Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / މުއާޒްގެ ހެޓްރިކާ އެކު ސްޓެލްކޯއިން އޮފީސް ލީގު އަނެއްކާވެސް ކާމިޔާބުކޮށްފި
މުއާޒްގެ ހެޓްރިކާ އެކު ސްޓެލްކޯއިން އޮފީސް ލީގު އަނެއްކާވެސް ކާމިޔާބުކޮށްފި
ސްޓެލްކޯ އިން އޮފީސް ލީގު 2026 ގެ ޗެމްޕިއަންކަން ހޯދުން. ފޮޓޯ: އިމޭޖަސް.އެމްވީ

މުއާޒްގެ ހެޓްރިކާ އެކު ސްޓެލްކޯއިން އޮފީސް ލީގު އަނެއްކާވެސް ކާމިޔާބުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
17 ގަޑިއިރު ކުރިން 25 އެޕްރީލް 2026

ބިގް ގޭމް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ އޮފީސް ލީގު 2026 އެޑިޝަންގެ ޗެމްޕިއަންކަން މިއަހަރުވެސް ސްޓެލްކޯ އިން ހޯދައިފި އެވެ. 

ސްޓެލްކޯ ޗެމްޕިއަންކަން ދިފާއުކުރީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ މުބާރާތުގެ ފައިނަލް މެޗުގައި 1-3 އިން އެމްޓީސީސީ ބަލިކޮށްގެންނެވެ. 

މެޗުގައި ސްޓެލްކޯއަށް ޗެމްޕިއަންކަން ކަށަވަރުކޮށްދިނީ ހެޓްރިކް ހެދި މުއާޒް އަލީ އެވެ. މުބާރާތުގައި މުއާޒް ވަނީ ސްޓެލްކޯ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި އެމްޓީސީސީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އިސްމާއީލް ރަޔާން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި މުއާޒް އެވެ. 

މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯއިން ހޯދީ ކުޅުނު ހުރިހ ާމެޗަކުން ވެސް މޮޅުވެގެންނެވެ. މުބާރާތުގައި އެޓީމު ކުޅުނު ހަ މެޗުގައި ވަނީ 56 ގޯލު ޖަހައިފަ އެވެ. އެޓީމު ކޮޅަށް ވަނީ އެންމެ ފަސް ގޯލެވެ. 

އޮފީސް ލީގުގެ އެންމެ ގިނަ ގޯލު ކާމިޔާބުކޮށްގެން ރަން ބޫޓު ހާސިލްކުރީ ސްޓެލްކޯގެ މުއާޒް އަލީ އަދި އިބްރާހީމް ރިމާހު އެވެ. 

އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، އެމްޓީސީސީގެ ހުސައިން ޝަރީފް (މުޑާ) އާއި ސްޓެލްކޯގެ މުއާޒް އަލީ އާއި އެމްޓީސީސީގެ އިސްމާއީލް ރަޔާންގެ އިތުރުން، ސްޓެލްކޯގެ މުހައްމަދު ސިރުޚާން އަދި ސްޓެލްކޯގެ އަދުހަމް އަހުމަދު އެވެ. 

https://fahuminet.com/tournaments/office-league-2026

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ، އުސްމާން ނަސީރު އެވެ. 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސްޓެލްކޯ ޓީމުގެ ރިމާހު އެވެ. 

ކޮމެންޓްސް

Matches
9
Ongoing
Upcoming
Settings