ފުރަތަމަ ސަފްޙާ / ޚަބަރު / ޕެނަލްޓީން ލެއިޓާއި، ބެންޗުގެ ހިތް ވީ ހަލާކު، މުޅިން އާ ދެ ޓީމު ފައިނަލަށް
ޕެނަލްޓީން ލެއިޓާއި، ބެންޗުގެ ހިތް ވީ ހަލާކު، މުޅިން އާ ދެ ޓީމު ފައިނަލަށް
ކަމިން އަޕްގެ ޝަންޓޭ ބޯޅަ ހިފައިގެން ކުރިއަށް ދަނީ. ފައިނަލުގައި އެޓީމު ނުކުންނާނީ އިއްތިހާދު އެފްސީއާ ދެކޮޅަށް. ފޮޓޯ: ނަރުދޫ ކައުންސިލް

ޕެނަލްޓީން ލެއިޓާއި، ބެންޗުގެ ހިތް ވީ ހަލާކު، މުޅިން އާ ދެ ޓީމު ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 24 ޖުލައި 2026

ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ފައިނަލުން ކަމިން އަޕް އާއި އިއްތިހާދު އެފްސީ ޖާގަ ހޯދައިފި އެވެ.

މިފަހަރުގެ މުބާރާތުގައި މުޅިން އަލަށް ބައިވެރިވި ދެ ޓީމު ކަމަށްވާ ކަމިން އަޕާއި، އިއްތިހާދު އެފްސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ އިއްޔެ ހަވީރާއި ރޭ އެ ދެ ޓީމު ވާދަކުރި ސެމީ ފައިނަލް ދެ މެޗުގެ ވެސް ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އެއްވަރުވެފައި އޮތުމާއެކު ޕެނަލްޓީ ޖަހައިގެން މެޗު ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ސެމީގައި ކަމިން އަޕާއި ދަ ބެންޗް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ކަމިން އަޕް ކުރި ހޯދީ 2-4 އިންނެވެ. 

މުބާރާތުގައި ލީގު އުސޫލުން ކުޅުނު ބުރުގެ އެއްވެސް މެޗަކުން ބަލިނުވެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދި ކަމިން އަޕުން އިއްޔެ ހަވީރު ދަ ބެންޗާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ދެ ލަނޑުވެސް ޖެހީ ދަ ބެންޗުންނެވެ. މެޗުގެ ފުރަތަމަ ދިހަ މިނެޓްގެ ތެރޭގައި ދަ ބެންޗުން ދެ ލަނޑުގެ ލީޑެއް ނެގި އިރު ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކުރީ ހުސައިން ނައުޝާދެވެ. ދެވަނަ ލަނޑު އޭގެ ފަސް މިނެޓް ފަހުން އެ ޓީމަށް ކާމިޔާބުކޮށްދީދައިވަނީ އަމާން އާދަމެވެ.

މި މުބާރާތުގެ ލީގު އުސޫލުން ކުޅުނު ބުރުގައި އެއް މެޗުން މޮޅުވެ ތިން މެޗު އެއްވަރުކޮށްގެން ހަތަރު ވަނަ ޓީމުގެ ގޮތުގައި ދަ ބެންޗުން ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކުރިއިރު ލީގު ބުރުގައިވެސް އެ ޓީމަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކަށް ވީ ލީޑް ހޯދުމަށްފަހު އެ ލީޑް ނުހިފެހެއްޓުމެވެ.

އިއްޔެގެ މެޗުގެ ކުރީ ކޮޅު ދަ ބެންޗުން ނެގި ދެ ލަނޑުގެ ލީޑު ދިފާއުކުރަން ކުރި މަސައްކަތް ނާކާމިޔާބުވީ މެޗު ނިމެން އެންމެ ހަތް މިނެޓަށް ވެފައިވަނިކޮށް ކަމިން އަޕަށް ކުޅެމުން އަންނަ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ މުހައްމަދު އިސާމް (ޝަންޓޭ) އެ ޓީމު ކޮޅަށް ފުރަތަމަ ގޯލް ވައްދާލި ހިސާބުންނެވެ. އެއާއެކު އޭގެ ދެ މިނެޓް ފަހުން ކަމިން އަޕްގެ ހުސައިން ހަލީމް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކަމިން އަޕުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރެވުނު އިރު ދަ ބެންޗަށް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީ އެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މުބާރާތުގެ ލީގު ބުރުން ދެވަނަ ހޯދައިގެން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރި އިއްތިހާދު އެފްސީ އާއި ތިންވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދި ލެއިޓް ވުލްފް ވާދަކޮށް 3-3 އިން ފުރިހަމަ ވަގުތު ނިންމާލި އިރު މެޗުގައި ފެނުނު ހަ ލަނޑުގެ ތެރެއިން ފުރަތަމަ ތިން ލަނޑު ކާމިޔާބުކުރީ އިއްތިހާދުންނެވެ. އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން އެއް ލަނޑު ލެއިޓްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އިއްތިހާދުގެ އަނެއް ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ނިސާހާއި، ހުސައިން ނިހާލެވެ.

މި މެޗުގައި ލެއިޓުން ޖެހި ތިން ލަނޑުގެ ތެރެއިން އެއް ލަނޑަކީ އިއްތިހާދު ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ދެ ގޯލް ލެއިޓަށް ކާމިޔާބުކޮށްދީފައިވަނީ މި މުބާރާތުގައި ލެއިޓަށް އެންމެ ގަވާއިދުން ގޯލް ޖަހައިދެމުން އަންނަ އިބްރާހިމް އީވާން އާއި އަހްމަދު ސާނީ އެވެ.

https://fahuminet.com/tournaments/narudhoo-council-futsal-fiesta-2026

ޕެނަލްޓީ ޝޫޓްއައުޓްގައި އިއްތިހާދުން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައިވާ އިރު ލެއިޓުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. ޕެނަލްޓީގައި އިއްތިހާރު ކުރި ހޯދީ 4-5 އިންނެވެ. 

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު އެވެ.

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings