ފުރަތަމަ ސަފްޙާ / ޚަބަރު / އަހަރެން މި ގުޅުނީ ލަންޑަނުގައި އޮތް އެންމެ ބޮޑު ކްލަބާ: ރޮޖާސް
އަހަރެން މި ގުޅުނީ ލަންޑަނުގައި އޮތް އެންމެ ބޮޑު ކްލަބާ: ރޮޖާސް
ރޮޖާސް ޗެލްސީ އަށް ބަދަލުވުން. އޭނާ ބަދަލުވީ އިނގިރޭސި އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި.

އަހަރެން މި ގުޅުނީ ލަންޑަނުގައި އޮތް އެންމެ ބޮޑު ކްލަބާ: ރޮޖާސް

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 22 ޖުލައި 2026

ޗެލްސީ އަކީ ލަންޑަނުގެ އެންމެ ބޮޑު ކްލަބް ކަމަށް، އެ ކްލަބާ އަލަށް ގުޅުނު އިނގިރޭސި މިޑްފީލްޑަރު މޯގަން ރޮޖާސް ބުނެފި އެވެ. 

ރޮޖާސް ޗެލްސީއާ ގުޅުނީ އާސެނަލުން އޭނާ އަށް ފާރަލަމުން ދަނިކޮށް، ފަހު ވަގުތު ޗެލްސީ ނިންމާލި ބޮޑު ޑީލާ އެކު އެވެ. ޗެލްސީން އޭނާ ގެންދިޔައީ 117 މިލިއަން ޕައުންޑް (156 މިލިއަން ޑޮލަރު) އަށެވެ. 

ރޮޖާސް އަކީ އެންމެ ބޮޑު އަގުގައި ކްލަބް ބަދަލުކުރި އިނގިރޭސި ކުޅުންތެރިޔާ އެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ބޮޑު އަގުގައި ކްލަބް ބަދަލުކުރި ކުޅުންތެރިޔާ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރި ކުޅުންތެރިޔަކީ އަލެކްސަންޑަ އިސާކް އެވެ. އަގުބޮޑު ލިސްޓުގައި ރޮޖާސް ދެ ވަނައިގައި އުޅޭއިރު ދެން ހިމެނެނީ ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް އާއި ޗެލްސީގެ މޮއިސެސް ކައިސީޑޯ އެވެ. 

"އަހަރެން މި ބަދަލުވީ ލަންޑުގައި އޮތް އެންމެ ބޮޑު ކްލަބަށް" މިދިޔަ ދެ ސީޒަނުގައި އެސްޓަން ވިލާގައި މޮޅު ކުޅުމެއް ދެއްކި ރޮޖާސް ބުންޏެވެ. 

ޗެލްސީން ރޮޖާސްއަށް ފާރަވެރިވަމުން އަންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ޓްރާންސްފާ މާކެޓުގައި މަޑުމަޑުން ތިބެ ޗެލްސީން ރޮޖާސް ހޯދުމުގެ ރޭހުގައި ކުރިއަށް ޖެހިލީ ވޯލްޑް ކަޕް ސެމީ ފައިނަލުގައި އާޖެންޓީނާ އަތުން އިންގްލެންޑް ބަލިވި މެޗަށް ފަހު އެވެ. 

އާޖެންޓީނާ އަތުން  1-2 އިން ބަލިވި މެޗަށްފަހު މިދިޔަ ބުރާސްފަތި ދުވަހު، މި އެއްބަސްވުން ނިންމުމަށްޓަކައި ކްލަބުގެ ސްޕޯޓިން ޑައިރެކްޓަރުންނާއި، ހެޑް ކޯޗު ޒަބީ އަލޮންސޯ އަދި ކޯ-އޯނަރު ބެހްދާދު އިގްބާލީ ގުޅިގެން މަސައްކަތް ކުރި އެވެ. 

"ޗެލްސީ ކުރިއަށްދާން ބޭނުންވާ ގޮތަކީ އޭގައި އަހަރެންގެ ބައިވެރިވުން އޮންނަން ބޭނުންވާ ކަމެއް. އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ ހަމަ ވަރަށް ރަނގަޅު ފުރުސަތެއް. ޗެލްސީއާ އެކު ކުރިއަށްދާން އަހަރެން މިހުރީ ކެތްމަދުވެފަ" ރޮޖާސް ބުންޏެވެ. 

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings