DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ލިގު މެދުކަނޑާލި އިރު އެއް ވަނައިގައި ވިކްޓްރީ
ލިގު މެދުކަނޑާލި އިރު އެއް ވަނައިގައި ވިކްޓްރީ
ވިކްޓްރީގެ ރިޒޭ އޮޑި ސްޕޯޓްސް ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ލީގު މެދުކަނޑާލިއިރު ވިކްޓްރީ އޮތީ އެއް ވަނައިގައި. ފޮޓޯ: އެފްއޭއެމް

ލިގު މެދުކަނޑާލި އިރު އެއް ވަނައިގައި ވިކްޓްރީ

ފަހުމިނެޓް
ފަހުމިނެޓް
7 ގަޑިއިރު ކުރިން • 26 އޮކްޓޫބަރު 2026

ކުރިއަށް އޮތް ބައިނަލްއަގްވާމީ ބްރޭކުގެ ކުރިން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލިއިރު އެއް ވަނަ މަގާމް ވިކްޓްރީ ސްޕޯޓްސް ކްލަބް ހޯދައިފި އެވެ. 

ލީގުގެ ކުޅުން މެދުކަނޑާލީ ނޮވެމްބަރު 5 ވަނަ ދުވަހު ފަށާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށާއި، އޭގެކުރިން ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނީޝިއާގައި ކޭމްޕެއް ފުރިހަމަކުރުމަށެވެ. އިންޑޮނީޝިއާ ކޭމްޕަށް މިއަދު ހެނދުނު ގައުމީ ފުޓްބޯޅަ ޓީމު ވަނީ ފުރައިފަ އެވެ. 

ލީގުގައި މި ހަފްތާ ހަތަރު މެޗު ވަނީ ކުޅެފަ އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ވަނީ ކްލަބް އީގަލްސްއާ ވާދަކޮށް 1-7 ގެ ބޮޑު މޮޅެއް ހޯދައިފަ އެވެ. އަދި ވިކްޓްރީ ވަނީ އެރޭ އޮޑި ސްޕޯޓްސް ކްލަބާ ވާދަކޮށް 2-0 އިން މޮޅުވެފަ އެވެ. ލީގުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ވާދަކޮށް ބިސް ބުރު ސްޕޯޓްސް ކްލަބް މޮޅުވީ 2-1 އިންނެވެ. ރޭ މާޒިޔާ ވަނީ ބުރު ސްޕޯޓްސް ކްލަބް 0-2 އިން ބަލިކޮށްފަ އެވެ. 

ލީގުގެ ދެ ވަނައިގައި އޮތް މާޒިޔާ ކުޅުންތެރިން ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު. ފޮޓޯ: އެފްއޭއެމް
ލީގުގެ ދެ ވަނައިގައި އޮތް މާޒިޔާ ކުޅުންތެރިން ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު. ފޮޓޯ: އެފްއޭއެމް

ވިކްޓްރީ އެއް ވަނައިގައި އޮތީ 6 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ހަތަރު ވަނައިގައި އޮތް އީގަލްސް އަށް ވަނީ 11 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު ނިއު ރޭޑިއަންޓް އެއް މެޗު މަދުން ކުޅެފައިވުމާ އެކު ލީގުގައި ކުރިއަށް ޖެހިލުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. 

ލީގުގެ ފަސް ވަނައިގައި 9 ޕޮއިންޓާ އެކު ބިސް ބުރު އޮތްއިރު ހަ ވަނައިގައި އޮތީ 8 ޕޮއިންޓް ލިބިފައިވާ އޮޑި ސްޕޯޓްސް ކްލަބެވެ. ޓީސީ އަށް 6 ޕޮއިންޓާ އެކު ހަތް ވަނަ ލިބޭއިރު ދިއްދޫ ސްޕޯޓްސް ކްލަބް އޮތީ 5 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ބުރު ސްޕޯޓްސް 3 ޕޮއިންޓާ އެކު 9 ވަނައިގައި އޮތްއިރު ފުލުގައި ގައްދޫ އޮތީ ޕޮއިންޓެއް ނުލިިބި އެވެ. 

https://www.fahuminet.com/tournaments/dhivehi-premier-league-202627

ވިކްޓްރީ އެއް ވަނަގައި އޮތްއިރު އެޓީމުން މި ސީޒަނުގައި ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ހޮނިހިރު ދުވަހު އޮޑި ސްޕޯޓްސް ބަލިކުރި މެޗުގައި ވިކްޓްރީގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ގޯލު ޖެހުމުގެ ރަނގަޅު ފޯމެއްގައި ހުރި އަހުމަދު ރިޒުވާން (ރިޒޭ) އެވެ. 

ލީގުގައި ވިކްޓްރީ ކުޅުނު 6 މެޗުގެ ތެރެއިން 5 މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. އެޓީމު އެއްވަރުވީ ހަމައެކަނި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗެވެ. 

ގައުމީ ޓީމުގެ ކޭމްޕާއި ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަށްޝިޕަށް ފަހު ލީގުގެ ކުޅުން އަލުން ފަށާނީ ނޮވެމްބަރު 22 ވަނަ ދުވަހު އެވެ. 

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Predict
Settings