DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ގާފަރު ކައުންސިލް ކަޕް: ކިތަންމެ ހަގަސް މާލިންސް އިން ބުނަނީ ސިއްސުވާލާނެ ކަމަށް
ގާފަރު ކައުންސިލް ކަޕް: ކިތަންމެ ހަގަސް މާލިންސް އިން ބުނަނީ ސިއްސުވާލާނެ ކަމަށް
މާލިންސްގެ ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ބޭނުންކުރާ ޖާޒީ ދައްކާލަނީ. ހައިރާންކަން ގެންނަން އެޓީމު އޮތީ ތައްޔާރަށް. ފޮޓޯ: މާލިންސް އިންސްޓަގްރާމް

ގާފަރު ކައުންސިލް ކަޕް: ކިތަންމެ ހަގަސް މާލިންސް އިން ބުނަނީ ސިއްސުވާލާނެ ކަމަށް

ފަހުމިނެޓް
ފަހުމިނެޓް
8 ގަޑިއިރު ކުރިން • 23 އޮކްޓޫބަރު 2026

ހޮނިހިރު ދުވަހުގެ ރޭ ފަށާ ގޮތަށް ހަމަޖެހިފައިވާ ގާފަރު ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގައި މިފަހަރު ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ އުންމީދީ ޓީމުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ އެއް ޓީމަކީ މާލިންސް ސްޕޯޓްސް ކްލަބެވެ.

ދެ ކުޅުންތެރިޔަކު ފިޔަވައި މުޅިންވެސް 21 އަހަރުން ދަށުގެ ކުޅުންތެރިން ތިބި މި ޓީމު އެ ނަމުގައި ބައިވެރިވާ މިއީ ދެވަނަ އަހަރެވެ.

މާލިންސް އަކީ ގާފަރު ކައުންސިލް ކަޕަށް އަދި މާ ފަރިތަ ނަމަކަށް ނުވިޔަސް ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް މުބާރާތް ހިތުދަހެވެ. މީގެ ތެރެއިން ގިނަ ކުޅުންތެރިން ވަނީ މި މުބާރާތުގައި މީގެ ކުރިން ވާދަކުރި ޕްރިޑޭޓާސް ޖޫނިއްސް އަށް ކުޅެ މުހިންމު ތަޖުރިބާތަކެއް ހާސިލްކޮށްފަ އެވެ.

އެހިސާބުން ފެށިގެން އޭގެ ތެރެއިން ގިނަ ކުޅުންތެރިން މި މުބާރާތުގައި ކުޅެމުން އައީ އެއް ޓީމެއްގަ އެވެ. އެއާއެކު އެ ކުޅުންތެރިންގެ މެދުގައި އުފެދިފައި އޮތް ގުޅުން ވަރުގަދަ އެވެ. ޓީމުގައި އަށަގެންފައި އޮތީ އެއްބައިވަންތަކަމުގެ އާދަޔާހިލާފު ރޫހެކެވެ. މިއީ މިފަހަރުގެ ކައުންސިލް ކަޕަށް މާލިންސް ނުކުންނައިރު އެޓީމަށް އޮތް އެންމެ ބޮޑު އެއް އެޑްވާންޓޭޖެވެ.

https://www.instagram.com/marlins.sc_?rpxt=ZXV6emFzYjVsZnBh

މާލިންސް އަށް އަދި މި މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައި ނެތަސް އެޓީމުގެ އުންމީދުތައް މިފަހަރު ހުރީ އުހުގަ އެވެ. ސީދާ ފައިނަލަށް އެ ޓީމުގެ މިސްރާބު ހިފައިފައިވާއިރު އެ ހިސާބަށް ވާސިލްވުމަށްޓަކައި މާލިން އިން ލައްކަ މަސައްކަތް މިހާރު ވެސް ވަނީ ކޮށްފަ އެވެ.

