DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ހަންޓާސް އިން އެއް ވަނަ ޝިކާރަކުރި އިރު، ހަތަރު ޓީމެއްގެ ޒަމާން ހިނގައްޖެ
ހަންޓާސް އިން އެއް ވަނަ ޝިކާރަކުރި އިރު، ހަތަރު ޓީމެއްގެ ޒަމާން ހިނގައްޖެ
ހަންޓާސް އިން ހަންޓާސް އެލީޓް ބަލިކުރި މެޗުގެ ތެރެއިން. ހަންޓާސް ހިމެނޭ ގްރޫޕް އޭގައި އޮތީ ބޮޑު ވާދަވެރިކަމެއް. ފޮޓޯ: ގާފަރު ކައުންސިލް

ހަންޓާސް އިން އެއް ވަނަ ޝިކާރަކުރި އިރު، ހަތަރު ޓީމެއްގެ ޒަމާން ހިނގައްޖެ

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން • 28 އޮކްޓޫބަރު 2026

ގާފަރުގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގެ ރޭ ކުޅުނު މެޗުތަކަށް ގްރޫޕް އޭގެ އެއް ވަނަ އަށް ހަންޓާސް އަރައި، ނަތީޖާތައް ނުކުތް ގޮތުން ހަތަރު ޓީމެއް މުބާރާތުން ކަޓައިފި އެވެ. 

ގާފަރު ކައުންސިލް ކަޕްގައި 9 ޓީމު ވާދަކުރާއިރު ސެމީގެ ޖާގަ ތަނަވަސްވެފައި މިހާރު އޮތީ ފަސް ޓީމަށެވެ. 

ރޭގެ ފުރަތަމަ މެޗުގައި މާލިންސް ސްޕޯޓްސް ކްލަބާ ވާދަކޮށް ޗެމްޕިއަން އެކްސް ބޯއީޒް ވަނީ 4-2 އިން މޮޅުވެފަ އެވެ. މިއީ ގާފަރުގެ އެންމެ ކާމިޔާބު ފުޓްސަލް ޓީމަށް މިފަހަރު ލިބުނު ފުރަތަމަ މޮޅެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އެޓީމު ވަނީ އޯކޭ ބޯއީޒް އަތުން ބަލިވެފަ އެވެ. 

ރޭގެ މެޗުގައި އެކްސް ބޯއީޒް އަށް ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ މާއިސް (މައްޓު) އާއި އަހުމަދު އަފްލާޒްގެ އިތުރުން ހަސަން ސާއިދު އަދި ޝާފީ އުމަރެވެ. މާލިންސް ސްޕޯޓްސްގެ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ އެކްސް ބޯއީޒްގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖެހީ އާރިޒް އަބްދުއްލަތީފެވެ. 

އެކްސް ބޯއީޒްގެ އަފްލާޒް ބޯޅަ ހިފައިގެން ދަނީ. އެޓީމު ވަނީ ފުރަތަމަ މޮޅު ހޯދާފަ. ފޮޓޯ: ގާފަރު ކައުންސިލް
އެކްސް ބޯއީޒްގެ އަފްލާޒް ބޯޅަ ހިފައިގެން ދަނީ. އެޓީމު ވަނީ ފުރަތަމަ މޮޅު ހޯދާފަ. ފޮޓޯ: ގާފަރު ކައުންސިލް

ރޭގެ ދެ ވަނަ މެޗުގައި އޯކޭ ޔުނައިޓެޑް ވަނީ އޯކޭ ލެޖެންޑްސް 2-4 އިން ބަލިކޮށްފަ އެވެ. މި މެޗުގައި އޯކޭ ޔުނައިޓެޑްގެ މުހައްމަދު ނާއިފް ދެ ގޯލު ޖެހިއިރު އަނެއް ދެ ގޯލު ޖެހީ މުހައްމަދު އަބްދުﷲ އާއި ގައިސާން އަބޫބަކުރު މާހިރު އެވެ. އޯކޭ ލެޖެންޑްސްގެ ދެ ގޯލު ޖެހީ އަހުމަދު ސާޖިދު އާއި ރެޒްމީން ނައީމް އެވެ. 

ރޭގެ ފަހު މެޗުގައި ހަންޓާސް އިން ވަނީ ހަންޓާސް އެލީޓް 2-6 އިން ބަލިކޮށްފަ އެވެ. އެއް ކުޑައެއްގެ ދަށުން މުބާރާތުގައި ވާދަކުރަމުން އަންނަ ދެޓީމުގެ ކުރިމަތިލުމުގައި ހަންޓާސްގެ އަޒްޔާން އިބްރާހީމް ހެޓްރިކް ހެދި އެވެ. އަނެއް ތިން ގޯލު ޖެހީ އަހުމަދު އަޝްފާގާއި މުހައްމަދު އަތީދުގެ އިތުރުން އަހުމަދު އައިހަމް އެވެ. ހަންޓާސް އެލީޓުގެ ދެ ގޯލު ޖެހީ ވިޝާހު އަބްދުލްމަޖީދު އާއި ޔާނިޝް ސަމީރު އެވެ. 

ރޭގެ މެޗުތަކަށް ފަހު މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ބަންދުވީ ގްރޫޕް އޭ އިން ހަންޓާސް އެލީޓަށާއި މާލިންސް ސްޕޯޓްސް ކްލަބުގެ އިތުރުން ގްރޫޕް ބީގެ ޖުމެއިރާ އަދި އޯކޭ ލެޖެންޑްސް އަށެވެ. 

އޯކޭ ޔުނައިޓެޑާއި އޯކޭ ލެޖެންޑްސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ގާފަރު ކައުންސިލް
އޯކޭ ޔުނައިޓެޑާއި އޯކޭ ލެޖެންޑްސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ގާފަރު ކައުންސިލް

ސެމީގެ ޖާގައެއް ހޯދަން އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ގްރޫޕް އޭގަ އެވެ. މި ގްރޫޕުގެ އެއް ވަނައިގައި އޮތް ހަންޓާސް އާއި ދެ ވަނައިގައި އޮތް އޯކޭ ބޯއީޒް އަށް ވަނީ 7 ޕޮއިންޓް ލިބިފަ އެވެ. ހަންޓާސް އެއް ވަނައިގައި އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ.

ގްރޫޕް އޭގެ ތިން ވަނައިގައި އޮތީ މަޝްހޫރު އެކްސް ބޯއީޒް އެވެ. އެޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ބާކީ ދެ މެޗު އެބައޮތެވެ. އެއީ ހަންޓާސް އެލީޓާއި ވާދަކުރާ މެޗުގެ އިތުރުން ހަންޓާސްއާ ދެކޮޅަށް ނުކުންނަ މެޗެވެ. މި ދެމެޗުގެ ނަތީޖާއިން މި ގްރޫޕުގެ ސެމީ ފައިނަލް ކަށަވަރުވެގެންދާނެ އެވެ. 

https://www.fahuminet.com/tournaments/gaafaru-council-cup-2026

ރޭގެ މެޗުތަކަށް ފަހު ގްރޫޕް ބީގެ ސެމީގެ ޖާގަތައް ވަނީ ކަށަވަރުވެފަ އެވެ. ބާކީ މެޗެއް އޮއްވައި މި ގްރޫޕުން ސެމީ އަށް ދިޔައީ 6 ޕޮއިންޓް ހޯދާފައިވާ ދެ ޓީމު ކަމަށްވާ އޯކޭ ޔުނައިޓެޑާއި ޕެންތާސް އެވެ. 

ގާފަރު ކައުންސިލް ކަޕްގައި މިރޭ ވެސް ތިން މެޗު ކުޅޭނެ އެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު މާދަމާ ރޭ ކުޅޭނެ އެވެ. 

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Predict
Settings