DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ދި ޔުނިޓީ ޗެމްޕިއަންޝިޕް މިއަދު ފަށާއިރު ތަށި ދިފާއުކުރަން ސަހަރާ ކަންމަތި އޮތީ ތައްޔާރަށް
ދި ޔުނިޓީ ޗެމްޕިއަންޝިޕް މިއަދު ފަށާއިރު ތަށި ދިފާއުކުރަން ސަހަރާ ކަންމަތި އޮތީ ތައްޔާރަށް
މިދިޔަ އަހަރުގެ މުބާރާތުގައި ސަހަރާ ކަންމަތި ކުޅުނު މެޗެއްގެ ތެރެއިން. ވިލުފުށި މުބާރާތުގައި މިފަހަރުވެސް އެންމެ ވަރުގަދަ އެއް ޓީމަކީ މިއީ. ފޮޓޯ: ސަރަހާ ކަންމަތި

ދި ޔުނިޓީ ޗެމްޕިއަންޝިޕް މިއަދު ފަށާއިރު ތަށި ދިފާއުކުރަން ސަހަރާ ކަންމަތި އޮތީ ތައްޔާރަށް

ފަހުމިނެޓް
ފަހުމިނެޓް
11 ގަޑިއިރު ކުރިން • 3 ނޮވެމްބަރު 2026

ވިލުފުށި ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ދި ޔުނިޓީ ޗެމްޕިއަންޝިޕް ދެވަނަ ފުޓްސަލް މުބާރާތް މިއަދު ހަވީރު ފަށާއިރު މި މުބާރާތުގެ ހޮޓް ފޭވަރިޓްގެ ގޮތުގައި އެންމެ ގިނަ ބަލާ ޓީމަކީ ކްލަބް ސަހަރާ ކަންމައްޗެވެ.

ދި ޔުނިޓީ ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދި ކްލަބް ސަހަރާ ކަންމައްޗަކީ ވިލުފުށީގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތްތަކުން މިފަހަކަށް އައިސް އެންމެ ގިނަ ކާމިޔާބީތައް ހޯ ދަމުން އަންނަ ޓީމެވެ. ގިނަ މުބާރާތްތަކެއްގެ ތަށި ސަހަރާ ކަންމަތިން އުފުލާލާފައިވާއިރު މުބާރާތްތަކުގެ ފައިނަލާ ހަމައަށް ނުގޮސް ކަޓައިފައި ހުރީ ވަރަށް މަދު ފަހަރަކު އެވެ.

ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ހުށަހަޅައިފައިވާ ޔުނިޓީ ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރަން ސަހަރާ ކަންމަތިން ނުކުންނަން ތައްޔާރުވެފައިވާ އިރު މިފަހަރުގެ މުބާރާތަށް އެ ޓީމު ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. ޔުނިޓީ ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް 2024 ވަނަ އަހަރު ސަހަރާ ކަންމަތިން ކާމިޔާބުކުރި އިރު އެ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް އެހެން ޓީމުތަކަށް ބަދަލުވި ނަމަވެސް އެ ޓީމުގައި ވިލުފުށްޓަށް ނިސްބަތްވާ ރަގަޅު ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭނެ ކަމަށް ޓީމުގެ މެނޭޖްމަންޓުން "ފަހުމިނެޓް" އަށް ވަނީ މައުލޫމާތު ދީފަ އެވެ.

މިފަހަރުގެ މުބާރާތަށް ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ސަހަރާ ކަންމަތިން  ހޯދި އެންމެ ވަރުގަދަ ހަތިޔާރަކީ ރާއްޖޭގެ ފުޓްސަލްގައި އެފަދަ ދެވަނަ އެއް ނެތް އަލީ ހާފިޒް (ހާއްޕެ) އެވެ. ރ. އިނގުރައިދޫ އަށް އުފަން މި ކުޅުންތެރިޔާ ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ގިނަ މުބާރާތްތަކެއްގެ ތަށި އުފުލާލައިފަ އެވެ. ހާއްޕެގެ އިތުރުން ސަހަރާ ކަންމަތި ޓީމުގައި ހިމަނާފައިވާ ރަށުން ބޭރު އަނެއް ކުޅުންތެރިޔަކީ މިދިޔަ ފަހަރުގެ މުބާރާތުގައިވެސް އެ ޓީމަށް ކުޅުނު އިބްރާހީމް އަސްވަދު (ގަބޭ) އެވެ. ރާއްޖޭގެ ފުޓްސަލްގައި އެންމެ ކާމިޔާބު އެއް ރަށް ކަމަށްވާ ތިމަރަފުށްޓަށް އުފަން ގަބޭ އަކީ މިވަގުތު ފުޓްސަލްގެ އެންމެ އުހުގައި ތިބި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ.

https://www.facebook.com/permalink.php?story_fbid=pfbid02MEft7uYWsWrHzPpUvwFf2J4h43Adm8TwdoakoiS43oG6Btx4GKgeVKSHVpV6BbuQl&id=100088079150583&__tn__=%2CO*F

ކްލަބް ސަހަރާ ކަންމަތީގެ މެނޭޖްމަންޓުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައ އެ ޓީމުން މުބާރާތަށް ނެރޭ ޓީމު ކިތަންމެ ވަރުގަދަޔަސް މުބާރާތުގެ ތަށި ދިފާއުކުރަން ކުރާ މަސައްކަތުގައި މިފަހަރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ގަބުލުކުރެވޭ ކަމަށެވެ.

މިދިޔަ ފަހަރުގެ މުބާރާތުގަ ވަރަށް ފަސޭހައިން ތަށި ހޯދުނު. ފައިނަލް މެޗުގަ ވެސް ދިޔައީ ވަރަށް އީޒީކޮށް. އެކަމަކު މިފަހަރުގެ މުބާރާތް އެހެން ވާނެ ކަމަކަށް ގަބޫލުކުރެވޭ. ހާއްސަކޮށް ސަނދަރަ ގޯޅި އާއި އަހަރުން ހިސާބު މިފަހަރު ރަގަޅު ފައިޓެއް ދޭނެ ކަމަށް ގަބޫލުކުރެވެނީ. އެ ދެ ޓީމު ފެންނަނީ ވަރަށް ވަރުގަދަކޮށް. 

ކްލަބް ސަހަރާ ކަންމަތި ގެ ކޯޗު ރީޝަން ހަސަން "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.

މިފަހަރުގެ މުބާރާތަށް ކްލަބް ސަހަރާ ކަންމަތި ނުކުންނައިރު އެ ޓީމުގެ ލެޖެންޑުންގެ ގޮތުގައި ބަލާ ކުޅުންތެރިން ހިމެނޭ ޓީމެއް ޔުނައިޓެޑް މަރުހަބާގެ ނަމުގައި މުބާރާތުގައި ވަނީ ބައިވެރިވެފަ އެވެ. ޔުނައިޓެޑް މަރުހަބާ އަކީ ކްލަބް ސަހަރާ ކަންމައްޗަށް ކުރިން ކިޔަމުން އައި ނަމެވެ. އެ ނަމުގައި ޓީމު ހިނގަމުން އައި އިރު ވެސް އެއީ ވިލުފުށީގެ ކުޅިވަރުގައި އެންމެ ކާމިޔާބު އެއް ނަމެވެ. ޔުނައިޓެޑް މަރުހަބާ އަލުން އެނބުރި އައުމަކީ ސަހަރާ ކަންމައްޗަށް ލިބުނު ބޮޑު ހިތްވަރެއް ކަމުގައި އެ ޓީމުން ފާހަގަކުރެ އެވެ.

މި ޓީމުގެ ކުރީގެ ކުޅުންތެރިން މިފަހަރު އައިސް އެތިބީ ހަމަ އަޅުގަނޑުމެން މިކުރާ މަސައްކަތަށް ހިތްވަރު ދޭން. ގިނަ ކުޅުންތެރިން އެ އައީ ހަމަ ވަޒީފާތަކުގަ ތިބެފަ ޗުއްޓީ ނަގައިގެން. އެއީ މި ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް.

މިދިޔަ ފަހަރު ވެސް ސަހަރާ ކަންމަތި ގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވި ރީޝަން ބުންޏެވެ.

ތަށި ދިފާއުކުރަން ކްލަބް ސަހަރާ ކަންމަތިން މިރޭ ފަށާ ދަތުރުގައި އެންމެ ބޮޑު އެހީތެރިކަމެއް މިފަހަރުވެސް ލިބޭނީ ސަޕޯޓަރުންގެ ފަރާތުން ކަމަށް ސަހަރާ ކަންމަތިން ގަބޫލުކުރެ އެވެ. މިހާރުވެސް އެކަން އެ ޓީމަށް ވަނީ ޔަގީންވެފަ އެވެ.

https://www.fahuminet.com/tournaments/the-unity-futsal-championship-vilufushi

"ސަޕޯޓާސް ޖޯޒީ ގަންނަން ހުޅުވާލިތާ ފަސް ދުވަސް ތެރޭގަ 130 އަށްވުރެ ގިނަ ޖޯޒީ ވިކިއްޖެ. އެހެންވީމަ އެއީން އެބަ އެނގޭ ސަޕޯޓަރުންގެ ފޯރި ހުރި ވަރު." ކޯޗު ރީޝަން  ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސަހަރާ ކަންމަތި ނުކުންނާނީ މިއަދު ހަވީރު އިމްޕީރިއަމް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings