DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / އިނާމު ތިން ގުނަ އަށް ބޮޑުކޮށް ޔުނިޓީ ޗެމްޕިއަންޝިޕް ވިލުފުށީގައި ފަށަނީ
އިނާމު ތިން ގުނަ އަށް ބޮޑުކޮށް ޔުނިޓީ ޗެމްޕިއަންޝިޕް ވިލުފުށީގައި ފަށަނީ
ވިލުފުށި ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ޔުނިޓީ ޗެމްޕިއަންޝިޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކްލަބް ސަހަރާ ކަންމަތި މުބާރާތުގެ ޓްރޮފީ އާއެކު - ފޮޓޯ: ވިލުފުށި ކައުންސިލް އިދާރާ

އިނާމު ތިން ގުނަ އަށް ބޮޑުކޮށް ޔުނިޓީ ޗެމްޕިއަންޝިޕް ވިލުފުށީގައި ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
23 ގަޑިއިރު ކުރިން • 31 އޮކްޓޫބަރު 2026

ކޮޅުމަޑުލު ވިލުފުށި ކައުންސިލް އިދާރާ އިން އިންތިޒާމުކޮށްގެން ބާއްވާ ދި ޔުނިޓީ ޗެމްޕިއަންޝިޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށްދޭ ފައިސާގެ އިނާމު ތިން ގުނައަށްވުރެ ވެސް އިތުރުކޮށް، މިއަހަރުގެ މުބާރާތް އަންނަ އަންގާރަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ އިއްޒަތްތެރި މެންބަރު ހަސަން ވަހީދުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ބާއްވާ މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާ އިރު އެންމެ ފަހުން ބޭއްވި ޔުނިޓީ ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދީފައިވަނީ 15,000 ރުފިޔާ އެވެ.މިފަހަރުގެ މުބާރާތުގެ ރަނަރަޕް ޓީމަށް 20,000  ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާ އިރު އެންމެ ފަހުން ބޭއްވި މުބާރާތުގެ ރަނަރަޕް ޓީމަށް ދީފައިވަނީ 5,000 ރުފިޔާ އެވެ.

ތ. އަތޮޅުގައި ހިމެނޭ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އޮތް އެއް ރަށުގައި ބާއްވާ ދި ޔުނިޓީ ޗެމްޕިއަންޝިޕް ފުޓްސަލް މުބާރާތް ހަމައެކަނި ރަށަށް ހުޅުވާލި އިރު މުބާރާތުގައި މިފަހަރު ބައިވެރިވެފައިވަނީ ފަސް ޓީމަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާތަނަށް ބޭއްވި ހަމައެކަނި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކްލަބް ސަހަރާ ކަންމައްޗާއި، ސަނދަރަ ގޯޅީގެ އިތުރުން މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ތިން ޓީމު ކަމަށްވާ އަހަރުން ހިސާބާއި، ޔުނައިޓެޑް މަރުހަބާ އަދި އިމްޕީރިއަމް ސްޕޯޓްސް ކްލަބެވެ.

މުބާރާތް ރާވާފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ވާދަކުރުމަށްފަހު އެންމެ ރަގަޅު ނަތީޖާ ހޯދާ ޓީމު ސީދާ ފައިނަލަށް ދާ ގޮތަށެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ލީގު އުސޫލުން ކުޅޭ ބުރުން ދެވަނަ އަދި ތިބްވަނަށް އަންނަ ދެ ޓީމު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގެ ލީގު އުސޫލުން ކުޅޭ ބުރުގެ މެޗުތައް މި މަހުގެ 3 އިން 7 އަށް ކުރިއަށްދާއިރު ކޮންމެ ދުވަހަކު ހަވީރު ދެ މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ސެމީ ފައިނަލް މެޗު ނޮވެންބަރު މަހުގެ 8 ވަނަ ދުވަހު ކުޅޭ ގޮތަށް ތާވަލްކޮށްފައިވާއިރު ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ވިލުފުށި ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ޔުނިޓީ ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއްގެ ލައިވް ސްކޯ އާއި މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.  

ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Predict
Settings