DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ތުލުސްދޫ ކައުންސިލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފޯރި ގަދަވަނީ، މިރޭވެސް ވަރުގަދަ މެޗުތަކެެއް!
ތުލުސްދޫ ކައުންސިލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފޯރި ގަދަވަނީ، މިރޭވެސް ވަރުގަދަ މެޗުތަކެެއް!
ޕިޓީ ފިއު ފިއު އާއި ބްލެކް އީގަލްސް ވާދަކުރި މެޗުގެ ތެރެއިން. ފިރިހެން ޑިވިޝަނުގައި 8 ޓީމު އަދި އަންހެން ޑިވިޝަނުގައި 3 ޓީމު ބައިވެރިވި. ފޮޓޯ: ތުލުސްދޫ ކައުންސިލް

ތުލުސްދޫ ކައުންސިލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފޯރި ގަދަވަނީ، މިރޭވެސް ވަރުގަދަ މެޗުތަކެެއް!

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން • 11 ނޮވެމްބަރު 2026

ކ. ތުލުސްދޫ ކައުންސިލުން އިންތިޒާމުކޮށްގެން، ތުލުސްދޫ ކައުންސިލް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ނަމުގައި އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތެއް ފޯރީގައި ކުރިއަށްއެބަ ދެއެވެ. 

ނޮވެމްބަރު 8 ވަނަ ދުވަހު ފެށި ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި 8 ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ. 

ގްރޫޕް އޭގައި ހިމެނޭ ހަތަރު ޓީމު ވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު އެއް ވަނައިގައި 6 ޕޮއިންޓާ އެކު އޮތީ ޕިޓީ ފިއު ފިއު އެވެ. ދެ ވަނައިގައި 3 ޕޮއިންޓާ އެކު އޮތީ ބްލެކް އީގަލްސް އެވެ. ތިން ވަނައިގައި އޮތް ޔުނައިޓެޑް އީގަލްސް އާއި ފުލުގައި އޮތް ވޭލިއަންޓް ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ ޕޮއިންޓެކެވެ. 

މުބާރާތުގައި ރޭ ވަނީ ގްރޫޕް އޭގެ ދެ މެޗު ކުޅެފަ އެވެ. މިގޮތުން ޔުނައިޓެޑް އީގަލްސް އާއި ވޭލިއަންޓް ސްޕޯޓްސް ކްލަބް ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވޭލިއަންޓްގެ އިސްމާއީލް އާއިޝް އާދަމް އެވެ. 

މި ގްރޫޕުގެ އަނެއް މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު ބްލެކް އީގަލްސް އަތުން ޕިޓީ ފިއު ފިއު ވަނީ 3-4 އިން މޮޅުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕިޓީ ފިއު ފިއުގެ މުހައްމަދު ނާއިފް ތޮލާލް އެވެ. 

ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭގެ ކޮންމެ ޓީމަކުން މިހާތަނަށް ވަނީ އެއް މެޗު ކުޅެފަ އެވެ. މި ގްރޫޕުގެ ފުރަތަމަ މެޗުތަކުން މޮޅުވީ އެޕޮކަލިޕްސް ލެޖެންޑްސް އާއި އެމްޕަޔާ ސްޕޯޓްސް ކްލަބެވެ. ފުރަތަމަ މެޗުގައި އެޕޮކަލިޕްސް ލެޖެންޑްސް ވަނީ މި ގްރޫޕުގެ ތުލުސްދޫ ވެޓަރަންސްއާ ވާދަކޮށް 1-9 ގެ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި އެމްޕަޔާ ސްޕޯޓްސް ކްލަބް ވަނީ 0-3 އިން ޕަވާ ހައުސް ޓީމު ބަލިކޮށްފަ އެވެ. 

ފިރިހެން ޑިވިޝަނުގެ ގްރޫޕް ބީގެ ދެ ވަނަ މެޗުތައް މިރޭ ކުޅޭނެ އެވެ. މިރޭ 21:15 ގައި ވާދަކުރާނީ ތުލުސްދޫ ވެޓަރަންސް އާއި އެމްޕަޔާ ސްޕޯޓްސް ކްލަބެވެ. އޭގެފަހުން 22:15 ގައި ކުޅޭ މެޗުގައި ވާދަކުރާނީ ޕަވާ ހައުސް އާއި އެޕޮކަލިޕްސް ލެޖެންޑްސް އެވެ. 

އަންހެން ޑިވިޝަނުގައި ޓީމް ކޭއޭއީސީ އާއި ރޯޔަލް ސްޓްރައިކާސް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ތުލުސްދޫ ކައުންސިލް
އަންހެން ޑިވިޝަނުގައި ޓީމް ކޭއޭއީސީ އާއި ރޯޔަލް ސްޓްރައިކާސް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ތުލުސްދޫ ކައުންސިލް

ތުލުސްދޫ ކައުންސިލް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ތިން ޓީމު ވާދަކުރެ އެވެ. އެއީ ރޯޔަލް ސްޓްރައިކާސް އާއި ކުއީން ބީސްގެ އިތުރުން ޓީމް ކޭއޭއީސީ އެވެ. 

އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ރޯޔަލް ސްޓްރައިކާސް ވަނީ ޓީމް ކޭއޭއީސީ 2-5 އިން ބަލިކޮށްފަ އެވެ. އަންހެން ޑިވިޝަނުގެ މެޗެއް މިރޭ 20:15 ގައި ކުޅޭނެ އެވެ. މި މެޗުގައި ބައްދަލުކުރާނީ ކުއީން ބީސް އާއި ރޯޔަލް ސްޓްރައިކާސް އެވެ. 

ކޮމެންޓްސް

Matches
2
Ongoing
Upcoming
Predict
Settings