ކ. ގާފަރުގައި ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ބަންދުވާނެ އެވެ.
ގާފަރު ކައުންސިލުން އެރަށުގައި ބާއްވާ 8 ވަނަ ކައުންސިލް ފުޓްސަލް މުބާރާތަށް ހުޅުވާލީ މި މަހު އެވެ.
މިއަހަރުގެ މުބާރާތުން ފެންނާނެ އެއް ތަފާތަކީ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމު ބޮޑުކޮށްފައިވުމެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 30،000 ދިންއިރު މިއަހަރުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ދޭގޮތަށް ވަނީ ނިންމާފަ އެވެ. އަދި، ރަނަރަޕް ޓީމަށް މިދިޔަ އަހަރު 20،000 ދިންއިރު، އެ އަދަދު މިއަހަރު ވަނީ 25،000 އަށް ބޮޑުކޮށްފަ އެވެ.
ގާފަރު ފުޓްސަލް މުބާރާތް ހުޅުވާލަނީ ހަމައެކަނި އެރަށުގެ ޓީމުތަކަށް ބައިވެރިވެވޭ ގޮތަށެވެ. އެކަމަކު އެރަށް ކައިރީގައި އޮންނަ ޖުމެއިރާ އޮޅަހަލި އައިލެންޑް ރިސޯޓުން ޓީމެއް މުބާރާތުގައި ބައިވެރިކުރުމަށް ވަނީ ހާއްސަ ހުއްދައެއްދީފަ އެވެ. މުބާރާތުގެ ގަވައިދު ބުނާގޮތުން ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރު އެއް ކުޅުންތެރިއަކު ޖެހޭނެ އެވެ.
މިދިޔަ އަހަރުތަކަށް ބަލާއިރު އެރަށުގެ އެންމެ ކާމިޔާބު ފުޓްސަލް ޓީމަކީ ފަސް ފަހަރު ތަށި ހޯދާފައިވާ އެކްސް ބޯއީޒް އެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ 2020، 2021، 2023، 2024 އަދި 2025 ވަނަ އަހަރެވެ. ދެން އެންމެ ކާމިޔާބު ޓީމަކީ 2019 އަދި 2022 ވަނަ އަހަރުގެ ތަށި ހޯދި ވައިޕާސް އެވެ. މިހާތަނަށް މުބާރާތުގެ ޗެމްޕިއަނުންގެ ޝަރަފް ލިބުނީ ވެސް ހަމައެކަނި މި ދެ ޓީމަށެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި 8 ޓީމު ވާދަކުރިއިރު ފައިނަލުގައި އެކްސް ބޯއީޒް މޮޅުވީ އޯކޭ ބޯއީޒްއާ ވާދަކޮށެވެ. މިދިޔަ އަހަރުގެ ތައްޓާ އެކު ޖެހިޖެހިގެން ތިން ތަށި ހޯދުމުގެ ޝަރަފް އެކްސް ބޯއީޒް އަށް ލިބުނެވެ.
މުބާރާތުގައި ބައިވެރިވުމަށް: https://docs.google.com/forms/d/e/1FAIpQLScuyF8Eaqo-D-34ky2L7-HxN4J17mHS66_gC3BVCYfGwdUqhg/viewform'
އިތުރު މައުލޫމާތު ހޯދުމަށް، 7498930 އަށް ވައިބަރ ކުރުމަށް