DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ޒުވާން ޓީމަށް ހޫނު މަރުހަބާއެއް ކިޔައި ފަލަސްތީނަށް އޮތް ލޯބި ކ. ގުރައިދޫ އިން ބަންޑުންކޮށްލައިފި
ޒުވާން ޓީމަށް ހޫނު މަރުހަބާއެއް ކިޔައި ފަލަސްތީނަށް އޮތް ލޯބި ކ. ގުރައިދޫ އިން ބަންޑުންކޮށްލައިފި
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ގުރައިދޫ އަށް އައުމުން މަރުހަބާ ކިޔަނީ. އެރަށު އެންމެންހެން މަރުހަބާ ކިޔުމަށް ބަނދަރަށް ނުކުތް. ފޮޓޯ: ކ. ގުރައިދޫ ކައުންސިލް

ޒުވާން ޓީމަށް ހޫނު މަރުހަބާއެއް ކިޔައި ފަލަސްތީނަށް އޮތް ލޯބި ކ. ގުރައިދޫ އިން ބަންޑުންކޮށްލައިފި

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން • 28 އޮކްޓޫބަރު 2026

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށް ތައްޔާރުވާން ރާއްޖެ އައި ފަލަސްތީނު ޓީމު ކ. ގުރައިދޫ އަށް ދިއުމުން އެރަށުން އާދަޔާހިލާފު ހޫނު މަރުހަބާއެއް ފަލަސްތީނު ޓީމަށް ކިޔައިފި އެވެ. 

ފަލަސްތީނު ޓީމު ރާއްޖެ އައީ އިއްޔެ މެންދުރު ފަހެވެ. ރާއްޖެ އައިސް އެޓީމު ދިޔައީ، ރާއްޖޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 10 ދުވަހުގެ ކޭމްޕުގައި ތިބުމަށް ހަމަޖެހިފައިވާ ގުރައިދޫއަށެވެ. މާލެއާ މާ ދުުރު ނޫން ގުރައިދޫ އަށް ފަލަސްތީނު ޓީމު ދިއުމުން އެރަށުގެ ކުދިބޮޑު އެންމެންހެން ވަނީ ބަނދަރަށް ނުކުމެ ފަލަސްތީނު ޓީމަށް މަރުހަބާ ކިޔައިފަ އެވެ. 

އިއްޔެ ފަލަސްތީނު ޓީމު ގުރައިދޫ އަށް ދިއުމުން މަރުހަބާ ދެންނެވީ އެރަށު ކައުންސިލްގެ ރައީސް އިބްރާހީމް ޝަލީޒާއި ކައުންސިލް މެންބަރުންނެވެ. އަދި މަރުހަބާ ކިޔުމަށް ދިގު ސަފެއް ބަނދަރުގައި އަތުރާލާފައި އޮތެވެ. ގުރައިދޫގެ މަރުހަބާއިން ފަލަސްތީނަށް އޮތް ލޯބި ވަރަށް ފުރިހަމަ އަށް ވަނީ ފެނިގެން ގޮސްފަ އެވެ. 

ފަލަސްތީނުގެ 17 އަހަރުންގެ ދަށުގެ ޤައުމީ ޓީމް ކ. ގުރައިދޫއަށް ކޭމްޕް ކުރުމުން އެރަށުގެ ހުރިހާ ރައްޔިތުން ނުކުމެ ހޫނު މަރުޙަބާއެއް ކިޔައިފި. ޝުކުރިއްޔާ ގުރައިދޫގެ ކައުންސިލާއި ރައްޔިތުންނަށް.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ. 

ފަލަސްތީނު ޓީމު ގުރައިދޫގައި ތިބޭ މުއްދަތުގައި އެރަށު ފުޓްބޯޅަ ދަނޑުގައި ތަމްރީނުތައް ކުރިއަށްގެންދާނެ އެވެ. އަދި ފަލަސްތީނު ޓީމުން ރާއްޖޭގައި އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މެޗުތައް އޮންނާނީ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ. 

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ގުރައިދޫގައި. އެޓީމަށް ގުރައިދޫ އިން ކީ ހޫނު މަރުހަބާއެއް. ފޮޓޯ: ގުރައިދޫ ކައުންސިލް
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ގުރައިދޫގައި. އެޓީމަށް ގުރައިދޫ އިން ކީ ހޫނު މަރުހަބާއެއް. ފޮޓޯ: ގުރައިދޫ ކައުންސިލް

އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރުމުގެ ކުރިން މިދިޔަ އަހަރު ވެސް ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ވަނީ ރާއްޖެ އައިސްފަ އެވެ. އައި، ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ އެކު އެކުވެރިިކަމުގެ ދެ މެޗު ކުޅެނެވެ. 

ކޮލިފައިންގައި ފަލަސްތީނު ގްރޫޕުގައި ހިމެނެނީ އިންޑިއާގެ އިތުރުން މެލޭޝިއާ، ސިންގަޕޫރު އަދި ގުއާމް އެވެ. މި މެޗުތައް ނޮވެމްބަރު 8 އިން 20 އަށް ކުރިއަށްދާނީ އިންޑިއާގަ އެވެ. ރާއްޖޭގެ ކޭމްޕު ފުރިހަމަކުރުމަށް ފަހު ކޮލިފައިން މެޗުތަކަށް ފަލަސްތީނު ޓީމު އިންޑިއާ އަށް ދާނީ ރާއްޖެ މަގުންނެވެ. 

ފަލަސްތީނު ޓީމު ރާއްޖޭގައި ކޭމްޕެއް ކުރިއަށްގެންދާއިރު، ޓީމު ރާއްޖޭގައި ތިބުމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެފްއޭއެމް އާއި ސަރުކާރާއި ގުރައިދޫ ކައުންސިލް ގުޅިގެންނެވެ. 

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Predict
Settings