DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ރިސޯޓް މުބާރާތްތައް ފަތަހަ ކުރުމަށްފަހު ޖުމެއިރާގެ އަމާޒު ގާފަރަށް
ރިސޯޓް މުބާރާތްތައް ފަތަހަ ކުރުމަށްފަހު ޖުމެއިރާގެ އަމާޒު ގާފަރަށް
މިދިޔަ އަހަރުގެ ރިސޯޓް ލީގު ކާމިޔާބުކުރި ޖުމެއިރާ ޓީމު. ގާފަރުގައި ކުރިއަށްދާ ކައުންސިލް ކަޕްގައި ޖުމެއިރާ ވާދަކުރާނެ. ފޮޓޯ: ޖުމެއިރާ

ރިސޯޓް މުބާރާތްތައް ފަތަހަ ކުރުމަށްފަހު ޖުމެއިރާގެ އަމާޒު ގާފަރަށް

ފަހުމިނެޓް
ފަހުމިނެޓް
4 ގަޑިއިރު ކުރިން • 25 އޮކްޓޫބަރު 2026

ރޭ ފެށި ގާފަރު ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ އެއް ޓީމަކީ ޖުމެއިރާ އޮޅަހަލި އައިލެންޑް ރިސޯޓުން ބައިވެރިވާ ޓީމެވެ.

އެއީ ރަށުން ބޭރުން މުބާރާތުގައި ބައިވެރިވާ ހަމައެކަނި ޓީމަށް ވުމުން އެކަންޏެއް ނޫނެވެ. ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ދެ ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގާއި، ޓެކާސް ޖުމެއިރާ އިން ކާމިޔާބުކޮށްފައިވުމަކީ އެ ޓީމަށް އޮތް ޝައުގުވެރިކަން ޔަގީނުން ވެސް އިތުރު ވާނެ ކަމެކެވެ.

ގާފަރުން ފުރައިގެން ދިހަ ވަރަކަށް މިނެޓުން ސްޕީޑް ބޯޓެއްގައި ދެވޭހާ ކައިރީގައި އޮންނަ ޖުމެއިރާ އަށް ގާފަރު ކައުންސިލް ކަޕުން ލިބުނު ޖާގަ އަކީ އެ ޓީމުން ބުނާ ގޮތުގައި ގާފަރު ކައުންސިލްގައި އެދިގެން ހޯދި ފުރުސަތެކެވެ. އެއީ ޖުމެއިރާގައި ތިބި ފުޓްސަލް އަށް ލޯބިކުރާ ކުޅުންތެރިން މުބާރާތެއްގައި ބައިވެރިވާން ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ދަނޑިވަޅެއްގައި ލިބުނު ފުރުސަތަކަށް ވުމާއެކު ގާފަރު ކައުންސިލުން ފަހިކޮށްދިން އެ ފުރުސަތު ޖުމެއިރާގެ މެނޭޖްމަންޓުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފަ އެވެ.

މުބާރާތުން ފުރުސަތު ލިބުން އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އެ ހިސާބުން ފެށިގެން އަޅުގަނޑުމެން މި އަންނަނީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުން. އެހެންޏާ މުބާރާތްތަކުގައި ބައިވެރިވާ އިރު ކުޅުންތެރިންގެ ފަރާތުން ނުފެންނަ ވަރުގެ ބޮޑު ޝައުގުވެރިކަމެއް މިފަހަރު ކުޅުންތެރިންގެ ފަރާތުން އެބަ ފެނޭ.         

ޖުމެއިރާ ޓީމު ހިންގުމުގައި އިސް ދައުރެއް އަދާކުރަމުން އަންނަ އިބްރާހީމް ޝާފިއު "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.  

ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ އަށް ވަނަ ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގައި ޖުމެއިރާ ލައްވާލީ ގްރޫޕް ބީ ގަ އެވެ. މި ގްރޫޕްގައި އެ ޓީމާއެކު ދެން އޮތީ މީގެ ކުރިންވެސް މި މުބާރާތުގައި ވާދަކޮށްފައިވާ ދެ ޓީމު ކަމަށްވާ ޕެންތާސް އާއި އޯކޭ ޔުނައިޓެޑްގެ އިތުރުން ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން މިއަހަރު ބޭއްވި ވެޓަރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޯކޭ ލެޖެންޑްސް އެވެ.

ގްރޫޕް ބީ އާއި ހިލާފަށް މުބާރާތުގައި މީގެ ކުރިން ޓީމުތަކުން ހޯދާފައިވާ ނަތީޖާތަކަށް ބަލާއިރު ވަރުގަދަ ގިނަ ޓީމުތަކެއް ގްރޫޕް އޭގައި އޮތަސް ޖުމެއިރާގެ މެނޭޖުމަންޓުން އެކަމާ ދޭތެރޭ ދެކޭ ގޮތް ވަރަށް ތަފާތެވެ.

އަޅުގަނޑުމެން އަސްލު ބޭނުންވަނީ ހަމަ ވަރުގަދަ ޓީމުތަކާ ކުޅެގެން އަޅުގަނޑުމެން ބޭނުންވާ ޓާގެޓް އެޗީވްކުރަން. މީހުން އެބަ ބުނޭ ގްރޫޕް އޭގައޭ އެންމެ ވަރުގަދަ ޓީމުތައް އޮތީ. އެކަމަކު އެހެންވިޔަސް އަޅުގަނޑުމެން ނުދެކެން  ގްރޫޕް ބީގަ ވެސް ތިބީއަކީ ދެރަ ޓީމުތަކެކޭ. ފުޓްސަލް މެޗެއްގަ މި އޮންނަނީ އެންމެ 40 މިނެޓް. ކޮންމެ ފަދަ ނަތީޖާއެއް ވެސް ހަމަ ނުކުމެދާނެ. 

ޖުމެއިރާގެ ސްޓާފް ކޮމިޓީގެ ޗެއާމަންކަން ވެސް ކުރަމުން އަންނަ ޝާފިއު ބުނެފައިވެ އެވެ.

ޖުމްލަ ނުވަ ޓީމަކުން ވާދަކުރާ ގާފަރު ކައުންސިލް ކަޕުން ފުރުސަތު ލިބުން ޖުމައިރާއިން ޝަރަފެއްގެ ގޮތުގައި ދެކޭ އިރު އެ ޓީމުން މުބާރާތް ނަގަނީ ސީރިއަސްކޮށެވެ. ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިނގާ އެއް ރަށުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކާމިޔާބު ކުރުމަކީ ޖުމެއިރާއިން ދެކެމުން އަންނަ ހުވަފެނެކެވެ.  

މި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެ ޓީމުން އަންނަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ. މުބާރާތަށް ނެރޭ ޓީމު ވަރުގަދަކުރުމަށްޓަކައި އެހެން ޓީމުތަކުން ރަށުން ބޭރުން މޮޅު ކުޅުންތެރިން ގެނެސްފައިވާ އިރު ޖުމެއިރާ އިން ވެސް ސަންގެލި ރިސޯޓުން ކުޅުންތެރިއަކު އެ ޓީމަށް ގެނެސްފަ އެވެ.

https://www.fahuminet.com/tournaments/gaafaru-council-cup-2026

"އަޅުގަނޑުމެން ކޮންމެ މުބާރާތެއްގަ ބައިވެރިވިއަސް އަބަދުވެސް ޓާގެޓަކަށް ހަދަނީ އެ މުބާރާތް ކާމިޔާބުކުރުން އެކަމަކު އަހަރެމެން ދާނީ ފަހަރަކު ސްޓެޕަކުން. ފުރަތަމަ އަމާޒަކީ ފުރަތަމަ މެޗު ކާމިޔާބުކުރުން." ޝާފިއު ބުންޏެވެ.

ގާފަރު ކައުންސިލް ކަޕަށް ޖުމެއިރާ އިން ނުކުންނައިރު އެންމެ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ޓީމުގެ މެނޭޖްމަންޓުން ފާހަގަކުރަނީ ޓީމުގެ އެކުލެވުން ރަގަޅުވުމާއި، ޓީމުގެ ތެރޭގައި އޮތް ފޯރި އެވެ.

ޓީމު ތެރޭގައި އޮތް އެކުލެވުމާއި، ކުޅުންތެރިން މިކަމަށް ހުރި ފޯރި އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިފަހަރުގެ މުބާރާތުގައި ބައިވެރިވާކަން ކުޅުންތެރިންނަށް އެންގި ހިސާބުން ވަރަށް ބޮޑު ޝައުފުވެރިކަމެއް ކުދިންގެ ކިބައިގައި އުފެދިއްޖެ. ފަހަރުގަ ވެދާނެ މުބާރާތުގެ ގޮތުން ވެސް. އަޅުގަނޑުމެން ދެކެނީ މިއީ ރިސޯޓް މުބާރާތަށް ވުރެ ވެސް ވަރުގަދަ މުބާރާތެއްގެ ގޮތުގަ.

މުބާރާތުގައި ޖުމެއިރާ އިން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އޯކޭ ޔުނައިޓޭޑާ ދެކޮޅަށެވެ.

ކޮމެންޓްސް

Matches
4
Ongoing
1
Upcoming
Predict
Settings