DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ: ހިތްދަތި މާޒީ ހަނދާން ނައްތާލަން ކަތިރިއަންސް ވަރުގަދަ އަޒުމެއްގައި
ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ: ހިތްދަތި މާޒީ ހަނދާން ނައްތާލަން ކަތިރިއަންސް ވަރުގަދަ އަޒުމެއްގައި
މިއަހަރު ބޭއްވި ތުރީ އޮން ތުރީ ކަޕްގެ ޗެމްޕިއަންކަން ހޯދި ކަތިރިއަންސް ޓީމު. ފޮޓޯ: ކަތިރިޔަންސް

ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ: ހިތްދަތި މާޒީ ހަނދާން ނައްތާލަން ކަތިރިއަންސް ވަރުގަދަ އަޒުމެއްގައި

ފަހުމިނެޓް
ފަހުމިނެޓް
22 ގަޑިއިރު ކުރިން • 1 ނޮވެމްބަރު 2026

ށ. ނޫމަރާ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތް މާދަމާ ފަށަން ތައްޔާރުވެފައިވާ އިރު މި މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި އެންމެ ގިނަ ބަޔަކު ހިމަނާނެ އެއް ޓީމަކަށް ކަތިރިއަންސް ވާނެކަން ޔަގީނެވެ.

މީގެ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ކުރިން އެއް އާއިލާއެއްގެ ތެރެއިން އުފަންވި ކަތިރިއަންސް އަކީ ގާތްގަނޑަކަށް ފަސްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް ނޫމަރާގައި އެންމެ ހިނގާ އެއް ނަމެވެ. އަދި ވަކިން ހާއްސަކޮށް އެ ރަށުގައި ކުރިއަށްގެންދާ ކުޅިވަރު ހަރަކާތްތަކުގައި ކަތިރިޔަންސްގެ އަޑު އަދި މާ ގަދަހެން ހީވެ އެވެ.

ނޫމަރާ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލްގައި މިހާތަނަށް ދެ ފަހަރު ވާދަކޮށް އެ ދެފަހަރުވެސް މުބާރާތުގެ ތަށި އުފުލާލުމުގެ ނަސީބު ލިބިފައި ނުވާއިރު ކަތިރިއަންސްގެ މިފަހަރުގެ އަމާޒަކީ ފުރަތަމަ ފަހަރަށް ކައުންސިލް މުބާރާތުގެ ތަށި ހޯދުމެވެ.

އެ އަމާޒަށް ވާސިލްވުމަށްޓަކައި ކަތިރިއަންސް އިން ވަނީ އެހެން އަހަރުތަކަށް ވުރެ މިއަހަރުގެ މުބާރާތަށް ނެރޭ ޓީމު ވަރުގަދަކޮށްފަ އެވެ. ރަށުން ފާހަގަކޮށްލެވޭ އެންމެ ރަނގަޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބައެއް ކުޅުންތެރިންގެ އިތުރުން ށ. އަތޮޅުން ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންވެސް އެ ޓީމަށް ގެނެސްފައިވާ ކަމަށް ޓީމުގެ މެނޭޖްމަންޓުން މައުލޫމާތު ދެ އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކު ގެންނަން މިފަހަރު މަސައްކަތެއް ނުކުރަން. އެކަމަކު މި އަތޮޅުގައި ތިބި ވަރަށް ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން މި ޓީމުން މިފަހަރު ފެންނާނެ. ހަމަގައިމުވެސް އެހެން އަހަރުތަކަށްވުރެ މިފަހަރުގެ ޓީމު ވަރުގަދަ ވާނެ. 

ނޫމަރާ ކައުންސިލް ކަޕް ފުޓްސަލް މުބާރާތަށް ކަތިރިއަންސް އިން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން "ފަހުމިނެޓް" އަށް މައުލޫމާތުދެމުން އެ ޓީމުގެ މެނޭޖަރު މުއާޒް ސޯލިހް (މުއާ) ބުނެފައިވެ އެވެ.

ނޫމަރާގައި ގިނަ ކުޅިވަރު މުބާރާތްތަކެއް އިންތިޒާމުކޮށްގެން މިހާތަނަށް ކުރިއަށްގެންގޮސްފައިވާ ކަތިރިއަންސް އިން ވަނީ މިފަހަރުގެ މުބާރާތަށް އެ ޓީމުގެ ހިޔާވަހިކަމުގެ ދަށުން އިތުރު ޓީމެއްވެސް ނެރެފަ އެވެ. ކަތިރިއަންސް ޖޫނިއާސްގެ ނަމުގައި ނެރުނު މި ޓީމު މުބާރާތުގައި ބައިވެރިކޮށްފައިވަނީ މުއާ ބުނި ގޮތުގައި ކުޅެން ބޭނުންވާ ވީހާ ވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބޭނުމުގަ އެވެ.

https://www.facebook.com/permalink.php?story_fbid=pfbid0CM6B4dRMxJuWwrKbNZbqLi7mMQM2vZm9qWhCkkJi8RELuygzprXwVmXP33DdHA2Pl&id=100071458525714&__cft__[0]=AZh6M_N47XN4quOmT9z7PpWZWTBMxmXFbY1qFoZUi3AYGR2VRGwZmE7dHtmaMOrS2iGJTSwwTzEIp1FhyqVI217U2sU2mLoJlh4Ftk1jGbhR5fYl_QpVD2eToKwLpNmyRnqVowluxvEzAwz6e4Yu4b1WwRBmKsOvDQjepvrGNZj96qgdf5SJFNPlK3g&__tn__=%2CO%2CP-R

"އެއް ޓީމު ނެގިއިރު ފެމިލީގައި ވެސް އެބަތިބި ކުޅެން ބޭނުންވާ ވަރަށް ގިނަ ކުދިން ޓީމުން ޖާގަ ނުލިބޭ. އެހެންވެގެން އަޅުގަނޑުމެން ނިންމީ އިތުރު ޓީމެއް ބައިވެރިކުރަން. ޒުވާން ކުޅުންތެރިންނަށް މިކަހަލަ މުބާރާތްތަކުން ފުރުސަތު ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެކެނީ." މުއާ ބުންޏެވެ.

މުއާ ފާހަގަކުރި ގޮތުގައި މިފަހަރުގެ މުބާރާތަށް ކަތިރިއަންސް ވަރުގަދަކުރި ގޮތަށް މުބާރާތުގައި ދެން ބައިވެރިވި އެހެން ޓީމުތަކުންވެސް މުބާރާތަށް ސްކޮޑް ވަރުގަދަކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މިފަހަރުގެ މުބާރާތުގެ ތަށި ހޯދަން އެ ޓީމަށް ކުރަންޖެހޭ މަސައްކަތް ފަސޭހައެއް ނުވާނެ އެވެ.

"ހުރިހާ ޓީމަކުން ވެސް ރަށުން ބޭރުން ވަރަށް ރަނގަޅު ކުޅުންތެރިން ގެނެސްފަ ވަނީ. އަދި މި މުބާރާތަށް އެ ޓީމުތަކުންވެސް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަނީ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މި މުބާރާތް ވާނީ މިފަހަކަށް އައިސް މިރަށުގަ ކުޅޭ އެންމެ ވާދަވެރިކަން ބޮޑު މުބާރާތަށް." މުއާ ބުންޏެވެ.

ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާ ނޫމަރާ ކައުންސިލް ފުޓްސަލް މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ވާދަކުރާ ގޮތަށް ހަމަޖެހިފައިވާ އިރު  މުބާރާތުގައި ކަތިރިއަންސް ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެ ރޭ ނުކުންނާނީ ފެލްކަން ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.   

ކޮމެންޓްސް

Matches
3
Ongoing
3
Upcoming
Predict
Settings