Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ސްޓެލްކޯ އަށް އޮފީސް ލީގުގައި ރެކޯޑް މޮޅެއް
ސްޓެލްކޯ އަށް އޮފީސް ލީގުގައި ރެކޯޑް މޮޅެއް
ރެކޯޑް މޮޅު ހޯދި މެޗުގައި ސްޓެލްކޯ ކުޅުންތެރިއަކު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: އޮފީސް ލީގު

ސްޓެލްކޯ އަށް އޮފީސް ލީގުގައި ރެކޯޑް މޮޅެއް

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 11 އެޕްރީލް 2026

މިހާރު ކުރިއަށްދާ އޮފީސް ލީގުގައި ރެކޯޑް މޮޅަކާ އެކު ސްޓެލްކޯ ރެކްރިއޭޝަން ކްލަބް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ. 

ޖުމްލަ 16 ޓީމު ވާދަކުރާ މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ގްރޫޕް އޭގެ ސްޓެލްކޯގެ އިތުރުން ގްރޫޕް ބީގެ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ވެސް ވަނީ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފަ އެވެ. 

ސްޓެލްކޯ ރޭ ރެކޯޑް މޮޅެއް ހޯދީ މާލެ ސިޓީ ކްލަބް (ސީއެމްސީ) އާ ވާދަކޮށް 23-1 އިން މޮޅުވެގެންނެވެ. މިއީ މިދިޔަ އަހަރު އަލަށް ފެށި އޮފީސް ލީގުގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. 

މެޗުގައި ސްޓެލްކޯގެ މުހައްމަދު އައްފާން އަދި އަބްދުﷲ ފަހުމީ، މިއިން ކޮންމެ ކުޅުންތެރިއަކު ހެޓްރިކް އެވެ. ދެ ގޯލު ޖެހި ކުޅުންތެރިންނަކީ، މުއާޒް އަލީ، އިބްރާހީމް ރިމާހު، އަހުމަދު ނައުފަލް، މުހައްމަދު ސަމާހު މޫސާ ފަތުހީ، މުހައްމަދު ސިރުޚާން އަދި ހުސައިން ޒަޔާން ހަސަން އެވެ. ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ، ގޯލްކީޕަރު އަލީ ސަމީރު، ޝުއައިދު ސައީދު، މުހައްމަދު ޒަޔާން ހަސަން އަދި ހާރޫން އިބްރާހީމް އެވެ. މެޗުގައި ސީއެމްސީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އެމްޑީ އަޒީޒް އެވެ. 

image

އެ ގްރޫޕުގައި ރޭ މިފްކޯ ވަނީ ކްލަބް ހައްޖު 0-5 އިން ބަލިކޮށްފަ އެވެ. 

މެޗުގައި މިފްކޯގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ރިފްޝާން އެވެ. އަދި، އެޓީމުގެ އިބްރާހީމް އަޔާން ތަންޒީމް ވެސް ގޯލު ޖެހި އެވެ. އަނެއް ދެ ގޯލަކީ ކްލަބް ހައްޖުގެ އަލީ އަބްދުއްރަހްމާން އާއި ޝަމްވީލް މުހައްމަދު އަތުން ބައިކޮޅަށް ވަން ގޯލުތަކެކެވެ. 

ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ 6 ޕޮއިންޓް ހޯދައި ކުއާޓާ ފައިނަލް ޔަގީންކުރި ސްޓެލްކޯ އެވެ. މިފްކޯ އާއި ހައްޖަށް 3 ޕޮއިންޓް ލިބިފައިވާއިރު ސީމްއެސީ އޮތީ ދެ މެޗުން ބަލިވެ ފުލުގަ އެވެ. 

image

ރޭ ދެން ކުޅުނީ ގްރޫޕް ބީ ގެ ދެ މެޗެވެ. މީގެތެރެއިން ބީސީސީ އިން ވަނީ ވަރުގަދަ އެމްޓީސީސީ 3-2 އިން ބަލިކޮށް އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. 

މެޗުގައި ބީސީސީ އަށް ގޯލުތައް ކާމިޔާބުކޮށްދިނީ، އަޔާން ހަސަން ޝަރީފްގެ އިތުރުން އިސްމާއީލް ލުބައިން މުހައްމަދު އަދި ސާމީ އަބްދުއްރަހްމާން އެވެ. އެމްޓީސީސީގެ ދެ ގޯލު ޖެހީ ހުސައިން ޝަރީފް (މުޑާ) އަދި އުނައިޝް އަހުމަދު އެވެ. 

image

މި ގްރޫޕުގެ އަނެއް މެެޗުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރޭ ވަނީ ސިޓީސް މިނިސްޓްރީން ނުކުތް ކްލަބް އެމްސީއެލްޕީ 6-0 އިން ބަލިކޮށްފަ އެވެ. 

މެޗުގައި އެމްއައިބީގެ މުހައްމަދު ނާއިޝް އިބްރާހީމް ވަނީ ހެޓްރިކް ހަދައިފަ އެވެ. އިމްދާދް އިބްރާހީމް ރަޝީދު ދެ ގޯލު ޖެހިއިރު އަނެއް ގޯލު ޖެހީ އަހުމަދު މައާޝް އައްބާސް އެވެ. 

މި ގްރޫޕުން 6 ޕޮއިންޓް ހޯދައިގެން ބީސީސީ ކުއާޓާ ފައިނަލް ޖަގީންކޮށްފައިވާއިރު، ދެ ވަނައިގައި އޮތީ 4 ޕޮއިންޓް ލިބިފައިވާ އެމްއައިބީ އެވެ. އެމްޓީސީސީ އެއް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތް އެމްސީއެލްޕީ އެވެ.

https://fahuminet.com/tournaments/office-league-2026

ހުޅުމާލެ ރެހެންދި ޑާފް ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Settings