DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ފޭދޫ ކައުންސިލް ކަޕް: އެންމެ މޮޅު އެއް ކުޅުންތެރިޔާއާ އެކު އެޑީ ވެސް ތައްޔާރު
ފޭދޫ ކައުންސިލް ކަޕް: އެންމެ މޮޅު އެއް ކުޅުންތެރިޔާއާ އެކު އެޑީ ވެސް ތައްޔާރު
މިއަހަރު މާޅެންދޫގައި އޮތް ކައުންސިލް ކަޕްގައި އަލްސަން ކުޅެނީ. ފޭދޫ ކައުންސިލް ކަޕްގައި އަލްސަން ފެންނާނީ އެޑީ ސްޕޯޓްސް އިން. ފޮޓޯ: މާޅެންދޫ ކައުންސިލް

ފޭދޫ ކައުންސިލް ކަޕް: އެންމެ މޮޅު އެއް ކުޅުންތެރިޔާއާ އެކު އެޑީ ވެސް ތައްޔާރު

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން • 14 އޮކްޓޫބަރު 2026

ށ. ފޭދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ފަށަން ކުޑަތަން ވަމުން އަންނައިރު މިފަހަރުގެ މުބާރާތަކީ މިހާތަނަށް ފޭދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ވާދަވެރިކަން ބޮޑު މުބާރާތަށްވުމުގެ ނިޝާންތައް ވަނީ ފެންނަން ފަށައިފަ އެވެ.

މާދަމާ ފަށާ ކައުންސިލް ކަޕްގައި ޖުމްލަ ފަސް ޓީމަކުން ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު އެއިން ކޮންމެ ޓީމަކުން ވެސް މުބާރާތަށް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

މުބާރާތުގައި މިފަހަރު މުޅިން އަލަށް ބައިވެރިވާ އެޑީ ސްޕޯޓްސް ވެސް މިކަމުގައި ތަފާތެއް ނުވެ އެވެ. މިފަހަރުގެ މުބާރާތާ ދިމާކޮށް މުޅިން އަލަށް އުފެއްސި އެޑީ ސްޕޯޓްސްގެ އެއް އަމާޒަކަށް ހަދައިފައިވަނީ ފޭދޫއަށް އަންނަ އެންމެ ބޮޑު ފުޓްސަލް އީދުގައި ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު ފުޓްސަލް އަށް ލޯބިކުރާ ރަށުގެ ވީހާވެސް ގިނަ ޒުވާނުންނަށް ހޯދައިދިނުމެވެ.

މިއީ ކައުންސިލް ކަޕްގައި އެޑީ ސްޕޯޓްސްގެ ފުރަތަމަ ފެނިލުން ކަމަށް ވިޔަސް އެ ޓީމުގެ އުންމީދުތައް މައްޗެވެ. ތަޖުރިބާ ހޯދަން ކުރާ ދަތުރަކަށްވުރެ ބޮޑަށް އެ ޓީމުގެ މިސްރާބު ހުރީ ސީދާ ފައިނަލާ ދިމާލަށެވެ. މި އަމާޒު ޔަގީންކުރަން އެޑީ ސްޕޯޓްސްއިން ދައްކަމުން އަންނަނީ ހުސް ވާހަކައެއް ނޫނެވެ. އެ ޓީމުގައި ހިމަނައިފައިވާ ރަށުން ބޭރު ދެ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ އަލީ އަލްސަން ހިމެނުން އެއީ އޭގެ އެންމެ ވަރުގަދަ އެއް ހެއްކެވެ.

https://www.facebook.com/permalink.php?story_fbid=pfbid026UftPHJNUtTNniZV2s9sJ3Wg1Y1RdbenGe4EhdGfkbFmty2Cu37Vm3FVPTQ211KXl&id=61558953764791&__cft__[0]=AZgVJ8vCY43xrB2_REudeg62B3tEH-lJKQhSG9wFdxQd4fgSY9DphouDL3Ur6lK0GulUE86RxO1cd9oMjTTf8e38cRYsEZJ-WSSyykmlOEgYjb4lp4_FqpHLuY2ydr2_op4dljxD2_vJf73vEwty6_5vMdoQmELwOsqDyaVlE2kxlwufrdkxWPus8cneQzE&__tn__=%2CO%2CP-R

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުން ބޭއްވި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އަލްސަންގެ އިތުރުން އޭނާއާއެކު މަތިވެރި ފުޓްސަލް ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އަހްމަދު ފިރާޝް ވެސް އެޑީ ސްޕޯޓްސް ޓީމުގައި ވަނީ ހިމަނައިފަ އެވެ.

އަހަރެމެންގެ ޓާގެޓަކީ މުބާރާތުގެ ފައިނަލްގައި ކުޅުން. އެނގޭ ފަސޭހަ ނުވާނެކަން އެކަމަކު އަލްސަން މެން ފަދަ ކުޅުންތެރިން މި ޓީމުގައި ހިމެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. 

އެޑީ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ މުހައްމަދު އަރުޝަދު "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.

އަރުޝަދު ފާހަގަކުރި ގޮތުގައި ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި މޮޅުންތެރިން ޓީމުގައި ހިމެނޭއިރު ރަށުގައި ތިބި ޒުވާން ހުނަރުވެރި ކުޅުންތެރިން ޓީމުގައި ހިމެނިފައިވުމަކީ އެޑީ ސްޕޯޓްސްއަށް ލިބޭ ހިތްހަމަޖެހުމެކެވެ. 

އެޑީ ސްޕޯޓްސް ކްލަބްގެ ވައިސް ކެޕްޓަނެއްގެ ޒިންމާއާ ވެސް ހަވާލުވެ ހުރި އަރުޝަދު ބުނި ގޮތުގައި މިފަހަރުގެ މުބާރާތް އެހެން ހުރިހާ ފަހަރަކަށްވުރެ ވާދަވެެރިވާނެ ކަމަށް ބެލެވޭ ކަމަށާއި، ހުރިހާ ޓީމަކުން ވެސް ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ބައެއް ފުޓްސަލް ތަރިން ހިމަނައިފައިވާ ކަމަށެވެ.

https://fahuminet.com/tournaments/sh-feydhoo-council-cup-2026

އެޑީ ސްޕޯޓްސްއިން ފޭދޫ ކައުންސިލް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުކުންނާނީ އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ވެސް ޗެމްޕިއަން އެންބްލެކް އެފްސީއާ ދެކޮޅަށެވެ.

"ޗެމްޕިއަނާ ދެކޮޅަށް ފުރަތަމަ މެޗުގައި ނުކުންނަން ޖެހުނަސް މާދަމާ ރޭ ރަގަޅު ފައިޓެއް ދޭން މި ތިބީ ތައްޔާރަށް." އެޑީ ސްޕޯޓްސްގެ އަރުޝަދު ބުންޏެވެ.

 

 

ކޮމެންޓްސް

Matches
1
Ongoing
3
Upcoming
Predict
Settings