ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޒޯން ބުރުތައް ނުފަށާ އޮތް ތިން ޒޯނުގައި މިއަދު މުބާރާތުގެ ކުޅުން ފަށާނެ އެވެ.
މިގޮތުން މިއަދު ކުޅުން ފަށާނީ ސެންޓްރަލް ޒޯން ދެއަކާއި ސައުތު ޒޯން އެކެއްގެ އިތުރުން ސައުތު ޒޯން ދޭއްގަ އެވެ.
ސެންޓްރަލް ޒޯން ދޭއްގެ ގްރޫޕް އޭގައި ހިމެނެނީ ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ދ. މާއެނބޫދޫ އެވެ. މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ ވ. ކެޔޮދޫ އާއި ފ. ދަރަނބޫދޫގެ އިތުރުން މ. ދިއްގަރެވެ. މި ޒޯނުގެ މެޗުތައް ކުޑަހުވަދޫގައި ކުރިއަށްދާއިރު މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުޑަހުވަދޫ އާއި ނިލަންދޫ އެވެ. އޭގެފަހުން ކުޅޭ މެޗުގައި ދިއްގަރު ނުކުންނާނީ ދަރަނބޫދޫއާ ދެކޮޅަށެވެ.
https://www.fahuminet.com/tournaments/fam-futsal-central-zone-2
ސައުތު ޒޯން އެކެއްގެ މެޗުތައް ކުޅޭނީ ފުޓްސަލްގެ މަޝްހޫރު ތ. ތިމަރަފުށީގަ އެވެ. ތިމަރަފުށީގެ އިތުރުން މި ޒޯނުގެ ގްރޫޕް އޭގައި ހިމެނެނީ ގއ. ދެއްވަދޫ އާއި ގއ. ވިލިނގިއްޔެވެ. ސައުތު ޒޯން އެކެއްގެ ގްރޫޕް ބީގައި ހިމެނެނީ ލ. ގަމާއި ލ. އިސްދޫގެ އިތުރުން ތ. ވޭމަންޑޫ އެވެ. މި ގްރޫޕުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ތިމަރަފުށި ނުކުންނާނީ ދެއްވަދޫއާ ދެކޮޅަށެވެ. މިރޭ ފަހުން ކުޅޭ މެޗުގައި އިސްދޫ އާއި ވޭމަންޑޫ ވާދަކުރާނެ އެވެ.
https://www.fahuminet.com/tournaments/fam-futsal-south-zone-1
ސައުތު ޒޯން ދޭއްގެ މެޗުތައް ކުޅޭނީ ފުވައްމުލަކުގަ އެވެ. މި ޒޯނުގައި ވާދަކުރާ ތިން ޓީމެވެ. އެއީ ފުވައްމުލައް ސިޓީ އާއި ގދ. ފަރެސްމާތޮޑާގެ އިތުރުން ގދ. ވާދޫ އެވެ. މިރޭ ކުޅޭ މެޗުގައި ވާދޫ ނުކުންނާނީ ފަރެސްމާތޮޑާއާ ދެކޮޅަށެވެ.
https://www.fahuminet.com/tournaments/fam-futsal-south-zone-2
މިއިން ކޮންމެ ޒޯނަކުން ވެސް ފައިނަލަށް ހޮވޭ ދެ ޓީމު ޒޯން ބުރަށް ހޮވޭނެ އެވެ. އަދި ކޮންމެ ޒޯނެއްގެ ޗެމްޕިއަން ޓީމް ރީޖަން ލީގަށް ކޮލިފައިވާނެ އެވެ.
މި ތިން ޒޯނުގެ އިތުރުން، ސެންޓްރަލް ޒޯން އެކެއްގެ މެޗުތައް ވެސް މިދުވަސްވަރު ކުރިއަށްދެ އެވެ. މި ޒޯނުގެ މެޗުތައް ވެސް މިއަދު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.