Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ބުރު ސްޕޯޓްސް އެފްއޭ ކަޕްގެ ތިން ވަނަ ހޯދައިފި
ބުރު ސްޕޯޓްސް އެފްއޭ ކަޕްގެ ތިން ވަނަ ހޯދައިފި
އެފްއޭ ކަޕްގެ ތިން ވަނަ ހޯދި ބުރު ސްޕޯޓްސް. ފޮޓޯ: އެފްއޭއެމް

ބުރު ސްޕޯޓްސް އެފްއޭ ކަޕްގެ ތިން ވަނަ ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
11 ގަޑިއިރު ކުރިން 18 އެޕްރީލް 2026

އެފްއޭ ކަޕްގެ ތިން ވަނަ މަގާމް ބުރު ސްޕޯޓްސް ކްލަބް ހޯދައިފި އެވެ. 

ބުރުން އެފްއޭ ކަޕްގެ ތިން ވަނަ ހޯދީ، މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި 3-1 އިން ބްލޫ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. 

ސެމީ ފައިނަލުގައި ބަލިވި ދެ ޓީމުގެ މެދުގައި މިއަދު ކުޅުނު ތިން ވަނަ ހޮވާ މެޗުގައި ބުރުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. 

މެޗުގެ ފުރަތަމަ ގޯލަކީ ބުރަށް ލިބުނު ޕެނަލްޓީއަކުން އަހުމަދު އަބްދުﷲ (ލިލީ) ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރަށް ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޔާމީން (ޔާނު) އެވެ. ބުރުގެ ތިން ވަނަ ގޯލު ދެ ވަނަ ހާފުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ މުހައްމަދު ޖޫދު އިސްމާއީލް އެވެ. 

މެޗުގައި ބްލޫ ސްޕޯޓްސްގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ޖެހީ ހަސަން ޔާނިއު އެވެ. 

މުބާރާތުގެ ސެމީ ފައިނަލަށް، ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ ބްލޫ ސްޕޯޓްސް ދަތުރުކުރީ ކްލަބް އީގަލްސް ބަލިކޮށްގެންނެވެ. އެކަމަކު ސެމީގައި ނިއު ރޭޑިއަންޓުގެ ވަރުގަދަ ޓީމާ ވާދަކޮށް ބަލިވީ އެވެ. 

https://fahuminet.com/tournaments/fa-cup-2026

ބުރު ސްޕޯޓްސް ވަނީ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ކަޓުވާލައިފަ އެވެ. އެޓީމު ސެމީ ފައިނަލުގައި ބަލިވީ ޓީސީ އަތުންނެވެ. 

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރެ އެވެ. މިރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގައި ކުޅޭ އެ މެޗުގައި ވާދަކުރާނީ ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބެވެ. 

ނިއު އާއި ޓީސީ ވަނީ 2017 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އެ މެޗު 2-2 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ކުރި ހޯދައި ޗެމްޕިއަންކަން ކަށަވަރުކުރީ ނިއު ރޭޑިއަންޓެވެ. 

މިއީ 2022 ވަނަ އަހަރަށް ފަހު އެފްއޭ ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި، ސީޒަނުގެ ފަހު މެޗަކީ ވެސް މިރޭގެ މެޗެވެ. 

ކޮމެންޓްސް

Matches
5
Ongoing
5
Upcoming
Settings