ފުރަތަމަ ސަފްޙާ / ޚަބަރު / މޮރޮކޯ އަކީ އެފްރިކާގެ ފަހްރު، ފްރާންސަށް ލައްކަ އުނދަގޫ މިރޭ ޖައްސާނެ
މޮރޮކޯ އަކީ އެފްރިކާގެ ފަހްރު، ފްރާންސަށް ލައްކަ އުނދަގޫ މިރޭ ޖައްސާނެ

މޮރޮކޯ އަކީ އެފްރިކާގެ ފަހްރު، ފްރާންސަށް ލައްކަ އުނދަގޫ މިރޭ ޖައްސާނެ

ފަހުމިނެޓް
ފަހުމިނެޓް
7 ގަޑިއިރު ކުރިން 9 ޖުލައި 2026

މިދިޔަ 60 އަހަރު ދުވަހުގެ ތެރޭގައި މޮރޮކޯއިން ވަނީ އެފްރިކާ ބައްރު ފަހްރުވެރިވާ ފަދަ ކުރިއެުންތަކެއް ވޯލްޑް ކަޕްގައި އެކި ފަހަރު މަތިން ހޯދައިފަ އެވެ. މޮރޮކޯ އަކީ ސީދާ އެ ބައްރުގައި ބޭއްވި ކޮލިފިކޭޝަން ބުރުން ކޮލިފައިވެގެން ވޯލްޑް ކަޕްގައި ވާދަކުރި އެފްރިކާގެ ފުރަތަނަ ގައުމެވެ. މެކްސިކޯގައި 1970 ވަނަ އަހަރު މޮރޮކޯ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކޮށްފައިވާއިރު އޭގެ ފަހުން 1986 ވަނަ އަހަރު އަލުން ވޯލްޑް ކަޕްގައި ވާދަކޮށް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައި، ފުރަތަމަ ފަހަރަށް އެ ޝަރަފް އުފްރިކާގެ ގައުމުގެ ގޮތުގައި ހިމެނުނެވެ.  

 އޭގެ ފަހުން ދެން އައީ މޮރޮކޯ އިން މިހާތަނަށް ވޯލްޑް ކަޕްގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ. މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މޮރޮކޯ ވާދަކުރި އިރު މިއީ އެފްރިކާގެ އެއްވެސް ގައުމަކަށް އަދި ހޯދިފައި ނެތް ކާމިޔާބެކެވެ.  

މިފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން މޮރްކޯ ޖާގަ ހޯދީ ގަދަ 16 ގައި މުބާރާތުގު ހޯސްޓުންގެ ތެރޭގައި ހިމެނޭ ކެނަޑާ އާ ވާދަކޮށް 0-3 އިން މޮޅުވެގެންނެވެ. އޭގެ ކުރިން ގަދަ 32 ގައި މޮރޮކޯ އިން ވަނީ ވަރުގަދަ ނެދަލޭންޑްސް ޕެނަލްޓީ ޖަހައިގެން ބަލިކޮށްފަ އެވެ.  މިރޭ މޮރޮކޯއާ ވާދަކުރާ ފްރާންސް މިފަހަތުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައި ވަނީ ގަދަ 16 ގައި ޕެރަގުއޭއާ ވާދަކޮށް އުނދަގޫ މޮޅެއް ހޯދައިގެންނެވެ. އެ މެޗުގަގައި ފްރާންސްއިން ޕަރަގުއޭގެ މައްޗަށް ކުރި ހޯދީ 0-1 އިންނެވެ.

މިރޭ މޮރޮކޯ އާއި ފްރާންސް ރާއްޖޭގެ ގަޑިން މެންދަމުން އަލިވެ 1 ޖަހާއިރު ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވާއިރު މި ދެ ޓީމު ވަނީ އެންމެ ފަހުން އޮތް ވޯލްޑް ކަޕް މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. އެ މެޗު 0-2 އިން ފްރާންސް ކާމިޔާބުކުރި އިރު އެ މުބާރާތުގައި ފްރާންސް ވާދަކޮށްފައިވަނީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. މޮރޮކޯ އެފަހަރުގެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރުން ވީ ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ގެނުވި ކަމަކަށެވެ.

ވޯލްޑް ކަޕްގެ ފަހުގެ ތާރީހަށް ބަލާއިރު އެފްރިކާގެ ޓީމުތަކުން ފްރާންސަށް ލަނޑު ދީފައި ހުރި ވަރު މަދެއްވެސް ނޫނެވެ. މި ގަރުނުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތްތަކުގައި ފްރާންސް ހަ ފަހަރު ބަލިވެފައިވާއިރު އޭގެ ތެރެއިން ތިން ފަހަރު ބަލިވެފައިވަނީ އެފްރިކާއަށް ނިސްބަތްވާ ޓީމުތަކުގެ އަތުންނެވެ. މިރޭ ފްރާންސްއިން މޮރޮކޯއާ ބައްދަލުކުރާއިރު އެ ޓީމު އެންމެ ފަހުން ކުޅުނު ބައިނަލް އަގްވާމީ 34 މެޗުން ބަލިވެފައެއް ނުވެ އެވެ.  އެކަމަކު މިހާތަނަށް ފްރާންސް އާއި މޮރޮކޯ 12 ފަހަރު ވާދަކުރި އިރު އެއިން އެއްވެސް ފަހަރަކު ފްރާންސްގެ މައްޗަށް މޮރޮކޯއަށް ކުރި ހޯދިފައެއް ނުވެ އެވެ.  

މިރޭގެ މެޗަށް ނުކުންނައިރު މޮރޮކޯއަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ބެލެވެނީ ފްރާންސްގެ ފޯވާޑް ލައިންގައި ހަރަކާތްތެރިވާ ކުޅުންތެރިންގެ ފަރާތުންނެވެ. ވަކިން ހާއްސަ ގޮތެއްގައި މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ހަތް ގޯލް ކާމިޔާބުކޮށްފައިވާ ކިލިއަން އެމްބާޕޭ ރަގަޅު ފޯމެއްގައި ހުރުމަކީ އެ ނުރައްކާ އިތުރަށް ބޮޑުވާނެ ކަމެއް ކަމުގައި ބެލެވެ އެވެ.

މޮރޮކޯގެ ފަރާތުން މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ބޮޑު ނުރައްކަލެއް ޓީމުތަކަށް ކުރިމަތިކުރުވި އެއް ކުޅުންތެރިއަކީ އިސްމާއިލް ސައިބަރީ އެވެ. އެކަމަކު މޮރޮކޯއިން އެންމެ ފަހުން ކެނަޑާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން މިރޭގެ މެޗުގައި ސައިބަރީއަށް ކުޅެވޭ ގޮތް ނުވުމަކީ މޮރޮކޯއަށް ކުރިމަތިވާނެ ނުތަނަވަސް ކަމެކެވެ. މިރޭގެ މެޗުގައި ސައިބަރީ ނެތްތަން ފޫބައްދަން ނުކުންނާނެ ކަމަށް ބެލެވެނީ ކެނަޑާއާ ދެކޮޅަށް ކުޅުނު މެޗުގައި ސައިބަރީގެ ބަދަލުގައި ކުޅެން އެރި އުމުރުން 30 އަހަރުގެ ސުފިއާން ރަހީމީ އެވެ. އެ މެޗުގައި މޮރޮކޯ އިން ޖެހި ތިން ގޯލްގެ ތެރެއިން ފަހު ގޯލް ކާމިޔާބުކޮށްދީފައިވަނީ ވެސް ރަހީމީ އެވެ.  

ކޮންމެ ގޮތަކަށް ކަން އޮތަސް މިފަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯއިން ދައްކާފައިވާ ކުޅުމަށް ބަލާއިރު މިއީ މި ވޯލްޑް ކަޕްގައި ފްރާންސަށް ކުރިމަތިވާނެ އެންމެ އުނދަގޫ އިމްތިހާނަށް ވާނެ ކަމަށް ބެލެވެ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
1
Upcoming
Predict
Settings