ފުރަތަމަ ސަފްޙާ / ޚަބަރު / ޕެޑްރޯ ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި

ޕެޑްރޯ ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 3 އޮގަސްޓް 2018

އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބް ޗެލްސީއަށްކުޅޭ އެޓީމުގެ ސްޕެއިން ފޯވަޑް ޕެޑްރޯ އެޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އެއްއަހަރުދުވަހަށް އިތުރުކޮށްފިއެވެ.

ކޮންޓްރެކްޓުގައިއެއް އަހަރު ބާކީ އޮށްވައި ޕެޑްރޯ ކޮންޓްރެކްޓް އާކުރުމަށްފަހު ބުނީ އޭނާ ޗެލްސީގައި ހުރީ އުފަލުންކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންނާ، ސަޕޯޓަރުން އަދި މެނޭޖްމަންޓާމެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ޕެޑްރޯ، 31،  ޗެލްސީއާ ގުޅުނީ 2015 ވަނައަހަރު ސްޕެއިންގެ ބާސެލޯނާއިންނެވެ. އޭނާ ވަނީ ޗެލްސީގައި ޕްރިމިއަރ ލީގް އަދި އެފްއޭކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

ސްޕެއިންގެ ގައުމީ ޓީމަށް 64 މެޗު ކުޅެދީފައިވާ  ޕެޑްރޯ ވަނީ ވޯލްޑް ކަޕާއި ޔޫރޯ ވެސް ސްޕެއިންއާއެކު ކާމިޔާބު ކޮށްފައެވެ. ނަމަވެސް މިއަހަރުގެ ވޯލްޑްކަޕް ސްކޮޑުން އޭނާއަށް ޖާގައެއް ނުލިބެއެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!