DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ފުޓްސަލްގައި ކޭލީގެ ފުރަތަމަ ދަތުރު ކާމިޔާބުކަމާ އެކު ފަށައިފި
ފުޓްސަލްގައި ކޭލީގެ ފުރަތަމަ ދަތުރު ކާމިޔާބުކަމާ އެކު ފަށައިފި
ކަތިރިއަންސް ޖޫނިއާސް ކޮޅަށް ގޯލު ޖެހުމަށް ފަހު ކޭލި ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ނޫމަރާ ކައުންސިލް

ފުޓްސަލްގައި ކޭލީގެ ފުރަތަމަ ދަތުރު ކާމިޔާބުކަމާ އެކު ފަށައިފި

ފަހުމިނެޓް
ފަހުމިނެޓް
22 ގަޑިއިރު ކުރިން • 3 ނޮވެމްބަރު 2026

ށ. ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ކުޅުން ރޭ ފެށިއިރު، މުބާރާތުގެ ފުރަތަމަ މޮޅު ކޭލިން ހޯދައިފި އެވެ. 

ފުރަތަމަ މެޗުގައި ކޭލި ނުކުތީ ކަތިރިޔަންސް ޖޫނިއާސްއާ ދެކޮޅަށެވެ. މެޗުން ކޭލި މޮޅުވީ 3-1 އިންނެވެ. 

މެޗުގައި ފުރަތަމަ ތިން ގޯލު ވެސް ޖެހީ ކޭލިންނެވެ. އެޓީމުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ޖެހީ އަހުމަދު އާޒިމް އެވެ. އަނެއް ދެ ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ގޯލު 28 ވަނަ މިނެޓުގައި އަހުމަދު ހައްމާޒް ޖެހިއިރު ތިން ވަނަ ގޯލު 34 ވަނަ މިނެޓުގައި ޖެހީ މުހައްމަދު އަހުސަމް އެވެ. ކަތިރިއަންސްގެ ހަމައެކަނި ގޯލު 35 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ޒާލިފް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކޭލި ޓީމުގެ މުހައްމަދު ހުޝާމް އެވެ. 

ނޫމަރާ ކައުންސިލް ފުޓްސަލް މުބާރާތުގައި ހަތަރު ޓީމު ވާދަކުރާއިރު އޭގެތެރެއިން ތިން ޓީމު މުބާރާތުގައި ވާދަކުރަނީ އަލަށެވެ. ކޭލި މިއީ އަލަށް ވާދަކުރާ ތިން ޓީމުގެ ތެރޭގައި ހިމެނޭ ޓީމެކެވެ. 

ފުރަތަމަ މެޗުން މޮޅުވި ކޭލި. މިއީ އެޓީމު މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރު. ފޮޓޯ: ނޫމަރާ ކައުންސިލް
ފުރަތަމަ މެޗުން މޮޅުވި ކޭލި. މިއީ އެޓީމު މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރު. ފޮޓޯ: ނޫމަރާ ކައުންސިލް

މުބާރާތުގެ ކުރިން "ފަހުމިނެޓް" އަށް މައުލޫމާތުދެމުން ކޭލި ޓީމުގެ މެނޭޖަރު ހުސައިން ވިއާމް ބުނީ، ފުރަތަމަ ފަހަރު ވެސް އެޓީމު ނުކުންނަނީ ސީދާ ތައްޓަށް ކަމަށެވެ. 

ނޫމަރާ ކައުންސިލް ފުޓްސަލް މުބާރާތުގައި މިރޭ ވެސް މެޗެއް ކުޅޭނެ އެވެ. މި މެޗުގައި ވާދަކުރާނީ ފެލްކަންސް ސްޕޯޓްސް ކްލަބާއި ކަތިރިއަންސް އެވެ. ކަތިރިއަންސްގެ ދެ ޓީމު އަންނަނީ މިފަހަރުގެ މުބާރާތުގައި ވާދަކުރަމުންނެވެ. 

ނޫމަރާ ކައުންސިލް ފުޓްސަލް މުބާރާތުގެ ހަތަރު ޓީމު ލީގު ބުރެއް ކުޅޭއިރު، އެއް ވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގަ ލިބޭނެ އެވެ. ފައިނަލުގެ ދެ ވަަނަ ޖާގަ ލިބޭނީ، ލީގު ބުރުގެ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ. 

ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހޭންޑްބޯލް މުބާރާތެއް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ތިން ޓީމު ހިމެނޭ ހޭންޑްބޯލް މުބާރާތް ފަށާނީ ނޮވެމްބަރު 5 ވަނަ ދުވަހު އެވެ. 

https://www.fahuminet.com/tournaments/noomaraa-council-futsal-tournament

ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. މި ނޫހުގެ ފަރާތުން މުބާރާތުގެ ލައިވްސްކޯ އާއި މެޗުތަކުގެ ހުރިހާ ހަބަރެއް ގެނެސްދޭނެ އެވެ. 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings