Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ހަތަރު އަހަރަށް ފަހު އެފްއޭ ކަޕް މިއަދު ހަވީރު ފަށަނީ
ހަތަރު އަހަރަށް ފަހު އެފްއޭ ކަޕް މިއަދު ހަވީރު ފަށަނީ
މާޒިޔާއިން 2022 ވަނަ އަހަރުގެ ޗެމްޕިއަން ޓްރޮފީ އުފުލާލަނީ. ފޮޓޯ: އަދަދު

ހަތަރު އަހަރަށް ފަހު އެފްއޭ ކަޕް މިއަދު ހަވީރު ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 10 އެޕްރީލް 2026

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެ އެވެ.

މިއީ 2022 ވަނައަހަރުގެ ފަހުން މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމު ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށްދާނީ ނޮކައުޓް އުސޫލުންނެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ އަށް ޓީމު ވާދަކުރާ ކުއާޓާ ފައިނަލް މެޗުތައް މި ހަފްތާ ބަންދުގައި ކުޅެ ނިންމާ ގޮތަށް ހަމަޖެހިފައިވާއިރު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ބުލޫ ސްޕޯޓްސް ކްލަބާއި، ކްލަބު އީގަލްސް އެވެ.

ކުއާޓާ ފައިނަލް މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ވާނެކަމަށް ބެލެވެނީ މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ސްޕޯޓްސް ކްލަބު ވާދަކުރާ މެޗެވެ. ނިއު އިން މި މުބާރާތް 12 ފަހަރު ކާމިޔާބުކޮށްފައިވާއިރު އެޓީމާ މިރޭ ވާދަކުރާ އޮޑިއަކީ މިވަގުތު އެއްވަނަ ޑިވިޝަންގެ ފުޓްބޯޅައިގައި އޮތް އެންމެ އުންމީދީ ޓީމެވެ. އެޓީމުން ވަނީ މިދިޔަ ސީޒަންގައި އެއް ވަނަ ޑިވިޝަންގައި އަލަށް ވާދަކޮށް ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުމުގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މަގާމުވެސް ހޯދައިފައެވެ.

ކުއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި، ޓީސީ ސްޕޯޓްސް ކްލަބެވެ. ކުއާޓާ ފައިނަލްގެ ފަހު މެޗުގައި މާދަމާ ރޭ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ވާދަކުރާނީ މުބާރާތުގައި ބުރު ސްޕޯޓްސް ކްލަބެވެ. 

ސެމީ ފައިނަލްގެ މެޗުތައް އަންނަ ބުދަ ދުވަހު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެ ދުވަހުގެ ހަވީރު ވާދަކުރާނީ މިއަދާއި މިރޭ އޮންނަ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވާ ދެ ޓީމެވެ. ބުދަ ދުވަހުގެ ރޭ ކުޅޭ ސެމީގެ ފަހު މެޗުގައި ވާދަކުރާނީ މާދަމާ ހަވީރާއި، ރޭގަނޑު ކުޅޭ ކުއާޓާ ފައިނަލްގެ މެޗުތަކުން މޮޅުވާ ދެޓީމެވެ.

މުބާރާތުގެފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖައްސާފައިވަނީ މި މަހުގެ 18 ވާ ހޮނިހިރު ދުވަހު އެވެ.

https://fahuminet.com/tournaments/fa-cup-2026

މީގެ ހަތަރު އަހަރު ކުރިން، 2022 އޮގަސްޓް މަހު ކުޅުނު އެފްއޭ ކަޕް ފައިނަލުގައި ކްލަބް ވެލެންސިއާ 0-2 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާ އެވެ. އެއީ މާޒިޔާއިން އެފްއޭ ކަޕް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. 


ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Settings