DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ: މުބާރާތަށް އަލަސް ކޭލިން އަމާޒު ހިފީ ސީދާ ތަށްޓަށް
ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ: މުބާރާތަށް އަލަސް ކޭލިން އަމާޒު ހިފީ ސީދާ ތަށްޓަށް
ގުރު ނެގުމުގެ ރަސްމިއްޔާތުގައި ކޭލި ޓީމުގެ ކެޕްޓަން އަހުމަދު ހައްމާޒް ބައިވެރިވަނީ. ރަށުގެ މޮޅެތި ކުޅުންތެރިންނާ އެކު އެޓީމު ނުކުންނަނީ ސީދާ ތައްޓައް. ފޮޓޯ: ނޫމަރާ ކައުންސިލް

ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ: މުބާރާތަށް އަލަސް ކޭލިން އަމާޒު ހިފީ ސީދާ ތަށްޓަށް

ފަހުމިނެޓް
ފަހުމިނެޓް
7 ގަޑިއިރު ކުރިން • 2 ނޮވެމްބަރު 2026

ށ. ނޫމަރާ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތް މިރޭ ފަށަން ތައްޔާރުވެފައިވާ އިރު މިއަހަރުގެ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ ތެރެއިން ތިން ޓީމަކީ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޓީމުތަކެވެ. އޭގެ ތެރެއިން އެއް ޓީމަކީ މިއަހަރުގެ މުބާރާތާ ދިމާކޮށް އުފެއްދި ކޭލި އެވެ.

ނޫމަރާ ކައުންސިލް އިދާރާއިން މިހާތަނަށް ފުޓްސަލްގެ ފަސް މުބާރާތް ބާއްވައިފައިވާ އިރު މިދިޔަ ދެ އަހަރު މުބާރާތް ކުރިއަށްގެންގޮސްފައިވަނީ މުބާރާތުގައި ކުޅެން ޝައުގުވެރިކަން ފާޅުކުރި ކުޅުންތެރިން ވަކިވަކި ޓީމުތަކަކަށް ބަހާލައިގެންނެވެ. މިފަހަރުގެ މުބާރާތުގައި އަލަށް ބައިވެރިވި ޓީމުތައް ގިނަވުމުގެ މައިގަނޑު ސަބަބަކީ އެއީ ކަމަށް ވެދާނެ އެވެ.

ފުޓްސަލްއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންތަކެއް އެކުވެގެން އުފެއްދި ކޭލިން ނޫމަރާ ކައުންސިލް ފުޓްސަލް މުބާރާތުގައި މިފަހަރު މުޅިން އަލަށް ވާދަކުރި ކަމުގައިވިޔަސް އެ ޓީމުގެ އުންމީދުތައް މައްޗެވެ. ޓީމުގެ މެނޭޖްމަންޓުން "ފަހުމިނެޓް" އަށް މައުލޫމާތު ދިން ގޮތުގައި އެ ޓީމުގެ މިސްރާބު ހުރީ ސީދާ ތަށްޓަށެވެ.

އަޅުގަނޑުމެން މި ނުކުންނަނީ ސީދާ ތަށްޓަށް ވާދަކުރަން. ފުރަތަމަ އަމާޒަކީ ފައިނަލް. 

މުބާރާތާ ދޭތެރޭ ކޭލިން ކުރާ އުންމީދު ހާމަކުރަމުން އެ ޓީމުގެ ފަރާތުން "ފަހުމިނެޓް" އާ ވާހަކަދެއްކި މެނޭޖަރ ހުސައިން ވިއާމް ބުނެފައިވެ އެވެ.

ކޭލީގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި އެ ޓީމުން ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ މުބާރާތަށް އެ ޓީމުން ނެރޭ ސްކޮޑް ވަރުގަދަކުރުމެވެ.

"ކޭލިން ނެރޭ ޓީމުގަ ހިމެނޭނެ މިރަށުން ފުޓްސަލް ޓީމެއް ނަގަންޏާ އެ ޓީމުގައި ހިމެނޭނެ ވަރުގެ ކުޅުންތެރިން. އޭގެ އިތުރުން އަޅުގަނޑުމެން އެބަ ގެންނަން މިއަތޮޅު ގޮއިދޫގެ ޕްލޭޔަރަކާއި، ފުނަދޫގެ ޕްލޭޔަރެއް. އެ ދެ ކުޅުންތެރިންނަކީ ވެސް އެ ރަށްރަށުގެ ޓީމުތަކުގައި ވެސް ރަނގަޅަށް ކުޅޭ ކުޅުންތެރިން. އެހެންވީމަ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް މި ޓީމާ ދޭތެރޭ."  ކޭލީގެ މެނޭޖަރު ވިއާމް ބުންޏެވެ.

https://www.fahuminet.com/tournaments/noomaraa-council-futsal-tournament

ވިއާމް ވެސް ފާހަގަކުރި ގޮތުގައި މިފަހަރުގެ ކައުންސިލް ފުޓްސަލް މުބާރާތަކީ މިފަހަކަށް އައިސް ނޫމަރާގައި ކުޅޭނެ އެންމެ ވާދަވެރި ފުޓްސަލް މުބާރާތަށް ވާނެ އެވެ.

ހުރިހާ ޓީމުތަކެއްވެސް ވަރަށް ހަމަހަމަކޮށް ފެންނަނީ. ކޮންމެ ޓީމެއްގަ ވެސް ރަށުން ބޭރު ރަގަޅު ކުޅުންތެރިން އެބަތިބި. އެހެންވީމަ ވަރަށް ވާދަވެރި ވާނެ ކަމަށް ގަބޫލުކުރެވެނީ.

ނޫމަރާ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ހަ ވަނަ ފުޓްސަލް މުބާރާތުގައި ކޭލިން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ މުބާރާތުގައި އަލަށް ވާދަކުރާ ކަތިރިއަންސް ޖޫނިއާސް އާ ދެކޮޅަށެވެ.

މިރެއިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ހުރިހާ މެޗެއްގެ ލައިވް ސްކޯއާއި މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

 

ކޮމެންޓްސް

Matches
3
Ongoing
3
Upcoming
Predict
Settings