Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ނުވަ އަހަރަށް ފަހު ޓީސީ އަލުން އެފްއޭ ކަޕް ފައިނަލަށް
ނުވަ އަހަރަށް ފަހު ޓީސީ އަލުން އެފްއޭ ކަޕް ފައިނަލަށް
ޓީސީ އަށް ދެ ގޯލު ކާމިޔާބުކޮށްދިން ޕްރިންސް. ފޮޓޯ: އެފްއޭއެމް

ނުވަ އަހަރަށް ފަހު ޓީސީ އަލުން އެފްއޭ ކަޕް ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 15 އެޕްރީލް 2026

ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް 0-2 އިން ބަލިކޮށް އެފްއޭ ކަޕް ފައިނަލުގެ ދެ ވަނަ ޖާގަ ޓީސީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ. 

ފައިނަލުގައި ޓީސީ ނުކުންނާނީ ސެމީގެ ފުރަތަމަ މެޗުން މޮޅުވި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. 

މިއީ 2017 ވަނަ އަހަރަށް ފަހު ޓީސީ އެފްއޭ ކަޕް ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ އަހަރުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ޓީސީ ސްޕޯޓްސް ބަލިވީ 4-2 އިންނެވެ. 

މިރޭގެ މެޗުގައި ޓީސީގެ ދެ ގޯލު ވެސް ޖެހީ ބިދޭސީ ފޯވާޑް ބޯޑޫ ޕްރިންސް އެވެ. 

މެޗުގެ ފުރަތަމަ ގޯލު ޕްރިންސް ޖެހީ 64 ވަނަ މިނެޓުގައި އެޓީމުގެ އިބްރާހީމް ޖިމޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ޕްރިންސް ފޮނުވާލި ބޯޅަ މަޑުމަޑުން ގޮސް ވަނީ ގޯލުގެ ތިރީ ކަނަށެވެ. 

ޓީސީ އާއި ބުރު ސްޕޯޓްސް ވާދަކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް
ޓީސީ އާއި ބުރު ސްޕޯޓްސް ވާދަކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ޓީސީ ކުރީގައި އޮއްވައި ބުރު ސްޕޯޓްސް އަށް ޕެނަލްޓީ އަކުން ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު 78 ވަނަ މިނެޓުގައި އެޓީމުގެ ހަޑްސަން ޑިއަސް ޑި ޖީސުސް ފޮނުވާލި ޕެނަލްޓީ ޓީސީގެ ގޯލްކީޕަރު ޑެނިއެލް އިމަނުއެލް އެއިބިއޯ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. 

ޓީސީގެ ދެ ވަނަ ގޯލު ޕްރިންސް ޖެހީ ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ 8 ވަނަ މިނެޓުގަ އެވެ. އޭނާ އަށް އޭރިޔާ ބޭރުން ލިބުނު ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. 

https://fahuminet.com/tournaments/fa-cup-2026

ޓީސީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކުއާޓާ ފައިނަލުގައި ފަހަތުން އަރައި 3-1 އިން ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. 

މުބާރާތުގެ ފައިނަލުގައި ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ވާދަކުރާ މެޗު އޮންނާނީ އޭޕްރީލް 18 ވާ ހޮނިހިރު ދުވަހުގެ ރޭ 9 ޖަހާއިރު އެވެ. 

ކޮމެންޓްސް

Matches
4
Ongoing
5
Upcoming
Settings