DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ޒުވާން ޗޮކޭ ދެ ގޯލު ޖަހައި ކަތިރިއަންސް ޖޫނިއާސް ހުއްޓުވައިފި
ޒުވާން ޗޮކޭ ދެ ގޯލު ޖަހައި ކަތިރިއަންސް ޖޫނިއާސް ހުއްޓުވައިފި
ފެލްކަންގެ ޒުވާން ކުޅުންތެރިޔާ މާރިޝް މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ އެކު. ފޮޓޯ: ނޫމަރާ ކައުންސިލް

ޒުވާން ޗޮކޭ ދެ ގޯލު ޖަހައި ކަތިރިއަންސް ޖޫނިއާސް ހުއްޓުވައިފި

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން • 5 ނޮވެމްބަރު 2026

ނޫމަރާގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގައި މިރޭ ކަތިރިޔަންސް ޖޫނިއާސް މޮޅުވާން ދަނިކޮށް، ޒުވާން ކުޅުންތެރިޔާ ހުސައިން މާރިޝް (ޗޮކޭ) ދެ ގޯލު ޖަހައި ފެލްކަން ސްޕޯޓްސް ކްލަބަށް ޕޮއިންޓެއް ކަށަވަރުކޮށްދީފި އެވެ. 

ވާދަވެރި ކުޅުމެއް ފެނުނު މިރޭގެ މެޗު އެއްވަރުވީ 2-2 އިންނެވެ. 

މެޗުގެ ކުރީކޮޅު ގާތްގާތުގައި ދެ ގޯލު ޖެހީ ކަތިރިއަންސް ޖޫނިއާސް އިންނެވެ. އެޓީމުގެ ފުރަތަމަ ގޯލު މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ހުސައިން ހަލަފް ޖެހިއިރު އަނެއް ގޯލު ހަތަރު ވަނަ މިނެޓުގައި ޖެހީ އިސްމާއީލް ފަޒީން އެވެ. 

https://fahuminet.com/tournaments/noomaraa-council-futsal-tournament

ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު މުބާރާތުގައި ވާދަކުރަމުން އަންނަ ފެލްކަންގެ ފުރަތަމަ ގޯލު މާރިޝް ޖެހީ 18 ވަނަ މިނެޓުގަ އެވެ. ފެލްކަން އިން ނަތީޖާ ހަމަހަމަކުރި ގޯލު މާރިޝް ޖެހީ މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށެވެ. ދެ ގޯލާ އެކު މާރިޝް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. އުމުރުން 20 އަހަރުގެ މާރިޝް އަކީ ނޫމަރާގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. 

ފެލްކަން ވަނީ ފުރަތަމަ މެޗުގައި ކަތިރިއަންސްއާ ވާދަކޮށް 7-1 އިން ބަލިވެފަ އެވެ. އެހެންވެ ދެ ވަނަ މެޗުގައި ފަހަތުން އަރައި ޕޮއިންޓެއް ލިބުމަކީ އެޓީމަށް ލިބުނު އުންމީދެކެވެ. 

ލީގު އުސޫލުން ކުޅޭ މުބާރާތުގައި ވާދަކުރަނީ ހަތަރު ޓީމެވެ. މުބާރާތުގައި މާދަމާ ރޭ ވެސް ފޯރިގަދަ މެޗެއް ކުޅޭނެ އެވެ. މި މެޗުގައި ވާދަކުރާނީ ފުރަތަމަ މެޗުން މޮޅުވެފައިވާ ކޭލި އާއި ކަތިރިއަންސް އެވެ. 

ކޮމެންޓްސް

Matches
3
Ongoing
3
Upcoming
Predict
Settings