Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަން ސްޓެލްކޯ މޮޅަކުން ފެށިއިރު ފަސް ޓީމަކަށް ސުން ނުކެނޑުނު
ޗެމްޕިއަން ސްޓެލްކޯ މޮޅަކުން ފެށިއިރު ފަސް ޓީމަކަށް ސުން ނުކެނޑުނު
އޮފީސް ލީގުގައި ރޭ ބީސީސީގެ ކުޅުންތެރިން ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: އޮފީސް ލީގު

ޗެމްޕިއަން ސްޓެލްކޯ މޮޅަކުން ފެށިއިރު ފަސް ޓީމަކަށް ސުން ނުކެނޑުނު

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 9 އެޕްރީލް 2026

ބިގްގޭމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އޮފީސް ލީގު 2026 ގެ ފުރަތަމަ ރޭ ޗެމްޕިއަން ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ އިތުރުން ކްލަބު ހައްޖާއި، ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) މޮޅުވިއިރު ފަސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިންމާލަން ޖެހިއްޖެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސްޓެލްކޯއިން މިފްކޯގެ މައްޗަށް ކުރި ހޯދީ 0-4 އިންނެވެ. ގްރޫޕް އޭގެ މި މެޗުގައި ސްޓެލްކޯ އިން ޖެހި ހަތަރު ލަނޑުވެސް ކާމިޔާބުކުރީ މެޗުގެ ފަހު ހާފުގަ އެވެ. ސްޓެލްކޯ އިން މި މެޗުގައި ޖެހި ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް އިބްރާހީމް ރިމާހް ކާމިޔާބުކުރި އެއް ގޯލު ވަނީ އަފްރާދު ހުސައިން އަތުން ބައިކޮޅަށެވެ. ރިމާހުގެ އިތުރުން އެޓީމަށް ގޯލު ކާމިޔާބުކޮށްދިނީ ހާރޫން އިބްރާހީމް އެވެ. 

އޮފީސް ލީގުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ގްރޫޕް އޭގެ ކްލަބު ހައްޖާއި ކްލަބު މާލެ ސިޓީ އެވެ. މި މެޗު 3-0 އިން ކްލަބު ހައްޖުން ކާމިޔާބުކުރި އިރު ކްލަބް ހައްޖުން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއްދެއްކި އިބްރާހީމް އާތިފެވެ. ކްލަބް ހައްޖުގެ އަނެއް ގޯލް ކާމިޔާބުކުރީ މާލިކް އަބްދުލްގަފޫރެވެ.

image

މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ބީގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ކްލަބު އެމްޓީސީސީއާއި މޯލްޑިވްސް އިސްލާމިކް ބޭންކު ބައްދަލުކުރި އިރު އެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ގްރޫޕް ބީގެ ދެވަނަ މެޗު ސިޓީސް މިނިސްޓްރީއާ ވާދަކޮށް ބިސީސީން ވަނީ 0-4 އިން ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ބީސީސީއިން ޖެހި ހަތަރުގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ ސާމީ އެވެ. އަނެއް ދެ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޔާން އާއި ޔަޝްމު އެވެ.

image

އޮފީސްލީގުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. ރޭގަނޑު 8 ޖަހާއިރު ފަށާ ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި، އަމިއްލަ ކުންފުންޏެއް ކަމަށްވާ ސްމާޓް އޯން އެވެ.

image

ގްރޫޕް ސީގެ ދެވަނަ މެޗުގައި މިރޭ 9 ޖަހާއިރުވާދަކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެސްޓީއޯ ރެކްރިއޭޝަން ކްލަބެވެ.

https://fahuminet.com/tournaments/office-league-2026

އޮފީސްލީގުގައި މިރޭ ކުޅޭ އެންމެ ފަހުން ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ގްރޫޕް ޑީގެ ދެމެޗެވެ. މިރޭ 10 ޖަހާއިރު ފަށާގޮތަށް ހަމަޖެހިފައިވާ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ރަނާސް އަޕް ޕޮލިސް ކްލަބާއި، މެޑްޓެކް ވާދަކުރާއިރު އެ ގްރޫޕްގެ ދެވަނަ މެޗުގައި މިރޭ 11 ޖަހާއިރު ބައްދަލުކުރާނީ ފަހި ރެކްރިއޭޝަން ކްލަބާއި، ކްލަބު އާސަންދަ އެވެ.

ކޮމެންޓްސް

Matches
1
Ongoing
1
Upcoming
Settings