Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އޮފީސް ލީގުގެ ސެމީ ފައިނަލަށް ސަރުކާރުގެ ތިން ކުންފުންޏާއި އެމްއައިބީ
އޮފީސް ލީގުގެ ސެމީ ފައިނަލަށް ސަރުކާރުގެ ތިން ކުންފުންޏާއި އެމްއައިބީ
އެމްޓީސީސީގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: އޮފީސް ލީގު

އޮފީސް ލީގުގެ ސެމީ ފައިނަލަށް ސަރުކާރުގެ ތިން ކުންފުންޏާއި އެމްއައިބީ

ފަހުމިނެޓް
ފަހުމިނެޓް
21 ގަޑިއިރު ކުރިން 18 އެޕްރީލް 2026

ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އޮފީސް ލީގު ފުޓްސަލް މުބާރާތުގެ ފައިނަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންމެ ޒަމާންވީ ތިން ކުންފުނި ކަމަށްވާ ސްޓެލްކޯ އާއި އެސްޓީއޯ އަދި އެމްޓީސީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކު ދަތުރުކޮށްފި އެވެ.

ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ އޮފީސް ލީގު 2026 ގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ކަށަވަރުކުރީ ކުއާޓާ ފައިނަލްގައި ރޭ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް 0-6 އިން ބަލިކޮށްގެންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް އައި ސްޓެލްކޯ އިން ރޭގެ މެޗުގައި ޖެހި ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ ޝުވައިދު ސައީދެވެ. އަނެއް ހަތަރު ގޯލް ޖަހައިދީފައިވަނީ މުހައްމަދު ޝިރުހާން އާއި ހާރޫން އިބްރާހީމްގެ އިތުރުން މުއާޒް އަލީ އަދި އިބްރާހީމް ރިމާހެވެ.

އޮފީސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު ދެވަނަ މެޗުގައި މޯލްޑިވްސް ކްލަބާއި ވާދަކޮށް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނުނު މި މެޗު އެމްއައިބީން ކާމިޔާބުކުރީ 0-1 އިންނެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކުރި އެމްއައިބީއިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ޕޮލިސް ކްލަބުގެ ގޯލަށް ވައްދާލީ ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އަލީ އަޖުމަލެވެ.

ކުއާޓާ ފައިނަލް މެޗުގައި ސްޓެލްކޯ ހޯދި ބޮޑު މޮޅުގެ ތެރެއިން. ފޮޓޯ: އޮފީސް ލީގު
ކުއާޓާ ފައިނަލް މެޗުގައި ސްޓެލްކޯ ހޯދި ބޮޑު މޮޅުގެ ތެރެއިން. ފޮޓޯ: އޮފީސް ލީގު

އޮފީސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު ތިންވަނަ މެޗުވެސް ނިމުނީ އެހާ ވާދަވެރިކޮށެވެ. ގްރޫޕް ސީގެ އެއްވަނަ ހޯދައިގެން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކުރި އެސްޓީއޯ ރެކްރިއޭޝަން ކްލަބުން މި މެޗުގައި މިފްކޯއާ ވާދަކޮށް ކުރި ހޯދާފައިވަނީ 0-1 އިންނެވެ. މި މެޗުގައި އެސްޓީއޯއަށް މިފްކޯގެ ގޯލް ފޫއަޅުވާލެވުނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި އޮއްވައެވެ. ސެމީ ފައިނަލްގެ ޖާގަ އެސްޓީއޯއަށް ކަށަވަރުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަހްމަދެވެ.

އޮފީސް ލީގުގެ ސެމީ ފައިނަލްގެ އެންމެ ފަހު ޖާގަ ކްލަބު އެމްޓީސީއިން ކަށަވަރުކުރީ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް އައި ކްލަބު އާސަންދަ 2-5 އިން ބަލިކުރުމަށް ފަހު އެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ތިން ގޯލް އެމްޓީސީއިން ކާމިޔާބުކޮށްފައިވަނިކޮށް ކްލަބު އާސަންދައިން ކައިރި ކައިރީގައި ދެ ގޯލް ޖަހައި ނަތީޖާ ހަމަހަމަކުރުމާ ވަރަށް ގާތަށްވެސް ދިޔަ އެވެ.

https://fahuminet.com/tournaments/office-league-2026

މި މެޗުގައި އެމްޓީސީއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު އިސްމާއިލް ރަޔާން ކާމިޔާބުކޮށްދިން އިރު  ހުސައިން ނިހާލާއި، ހުސައިން ޝަރީފްވެސް ގޯލެއް ކާމިޔާބުކުރި އެވެ. މި މެޗުގައި ކްލަބު އާސަންދައިގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ. މެޗުގައި އާސަންދައަށް ގޯލްތައް ކާމިޔާބުކޮށްދިނީ އަހްމަދު އަބްދުﷲ (ލިލީ) އާއި ހުސައިން ސަނީ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ ރެ އެވެ. ސެމީގެ ފައިނަލުގެ ފުރަތަމަ މެޗުގައި ސްޓެލްކޯ އާއި އެސްޓީއޯ ވާދަކުރާއިރު ސެމީގެ ދެ ވަނަ މެޗުގައި ވާދަކުރާނީ އެމްއައިބީ އާއި ކްލަބް އެމްޓީސީސީ އެވެ. 

ކޮމެންޓްސް

Matches
5
Ongoing
5
Upcoming
Settings