ފުރަތަމަ ސަފްޙާ / ޚަބަރު / ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ ބުދަ ދުވަހު ފަށަނީ، މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް
ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ ބުދަ ދުވަހު ފަށަނީ، މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް
އެންމެ ފަހުން ބޭއްވި ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދި ލެއިޓް ވުލްފް ޔުނައިޓެޑް ތަށްޓާއެކު. ލެއިޓް ވުލްފްއިން ވަނީ މި މުބާރާތް މިހާތަނަށް ހަތަރު ފަހަރު ކާމިޔާބުކޮށްފަ - ފޮޓޯ: ނަރުދޫ ކައުންސިލް އިދާރާ

ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ ބުދަ ދުވަހު ފަށަނީ، މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 10 ޖުލައި 2026

ށ. ނަރުދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2026 އަންނަ ބުދަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

މިއީ އާބާދީގައި ހަތް ސަތޭކައެއްހާ މީހުން ދިރިއުޅޭ ނަރުދޫއަށް އަށް އެކަނި ހުޅުވާލައިގެން އެރަށު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ 12 ވަނަ ސްޕޯޓްސް ފިއެސްޓާގައި ހިމެނިގެން ކުރިއަށްދާ ފުޓްސަލް މުބާރާތެކެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތުގެ މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށްގެން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ސެމީ ފައިނަލްގައި ވާދަކުރާ ގޮތަށެވެ.

ލީގު އުސޫލުން ކުޅޭ މެޗުތައް މި މަހުގެ 15 އިން 21 އަށް ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލް މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖައްސާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރެ އެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް ޔުނައިޓެޑާއި، ރަނަރަޕް މަގާމު ހޯދި ބްލެކް ކޯނާގެ އިތުރުން އިތިހާދު އެފްސީ،  ކަމިންގ އަޕް،  ދަ ބެންޗް އަދި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ އާރްއެސްއޭ ނެކްސްޓް ޖެނެރޭޝަނެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން މާލޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 2025 ވަނަ އަހަރު އޮތް މުބާރާތުގައި ކުރިއަށް ގެންދިޔަ ށ. އަތޮޅު ބުރުގެ ސެމީ ފައިނަލްގައި ވާދަކޮށްފައިވާ ނަރުދޫގައި ފަށަން ތައްޔާރުވަމުން އަންނަ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ "ފަހުމިނެޓް" އެވެ.  

https://fahuminet.com/tournaments/narudhoo-council-futsal-fiesta-2026

ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2026 ގެ ރަސްމީ މީޑިއާ ޕާޓްނަރުގެ ގޮތުގައި "ފަހުމިނެޓް" ހަމަޖެއްސުމާއެކު މުބާރާތަށް ޓީމުތަކުން ވަމުން އަންނަ ތައްޔާރީތަކާއި، މުބާރާތުގެ ހުރިހާ މެޗެއްގެ ލައިވް ސްކޯއާއި، މެޗުތަކުގެ ތަފްސީލް ހަބަރުގެ އިތުރުން މުބާރާތުގެ ތެރެއިން ފާހަގަވާ މުހިންމު ކަންކަމާ ގުޅޭ ހަބަރުތައް ތާޒާ ކަމާއެކު މި ނޫހުގެ ވެންސައިޓް މެދުވެރިކޮށް ގެނެސްދެވޭނެ އެވެ.

މީގެ އިތުރުން މުބާރާތުގެ ކުރިއަށް ހުންނަ މެޗުތަކުގެ މައުލޫމާތާއި، ޕޮއިންޓް ޓޭބަލް ވަގުތުން އަޕްޑޭޓްވުމާއި، އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިންގެ ތަރުތީބާއި އަދި މުބާރާތުގައި ވާދަކުރާ ޓީމުތަކާއި، އެ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންގެ މައުލޫމާތާއި ތަފާސް ހިސާބު ވެސް މި ނޫހުގެ ވެބްސައިޓްގައި މުބާރާތަށް ހާއްސަކޮށްފައިވާ ޕޭޖުން ބެލެން ހުންނާނެ އެވެ. އަދި، ހަމަ އެއާއެކު މުބާރާތުގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތުވެސް މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލެވޭނެ އެވެ.

 

ކޮމެންޓްސް

Matches
6
Ongoing
1
Upcoming
Predict
Settings