DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ: ޒުވާން ކުޅުންތެރިން ބާކީވިޔަ ނުދޭން ފެލްކަން މުހިންމު ދަތުރަކަށް
ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ: ޒުވާން ކުޅުންތެރިން ބާކީވިޔަ ނުދޭން ފެލްކަން މުހިންމު ދަތުރަކަށް
ފެލްކަންސް ޓީމުގެ ލަޔާންއާ ޖާޒީ ހަވާލުކުރަނީ. ފެލްކަންސް ޓީމުގައި ނޫމަރާގެ ޒުވާން ކުޅުންތެރިން. ފޮޓޯ: ފެލްކަންސް ފޭސްބުކް

ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ: ޒުވާން ކުޅުންތެރިން ބާކީވިޔަ ނުދޭން ފެލްކަން މުހިންމު ދަތުރަކަށް

ފަހުމިނެޓް
ފަހުމިނެޓް
16 ގަޑިއިރު ކުރިން • 3 ނޮވެމްބަރު 2026

ށ. ނޫމަރާގައި މިހާރު ކުރިއަށްދާ ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތް ރޭ ފަށާފައިވާ އިރު މުބާރާތުގައި ވާދަކުރާ ގިނަ ޓީމުތަކަކީ ސީދާ މި މުބާރާތާ ދިމާކޮށް އުފައްދާފައިވާ ޓީމުތަކެވެ.

ޖުމްލަ ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން އެންމެ ކުރު ތާރީހެއް އޮތް ޓީމަކީ މުބާރާތުގެ ދެވަނަ މެޗުގައި މިރޭ ކަތިރިއަންސްއާ ދެކޮޅަށް ނުކުންނަ ފެލްކަން ސްޕޯޓްސް ކްލަބެވެ.

ފެލްކަން ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތްތަކުން "ފަހުމިނެޓް" އަށް މައުލޫމާތު ދިން ގޮތުގައި އެ ޓީމު އުފަންކުރުމުގެ މައިގަނޑު ބޭނުމަކަށްވީ ނޫމަރާގައި ތިބި ފުޓްސަލް އަށް ލޯބިކުރާ ވީހާވެސް ގިނަ ޒުވާނުންނަށް މުބާރާތުގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މުބާރާތުގައި ފުރަތަމަ ތިން ޓީމު ބައިވެރިވި އިރު އާންމުކޮށް ކުޅެންދާ ޒުވާން ކުޅުންތެރިންތަކެއް ތިބި އެއިން އެއްވެސް ޓީމަކުން ފުރުސަތު ނުލިބޭ. އެހެންވެ އަޅުގަނޑުމެން ނިންމީ އެ ކުޅުންތެރިން ލައިގެން ޓީމެއް ހަދަން، އެ ހިސާބުން ޓީމަށް ކިޔާނެ ނަމަކާ ދޭތެރޭ  ވެސް ވިސްނީ.

ފެލްކަންގެ މެނޭޖަރު މުހައްމަދު ނިޒާރު ބުންޏެވެ.

ފުރާވަރުގެ އުމުރުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މި ޓީމުގައި އެކުދިން ގޮވައިގެން ރަނގަޅު ހިސާބަކަށް ގެންގޮސްދޭނެ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ވެސް އެބަތިއްބެވެ. އަދި އެހެން ޓީމުތަކެކޭ އެއްގޮތަށް ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ފެލްކަންސް އިން ވެސް ވަނީ ރަށުން ބޭރު ދެ ކުޅުންތެރިން ޓީމުގައި ހިމަނައިފަ އެވެ.  އެއާއެކު ފެލްކަންސްގެ އުންމީދިތައްވެސް ހުރީ މަތީގަ އެވެ.

"ފެލްކަންސްގެ ޓާގެޓަކީ ފައިނަލްގައި ވާދަކުރުން. އެ ހިސާބަށް ދާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޓީމުން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް." ނިޒާރު ބުންޏެވެ.

ނިޒާރު ފާހަގަކުރި ގޮތިގައި އެ ޓީމުގެ ފުރަތަމަ މެޗުގައި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކުޅެން ޖެހުމަކީ ވެސް ފެލްކަންސް އަށް ރަގަޅެކެވެ.

"ފުރަތަމަ މި ޖެހެނީ ކަތިރިއަންސްއާ އެއީ މި މުބާރާތުގަ ބައިވެރިވާ އެންމެ ވަރުގަދަ އެއް ޓީމް. ރަށުގައި ތިބި މޮޅު ގިނަ ކުޅުންތެރިން އެ ތިބީ އެ ޓީމުގަ. އަނެއްކާ ރަށުން ބޭރުންވެސް ވަރަށް ރަގަޅު ދެ ކުޅުންތެރިން އެބަ ގެނޭ. އެކަމަކު މުބާރާތް ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭ މެޗަކުން ފެށުމަކީ ކުޅުންތެރިން ވަރަށް ރަގަޅަށް މުބާރާތަށް ލޯ ހުޅުވޭނެ ކަމެއް ގޮތަށް އަޅުގަނޑު ދެކެނީ." ނިޒާރު ބުންޏެވެ.

https://fahuminet.com/tournaments/noomaraa-council-futsal-tournament

އެއާއެކު ޓީމުގެ މެނޭޖަރުގެ ހައިސިއްޔަތުން ނިޒާރަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފެލްކަންގެ ކުޅުންތެރިންގެ މެދުގައި އޮތް ޖޯޝާއި ފޯރި އެވެ.

ފުރަތަމަ މެޗުގައި ކަތިރިއަންސްއާ ދެކޮޅަށް ކުޅެން ޖެހުނަސް ޓީމުގެ ކުޅުންތެރިންގެ އެއްވެސް ހާސްކަމެއް ނެތް. ވަރަށް ޖޯޝާ ފޯރީގަ ހުރިހާ ކުޅުންތެރިން ވެސް ތިބީ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.

ނޫމަރާ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ހަ ވަނަ ފުޓްސަލް މުބާރާތް ހުޅުވި މެޗުގައި ރޭ ކަތިރިއަންސް ޖޫނިއާސްއާ ވާދަކޮށް 1-3 އިން ކޭލި ވަނީ މޮޅުވެފަ އެވެ.

 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings