Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އަހަރެންނަށް ރޮވުނީ ވީ ދެރައިން: ޑޮންނަރުއްމާ
އަހަރެންނަށް ރޮވުނީ ވީ ދެރައިން: ޑޮންނަރުއްމާ
އިޓަލީ އަށް މިއަހަރުގެ ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުމާއެކު ޑޮންނަރުއްމާ ދަނޑުމަތީގައި ރޮނީ.

އަހަރެންނަށް ރޮވުނީ ވީ ދެރައިން: ޑޮންނަރުއްމާ

ފަހުމިނެޓް
ފަހުމިނެޓް
7 ގަޑިއިރު ކުރިން 6 އެޕްރީލް 2026

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައި ނުވެ އިޓަލީ ފެއިލްވެއްޖެކަން ޔަގީންވި މެޗަށްފަހު އެޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އަށް ރޮވުނީ ވީ ދެރައިން ކަމަށް އޭނާ ބުނެފި އެވެ.

އެމެރިކާ އަދި ކެނަޑާގެ އިތުރުން މެކްސިކޯގައި މިއަހަރު އޮންނަ ވޯލްޑް ކަޕުން އިޓަލީ އަށް ފުރުސަތު ގެއްލުނީ މިދިޔަ އަންގާރަ ދުވަހުގެރޭ ކުޅުނު ޕްލޭއޮފް މެޗުގައި ބޮސްނިއާ ހެޒަގޮވީނާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ.

މިއީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައި އޮތް ޓީމެއް ޖެހިޖެހިގެން ތިންވަނަ ފަހަރަށް މުބާރާތަށް ކޮލިފައިނުވި ފުރަތަމަ ފަހަރެވެ.

ބޮސްނިއާއާ ދެކޮޅަށް އިޓަލީން ގައުމުން ބޭރުގައި ކުޅުނު މެޗުގެ ފަހު ހާފުގައި ބޮސްނިއާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ޑޮންނަރުއްމާ ދިފާއުކުރި ނަމަވެސް ޕެނަލްޓީ ޝޫޓްއައުޓްގައި ބޮސްނިއާ އިން ފޮނުވާލި އެންމެ ޕެނަލްޓީ އެއްވެސް ޑޮންނަރުއްމާއަށް މަތަކުރެވިފައެއްނުވެ އެވެ.

މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެގެން ކުރިއަށްގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓްގައި ބޮސްނިއާ އިން ފޮނުވާލި ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އިރު އިޓަލީން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވީ ނާކާމިޔާބެވެ. 

މެޗަށް ފަހު އަހަރެން ވަރަށް ރުއިން. އަހަރެންނަށް ރޮވުނީ އިޓަލީއަށް ހައްގުވާ މަންޒިލަށް އަހަރެންނަށް ޓީމު ނުގެންގޮސްދެވުނީމަ ލިބުނު މާޔޫސްކަމުގެ ސަބަބުން. 

އިންސްޓަގްރާމްގައި އުމުރުން 27 އަހަރުގެ ޑޮނަރޫމާ އާންމުކު ރިޕޯސްޓެއްގައި ލިޔެފައިވެ އެވެ.

"އަހަރެންނަށް ރޮވުނީ ވީ ދެރައްގެ ބޮޑު ކަމުން އަހަރެން ފަހުރުވެރިކަމާ އެކު ކެޕްޓަން ބޭންޑް އަޅައިގެން މި ހުރި އިޓަލީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އަދި މުޅި އިޓަލީގެ ހުރިހާ ރައްޔިތުންހެން މި ހިތާމަ ކުރާނެ." މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޑޮންނަރުއްމާ ލިޔެފައިވެ އެވެ.

ޑޮންނަރުއްމާ އެންމެ ފުރަތަމަ އިޓަލީގެ ގައުމީ ޓީމަށް ކުޅެފައިވަނީ 2016 ވަނަ އަހަރު އެވެ. އޭގެފަހުން އިޓަލީ ވޯލްޑް ކަޕެއްގައި ވާދަކޮށްފައި ނުވުމާއެކު ޑޮންނަރުއްމާ އެމުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިފައި ނުވާއިރު އެންމެ އަވަހަށްވެސް އޭނާއަށްދެން އެ ފުރުސަތު ލިބެން އޮތީ އުމުރުން 31 އަހަރުގަ އެވެ.

އެންމެ ފަހުން އިޓަލީ ވޯލްޑް ކަޕްގައި ވާދަކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. ބްރެޒިލްގައި އޮތް އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އިޓަލީ ކެޓިއިރު 2006 ވަނަ އަހަރު އިޓަލީން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އެގައުމަށް އަދި މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދެވިފައެއް ނުވެ އެވެ.

ޑޮންނަރުއްމާ ބުނިގޮތުގައި އިޓަލީ އަށް ހައްގު މަގާމު އަލުން އަނބުރާ ހޯދުމަށްޓަކައި ގިނަމަސައްކަތްތަކެއް ކުރަންޖެހެއެވެ.

"މިއީ އަހަރެމެން ފަށަންވީ ހިސާބު އަނެއްކާވެސް އެންމެން ގުޅިގެން. މިފަދަ ދަނޑިވަޅުތަކަކީ ހިތްވަރު އާކޮށް ކުރިއަށްދާން ލިބޭ ފުރުސަތެއް." ޑޮންނަރުއްމާ އިންސްޓަގްރާމްގައި ލިޔެފައިވެ އެވެ.

ކޮމެންޓްސް

Matches
Ongoing
2
Upcoming
Settings