޓެރި ދޮންފަނު ފުޓްސަލް ޓީމެވެ. 

ގްރޫޕް ބީގައި ހިމެނެނީ ދަރަވަންދޫ ނިއު ސްޕީޑާއި ދަ ނޮޓިލަސް ރިސޯޓުގެ އިތުރުން ކިހާދޫ އާއި ދޮންފަނު ވެޓެރަންސް އެވެ. 

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން މިރޭ ފަށާއިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް އޮކްޓޫބަރު 21 އާ ހަމައަށް ކުރިއަށްދާނެ އެވެ. ސެމީ ފައިނަލް ދެ މެޗު އޮކްޓޫބަރު 22 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 24 ވަނަ ދުވަހު އެވެ. 

މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން. މިއަހަރުގެ މުބާރާތުގެ ވާދަވެރިކަން ވަނީ އިތުރުވެފަ. ފޮޓޯ: ކިންގްސް ޔުނައިޓެޑް
މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން. މިއަހަރުގެ މުބާރާތުގެ ވާދަވެރިކަން ވަނީ އިތުރުވެފަ. ފޮޓޯ: ކިންގްސް ޔުނައިޓެޑް

ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް ރަނަރަޕް ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 30،000 ރުފިޔާ ދިނުމަށް ހަމަޖެހިފަ އެވެ. 

ތައްޔާރީތައް ފުރިހަމަ ވާދަވެރިކަން ބޮޑު މުބާރާތެއް 

ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ އެރަށުގައި ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މީގެކުރިން މި މުބާރާތް ބާއްވަމުން އައީ ކައުންސިލް ފުޓްސަލް މުބާރާތުގެ ނަމުގަ އެވެ. އެކަމަކު ލޯކަލް ޓޫރިޒަމްގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ދަރަވަންދޫ ކައުންސިލުން ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ނަމަށް މިދިޔަ އަހަރު މުބާރާތް ރީބްރޭންޑްކުރީ އެވެ. މި ނަމުގައި މިއަހަރު ބާއްވާ މުބާރާތަށް ކައުންސިލުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ. 

ދަރަވަންދޫގައި މީގެކުރިން ވަނީ އަތޮޅު ފެންވަރުގެ ފުޓްސަލް މުބާރާތްތައް ބާއްވައިފަ އެވެ. އަދި އަތޮޅުގައި ބާއްވާ މުބާރާތްތަކާއި ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް ދަރަވަންދޫން އަންނަނީ ވާދަކޮށް ފުޓްސަލްގައި ކުރިއެރުން ހޯދަމުންނެވެ. އެގޮތުން މިއަހަރު އޮތް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މުޅިން އަލަށް ބައިވެރިވެ އަތޮޅު ބުރުގެ ފައިނަލުގައި އޭދަފުއްޓާ ދެކޮޅަށް ދަރަވަންދޫ ކުޅެނެވެ. އަތޮޅު ފައިނަލުން ބަލިވިޔަސް ދަރަވަންދޫ ފުޓްސަލްގައި ހޯދާފައިވާ ކުރިއެރުން ފާހަގަކުރެވުނެވެ. 

މިއަހަރުގެ މުބާރާތުގައި ދަރަވަންދޫގެ ތިން ޓީމަކާއި ދެ ރިސޯޓު އަދި ކިހާދޫ އާއި ދޮންފަނުން ތިން ޓީމު ވާދަކުރާއިރު، މި ޓީމުތައް ފެންނަނީ ވަރަށް ވަރުގަދަކޮށެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ދަރަވަންދޫގެ އެންމެ ވަރުގަދަ ޓީމު ކިންގްސް ޔުނައިޓެޑެވެ. މީގެކުރިން ކިންގްސް ޔުނައިޓެޑުން ވަނީ ދަރަވަންދޫ ފުޓްސަލްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދައިފަ އެވެ. މިދިޔަ ދެ އަހަރު ވެސް ދަރަވަންދޫ ފުޓްސަލްގެ ރަސްކަން ހޯދީ ކިންގްސް ޔުނައިޓެޑެވެ. މިއަހަރުގެ މުބާރާތް ކާމިޔާބުކުރަން ވެސް ކިންގްސް ޔުނައިޓެޑުން ނެރެނީ ވަރުގަދަ ޓީމެކެވެ. 

އެހެން ޓީމުތަކުގައި ވެސް ވަނީ ރާއްޖެ އާއި ބޭރުގެ ފުޓްސަލް ކުޅުންތެރިން ހިމަނައިފަ އެވެ. އެހެންވެ މިފަހަރުގެ މުބާރާތް ވާނީ އެހެން އަހަރުތަކަ ހިލާފަށް އެންމެ ވާދަވެރިކޮށް ފެންނާނެ މުބާރާތެކެވެ. 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings