DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ތަރުހީބަށް ބަދަލެއް ނާންނަ ފޭދޫ ކައުންސިލް ކަޕް ބުރާސްފަތި ދުވަހު ފަށަނީ
ތަރުހީބަށް ބަދަލެއް ނާންނަ ފޭދޫ ކައުންސިލް ކަޕް ބުރާސްފަތި ދުވަހު ފަށަނީ
ފޭދޫ ކައުންސި؛ް ކަޕް 2025 ގެ ޗެމްޕިއަންކަން ހޯދި އެން ބްލެކް އެފްސީ ތަށްޓާއެކު އުފާ ފާޅުކުރަނީ - ފޮޓޯ؛ ށ. ފޭދޫ ކައުންސިލް އިދާރާ

ތަރުހީބަށް ބަދަލެއް ނާންނަ ފޭދޫ ކައުންސިލް ކަޕް ބުރާސްފަތި ދުވަހު ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން • 9 އޮކްޓޫބަރު 2026

ށ. ފޭދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް އަންނަ ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

ހަމައެކަނި ފޭދޫގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ވާދަކުރާނީ ފަސް ޓީމަކުންނެވެ.  މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ވެސް ޗެމްޕިއަން އެންބްލެކް އެފްސީ އާއި 2023 ވަނަ އަހަރު ބޭއްވި މުބާރާތުގެ ތަށި އުފުލާލި ޑާކް ވުޑް ސްޕޯޓްސް ކްލަބާއި، ހަމަ އެ ކުޑައިގެ ދަށުން ނުކުންނަ ކްލަބް ޑާކް ވުޑްގެ އިތުރުން  ބަފާނާ ސްޕޯޓްސް ކްލަބާއި އަދި މި މުބާރާތުގައި މިފަހަރު މުޅިން އަލަށް ބައިވެރިވާ އެޑީ ސްޕޯޓްސް ކްލަބެވެ.

ފޭދޫ ކައުންސިލް އިދާރާއިން ފޭދޫ ކައުންސިލް ކަޕްގެ ނަމުގައި ބާއްވާ ފަސްވަނަ ފުޓްސަލް މުބާރާތުގެ މެޗުތައް ކުރިއަށްގެންދަން ރާވާފައިވަނީ ލީގު އުސޫލުން ބުރެއް ކުޅުމަށްފަހު އެއްވަނައަށް އަންނަ ޓީމަށް ފައިނަލްގެ ސީދާ ޖާގައެއް ކަށަވަރުވާ ގޮތަށެވެ. ފައިނަލްގައި ކުޅޭ ދެވަނަ ޓީމު ކަނޑައަޅާނީ ލީގު ބުރުން ދެ ވަނަ އަދި ތިން ވަނައަށް އަންނަ ޓީމު ވާދަކުރާ ސެމީ ފައިނަލްގެ މެޗަށް ފަހު އެވެ.

ޗެމްޕިއަން ޓީމަށް  25,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގެ ލީގު ބުރުގައި ކޮންމެ ދުވަހަކު ދެ މެޗު ކުޅޭ ގޮތަށް ތާވަލްކޮށްފައިވާއިރު މުބާރާތުގައި ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. 

އާބާދީގައި  1300 އަށްވުރެ ގިނަ މީހުން ތިބި ފޭދޫގައި ފަށަން ތައްޔާރުވެފައި އޮތް ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ ގުރު ނެގުން މިރެއަށް ތާވަލްކޮށްފައިވާއިރު މި މުބާރާތުގެ ހުރިހާ މެޗެއްގެ ލައިވް ސްކޯ އާއި މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓްސް

Matches
2
Ongoing
3
Upcoming
Predict
Settings