ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބިސް ބުރު ސްޕޯޓްސް ކްލަބް 0-3 އިން ބަލިކޮށް ވިކްޓްރީ ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.
ވިކްޓްރީ އެއް ވަނަ އަށް އެރީ ހަތަރު މެޗުން ހޯދި 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް 9 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 7 ޕޮއިންޓެވެ.
އީގަލްސް އާއި ނިއު އޮތީ ކުޅެފައިވަނީ ތިން މެޗެވެ. އީގަލްސް ހުކުރު ދުވަހު ނުކުންނާނީ ދިއްދޫއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން އީގަލްސް އަށް އަލުން އެއް ވަނަ ލިބޭނެ އެވެ. ނިއު ރޭޑިއަންޓް މާދަމާ ރޭ ނުކުންނާނީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ވިކްޓްރީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު 26 ވަނަ މިނެޓުގައި ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.
ފުރަތަމަ ހާފު އެއް ގޯލުގެ ލީޑެއްގައި އޮވެ ނިންމާލުމަށް ފަހު، ދެ ވަނަ ހާފު ފެށިތަނާ ވިކްޓްރީން އިތުރު ގޯލެއް ޖެހި އެވެ. މެޗުގެ 47 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު ކޮލްމަތޯވް އެވެ. ވިކްޓްރީގެ ތިން ވަަނަ ގޯލު 54 ވަނަ މިނެޓުގައި ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލްހާޖީ ގެރޯ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ބުރު ސްޕޯޓްސް ކްލަބުން ވަނީ ގައްދޫ ރެކްރިއޭޝަން ކްލަބް 0-2 އިން ބަލިކޮށްފަ އެވެ. މިއީ ބުރުން މި ސީޒަނުގެ ލީގުގައި ހޯދި ފުރަތަމަ މޮޅެވެ.
https://www.fahuminet.com/tournaments/dhivehi-premier-league-202627
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް އެވެ.