ކޮންމެ ރެއަކު ޕްރެކްޓިސް ކުރަމުން އަންނަތާ މިހާރު މަހެއްހާ ދުވަސް މި ވަނީ. މުބާރާތަށް ތައްޔާރުވާން ޕްރެކްޓިސް މެޗުތަކެއްވެސް ކުޅެފިން. އޭގެ ފައިދާ ވެސް އެބަ ކުރޭ. އިރާދަކުރެއްވިއްޔާ އުންމީދަކީ މުބާރާތުގެ ފައިނަލްގައި ވާދަކުރުން. 

ޓީމުގެ ކަންކަމުގައި އިސް ދައުރެއް އަދާ ކުރަމުން އަންނަ އަދި ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ޓީމުގައި ހިމެނޭ އުމުރުން އެންމެ 20 އަހަރުގެ އިޝްކާން އަރްޖީލް "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުންޏެވެ.

މާލިންސްގައި ހަގީ ކުޅުންތެރިން އެކަންޏެއް ނޫނެވެ. ޓީމުގެ ކޯޗަކަށް ހުރީ ވިހި އަހަރު ފައްޔާހް ފަޔާޒެވެ. އޮފިޝަލުންގެ ގޮތުގައިވެސް ތިބީ ހަމަ އެ ފުރައިގެ ޒުވާނުންނެވެ.

މިފަހަރުގެ މުބާރާތަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެހެން ގިނަ ޓީމުތަކެކޭ އެއްގޮތަށް މާލިންސް އިން ވަނީ ރަށުން ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔަކު ހިމަނައިފަ އެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ހިމެނޭ ލ. އަތޮޅު ބުރުގެ ޗެމްޕިއަންކަން އިސްދޫއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަލީ މީސާގު އީސާގެ ނަން ޓީމުގައި ހިމަނައިފައިވާ އިރު, މީސާގު ވެގެންދާނީ މާލިންސް ލީޑް ކުރުމުގައި މިފަހަރު އެންމެ ބޮޑު ޒިންމާއެއް ނަގާނެ އެއް ކުޅުންތެރިޔާއަށް ކަމަށް ގަބޫލުކުރެވެ އެވެ.

https://www.fahuminet.com/tournaments/gaafaru-council-cup-2026

ވަރުގަދަ ޓާގެޓަކާ އެކު ގާފަރު ކައުންސިލް ކަޕްގެ އަށް ވަނަ މުބާރާތަށް މާލިންސް ނުކުންނަން ތައްޔާރުވަމުން އަންނަ އިރު އެ ޓީމުގެ ކުރިމަތިލާންޖެހިފައި އޮތީ އުނދަގޫ އިމްތިހާނަކާ އެވެ.

މުބާރާތުގެ ގުރު ނެގުން ބުރާސްފަތި ދުވަހުގެ ރޭ ބާއްވައިފައިވާ އިރު މާލިންސް ލައްވާލީ އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ފައިނަލްގައި ކުޅުނު އެކްސް ބޯއީޒް އާއި އޯކޭ ބޯއީޒްގެ އިތުރުން މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ސެމީ ފައިނަލްގައި ކުޅުނު ހަންޓާސްއާ އެއް ގްރޫޕެއްގަ އެވެ. ކަން އެހެން އޮތަސް ޓީމާ ދޭތެރޭ އިޝްކާން އަށް އޮތް ޔަގީންކަން ބޮޑެވެ.

އަޅުގަނޑުމެން މި ލައްވާލީ އެންމެ ވަރުގަދަ ގްރޫޕްގަ. ކުޅެންޖެހެނީ އެންމެ މޮޅު ކުޅުންތެރިންނާ ދެކޮޅަށް ކަން ވެސް އެނގޭ. އެކަމަކު ކުޑަކޮށްވެސް ހާހެއް ނުވޭ. ކުޅުންތެރިން ތިބީ ވަރަށް ފޯރީގަ. މިފަހަރު ސަޕްރައިޒިން ނަތީޖާތަކެއް ފެންނާނެ.

މުބާރާތުގައި މާލިންސް ކުޅޭ ފުރަތަމަ މެޗުގައި އާދިއްދަ ދުވަހުގެ ރޭ ނުކުންނާނީ ހަންޓާސް އެލީޓާ ދެކޮޅަށެވެ.        

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings