DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / އޯކޭ ބޯއީޒް އާއި ހަންޓާސް ގާފަރު ކައުންސިލް ކަޕްގެ ފައިނަލަށް
އޯކޭ ބޯއީޒް އާއި ހަންޓާސް ގާފަރު ކައުންސިލް ކަޕްގެ ފައިނަލަށް
އޯކޭ ބޯއީޒް އާއި ޕެންތާސް ސެމީ މެޗުގައި ކުޅެނީ. އޯކޭ ބޯއީޒް ކުރި ހޯދީ ޕެނަލްޓީ ޖަހައިގެން. ފޮޓޯ: ގާފަރު ކައުންސިލް

އޯކޭ ބޯއީޒް އާއި ހަންޓާސް ގާފަރު ކައުންސިލް ކަޕްގެ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
4 ގަޑިއިރު ކުރިން • 31 އޮކްޓޫބަރު 2026

ގާފަރު ކައުންސިލް ކަޕްގެ ފައިނަލުން އޯކޭ ބޯއީޒް އާއި ހަންޓާސް ޖާގަ ހޯދައިފި އެވެ. 

ފޯރިގަދަ ސެމީ ފައިނަލް މެޗުތައް ރޭ ވަނީ ކުޅެފަ އެވެ. ސެމީގެ ފުރަތަމަ މެޗުގައި އޯކޭ ބޯއީޒް އާއި ޕެންތާސް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އޯކޭ ބޯއީޒް އިން މެޗު ކާމިޔާބުކުރީ 2-4 އިންނެވެ. 

ދެ ވަނަ ސެމީގައި އޯކޭ ފެމިލީގެ އަނެއް ޓީމު، އޯކޭ ޔުނައިޓެޑާ ވާދަކޮށް ހަންޓާސް ވަނީ 4-1 އިން މޮޅުވެފަ އެވެ. 

ވާދަވެރި ކުޅުމެއް ފެނުނު ފުރަތަމަ ސެމީގައި އޯކޭ ބޯއީޒްގެ ގޯލު ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ޖެހީ އަލީ ހާފިޒް (ހާއްޕެ) އެވެ. އޯކޭ ބޯއީޒް ޓީމު ފައިނަލަށް ކުރި ދަތުރުގައި އެންމެ މުހިއްމު ދަނޑިވަޅުތަކުގައި ހާއްޕެ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. 

އޯކޭ ބޯއީޒް ކުރީގައި އޮއްވައި ޕެންތާސް އިން ނަތީޖާ ހަމަހަމަ ކުރީ 28 ވަނަ މިނެޓުގައި ނިފާލް ނަސީރު ޖެހި ގޯލުންނެވެ.

އޯކޭ ޔުނައިޓެޑާ ވާދަކޮށް ހަންޓާސް މޮޅުވި މެޗުގެ ތެރެއިން. ފައިނަލުގައި މިރޭ ނުކުންނާނީ އޯކޭ ބޯއީޒްއާ ދެކޮޅަށް. ފޮޓޯ: ގާފަރު ކައުންސިލް
އޯކޭ ޔުނައިޓެޑާ ވާދަކޮށް ހަންޓާސް މޮޅުވި މެޗުގެ ތެރެއިން. ފައިނަލުގައި މިރޭ ނުކުންނާނީ އޯކޭ ބޯއީޒްއާ ދެކޮޅަށް. ފޮޓޯ: ގާފަރު ކައުންސިލް

ޕެނަލްޓީގައި ޕެންތާސްގެ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ނާކާމިޔާބުވި އެވެ. ޕެނަލްޓީ ވައްދާނުލެވުނީ ޕެންތާސް އަށް މޮޅު ކުޅުމެއް ދެއްކި އައްޒާމް ނިޔާޒަށާއި ރައްޔާން ރައޫފް އަދި ސާރިހް އިބްރާހީމް އަށެވެ. އެޓީމަށް ކާމިޔާބުވީ ނިފާލް ނަސީރުގެ ޕެނަލްޓީ އެކަންޏެވެ. 

އޯކޭ ބޯއީޒްގެ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެޓީމަށް ނާކާމިޔާބިވީ ނާއިހް މުފީދުގެ ޕެނަލްޓީ އެވެ. އިބްރާހީމް ރިމާހު (ރިމޭ) އާއި މާހީ މުފީދު އާއި މުހައްމަދު ނިހާލް އަދި ހާއްޕެ ޖެހި ޕެނަލްޓީތައް ކާމިޔާބުކުރި އެވެ.

މެޗުގައި ގޯލު ޖަހައި، އަދި މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށް ހާއްޕެ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. 

https://www.fahuminet.com/tournaments/gaafaru-council-cup-2026

ދެ ވަނަ ސެމީގައި ހަންޓާސް އިން ވަނީ އޯކޭ ޔުނައިޓެޑާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މުހައްމަދު ސާއިންގެ ގޯލުން ހަންޓާސް ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ހަންޓާސްގެ ދެ ވަނަ ގޯލު ވެސް ޖެހީ ސާއިން އެވެ. ހަންޓާސްގެ ތިން ވަނަ ގޯލާއި ހަތަރު ވަނަ ގޯލު ޖެހީ އަޒްޔާން އިބްރާހީމް އެވެ. އޯކޭ ޔުނައިޓެޑްގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ގައިސާން އަބޫބަކުރު މާހިރު އެވެ. 

ގާފަރު ފުޓްސަލް ދަނޑުގައި ކުޅޭ ފައިނަލް މެޗު މިރޭ 8:30 ގައި އޮންނާނެ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Predict
Settings