ފުރަތަމަ ސަފްޙާ / ޚަބަރު / ދަނގެތިން ސެމީގެ ފަހު ޖާގަ ކަށަވަރުކުރި އިރު ވާދޫ ފައިނަލަށް
ދަނގެތިން ސެމީގެ ފަހު ޖާގަ ކަށަވަރުކުރި އިރު ވާދޫ ފައިނަލަށް
ރޭ ދަނގެއްޗާއި މަންދޫ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ދަނގެތިން ސެމީގެ ފަހު ޖާގަ ކަށަވަރުކުރި އިރު ވާދޫ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
14 ގަޑިއިރު ކުރިން • 20 ނޮވެމްބަރު 2026

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މިހާރު ކުރިއަށްގެންދާ ޒޯން ފުޓްސަލް މުބާރާތްތަކުގެ ތެރެއިން ސެންޓްރަލް ޒޯން އެކެއްގެ ސެމީ ފައިނަލްގެ ފަހު ޖާގަ އދ. ދަނގެތިން ކަށަވަރުކުރި އިރު ސައުތު ޒޯން 2 ގެ ފައިނަލުން ގދ. ވާދޫ ޖާގަ ހޯދައިފި އެވެ.

ޖުމްލަ ހަ ރަށަކުން ވާދަކުރާ ސެންޓްރަލް ޒޯން 1 ގެ ސެމީ ފައިނަލްގެ ފަހު ޖާގަ ދަނގެތިން ކަށަވަރުކުރީ ރޭ ހިންމަފުށީގައި ކުޅުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އދ. އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ހޯދި މަންދޫ އާ ވާދަކޮށް 0-2 އިން މޮޅުވެގެންނެވެ.

ސެންޓްރަލް ޒޯން 1 ގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރި އަނެއް ތިން ޓީމަކީ ކ. އަތޮޅުގެ ޗެމްޕިއަން ގާފަރާއި، އއ. އަތޮޅުގެ ޗެމްޕިއަން މަތިވެރީގެ އިތުރުން އެ އަތޮޅު މުބާރާތުގެ ރަނަރަޕް މަގާމު ލިބުނު ބޮޑުފޮޅުދޫ އެވެ. މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މާދަމާ ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު މާދަމާ ހަވީރު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މަތިވެރި އާއި ދަނގެއްޗެވެ. މާދާމާރޭ ކުޅޭ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ގާފަރާއި ބޮޑުފޮޅުދޫ އެވެ.

ވާދޫ އާއި ފުވައްމުލައް އެއްވަރުވި މެޗުގެ ތެރެއިން. ވާދޫ ވަނީ ފައިނަލް ކަށަވަރުކޮށްފަ. ފޮޓޯ: ކްލަބް މޯލްޑިވްސް
ވާދޫ އާއި ފުވައްމުލައް އެއްވަރުވި މެޗުގެ ތެރެއިން. ވާދޫ ވަނީ ފައިނަލް ކަށަވަރުކޮށްފަ. ފޮޓޯ: ކްލަބް މޯލްޑިވްސް

ތިން ޓީމު ވާދަކުރަމުން އަންނަ ސައުތު ޒޯން 2 ގެ ފައިނަލުން ވާދޫ ޖާގަ ހޯދީ ރޭ ކުޅުނު މެޗުގައި ފުވައްމުލަކާ ވާދަކޮށް 1-1 އިން މެޗު އެއްވަރުކޮށްގެންނެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދޫ އިން ފަރެސްމާތޮޑާގެ މައްޗަށް 0-6 އިން ވަނީ ކުރި ހޯދައިފަ އެވެ. މުބާރާތުގެ ފައިނަލްގައި ކުޅޭ ދެވަނަ ޓީމު ކަށަވަރު ވާނީ މާދަމާ ރޭ ފުވައްމުލަކާއި ފަރެސްމާތޮޑާ ބައްދަލުކުރާ މެޗު ނިމުމުންނެވެ. ފަރެސްމާތޮޑާ އަށް އެ މެޗު ކާމިޔާބު ނުކުރެވިއްޖެ ނަމަ ފައިނަލްގެ ޖާގަ ލިބޭނީ ފުވައްމުލަލަށެވެ.

ވ، މ، ފ އަދި ދ އަތޮޅު ހިމެނޭ ގޮތަށް ކުރިއަށްދާ ސެންޓްރަލް ޒޯން 2 މުބާރާތުގެ ހަތަރު މެޗެއް މިހާތަނަށް ކުޅެފައިވާއިރު ގްރޫޕް ބީގައި ހިމެނުނު ދިއްގަރުން މުބާރާތުގައި ކުޅެން ހަމަޖެހިފައި އޮތް ދެ މެޗަށް ވެސް ހާޒިރުނުވުމާއެކު އެ ގްރޫޕްގައި ހިމެނޭ ވ. ކެޔޮދޫ އާއި ފ. ދަރަނބޫދޫ އަށް ވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވެފަ އެވެ.

ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި މާއެނބޫދޫ އާއި ކުޑަހުވަދޫ ކުޅުނު މެޗު 3-3 އިން އެއްވަރުވުމާއެކު އެ ގްރޫޕުން ސެމީ ފައިނަލްގެ ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ކުޑަހުވަދޫ ވަނީ ވެފަ އެވެ. ގްރޫޕް އޭ އިން ސެމީގެ ޖާގަ ލިބޭ ޓީމެއް ކަށަވަރު ވާނީ މާދަމާ ރޭ ފ. އަތޮޅުގެ ޗެމްޕިއަން ނިލަންދޫ އާއި ދ. އަތޮޅުގެ ޗެމްޕިއަން މާއެނބޫދޫ ވާދަކުރާ މެޗު ނިމުމުންނެވެ.

https://fahuminet.com/tournaments/fam-futsal-central-zone-1

ތ. ތިމަރަފުށި ގައި ކުރިއަށްދާ ސައުތު ޒޯން 1 މުބާރާތުގައި ރޭ ދެ މެޗު ކުޅެފައިވާއިރު ގއ. ވިލިނގިލީގެ މައްޗަށް 1-5 އިން ކުރި ހޯދައިގެން ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ތިމަރަފުށި ވަނީ ހޯދައިފަ އެވެ.

https://fahuminet.com/tournaments/fam-futsal-south-zone-2

މި މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ލ. އިސްދޫއިން އެ އަތޮޅު ގަމުގެ މައްޗަށް 1-4 އިން ކުރި ހޯދައި އިސްދޫއިން ވަނީ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. މި ގްރޫޕްގެ ފަހު މެޗުގައި ވޭމަންޑޫ އާއި ގަން ބައްދަލުކުރާއިރު ސެމީގެ ޖާގަ ގަމަށް ލިބެން އޮތް ހަމައެކަނި ގޮތަކީ ދެ ލަނޑުގެ ތަފާތަކުން ވޭމަންޑޫ ބަލިކުރުމެވެ.

ކޮމެންޓްސް

Matches
8
Ongoing
Upcoming
Predict
Settings