ފުރަތަމަ ސަފްޙާ / ޚަބަރު / ދަރިފުޅުގެ ތާރީހީ ކާމިޔާބުން މަންމައެއްގެ ވޯލްޑް ކަޕް ހުވަފެނުގައި ކުލަޖެހިއްޖެ
ދަރިފުޅުގެ ތާރީހީ ކާމިޔާބުން މަންމައެއްގެ ވޯލްޑް ކަޕް ހުވަފެނުގައި ކުލަޖެހިއްޖެ
ވޮޒީނިއާ ސްޕެއިން މެޗަށްފަހު އުފަލުން ރޮވިފައި. އެ މެޗުގައި ދެއްކި މޮޅު ކުޅުމާއެކު އޭނާގެ މަގްބޫލުކަން ވަނީ ވަރަށް ބޮޑުވެފަ.

ދަރިފުޅުގެ ތާރީހީ ކާމިޔާބުން މަންމައެއްގެ ވޯލްޑް ކަޕް ހުވަފެނުގައި ކުލަޖެހިއްޖެ

ފަހުމިނެޓް
ފަހުމިނެޓް
20 ގަޑިއިރު ކުރިން 18 ޖޫން 2026

މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ އާދަޔާހިލާފު ކުޅުމެއް ދެއްކި އެކަކަށް ކާބޯ ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާ ޔަގީނުންވެސް ވާނެ އެވެ.

މުބާރާތުގެ އެންމެ ހޮޓް ފޭވަރިޓުންގެ ތެރޭގައި ގިނަ ބަޔަކު ހިމަނާފައި އޮތް ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އިން މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ކާބޯ ވާޑޭއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެގެން ދަނޑުން ފައިބަން ޖެހުނީ ވޮޒީނިއާގެ ހުށިޔާރުކަމުގެ ސަބަބުންނެވެ.

ކާބޯ ވާޑޭގެ ގިނަ ބަޔަކު އުންމީދުވެސް ކޮށްފައި ނެތްވަރުގެ ނަތީޖާއަކާ އެކު ވޯލްޑް ކަޕްގެ ފުރަތަމަ ތަޖުރިބާ އެގައުމުން ކުރި އިރު އެ ޓީމުގެ ގޯލްކީޕަރަށް އެންމެ ބޮޑު ފަޅުކަމެއް އިހްސާސްކުރަންޖެހުނީ އޭނާގެ މަންމައަށް ވޯލްޑް ކަޕް ބަލަން އެމެރިކާއަށް އާދެވޭ ގޮތް ނުވުމުންނެވެ.

ތާރީހީ މެޗަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ކާބޯ ވާޑޭގެ ގޯލްކީޕަރު ބުނެފައިވަނީ އޭނާގެ މަންމަ އަށް ވޯލްޑް ކަޕް ބަލަން އެމެރިކާއަށް އާދެވޭ ގޮތް ނުވީ ވިސާ ޖެހުމަށްޓަކައި ބޮޑު ހޭދައެއް ކުރަންޖެހޭތީ ކަމަށެވެ.

އެކަމަކު ވޮޒީނިއާގެ މަންމަ އަމިއްލަ ރަށުގައި ހުރެ ބީބީސީއާ ވާހަކަދައްކަމުން މިއަދު ބުނެފައިވަނީ މުބާރާތް ބަލަން އެމެރިކާއަށް ދިއުމުގެ އިންތިޒާމްތައް މިހާރު ހަމަޖެހެމުން އަންނަ ކަމަށެވެ.

"އަހަރެން މިހިރީ ވަރަށް އުފާވެފަ." އުމުރުން 40 އަހަރުގެ ގޯލްކީޕަރުގެ މަންމަ ބުނެފައިވެ އެވެ.

މިކަން ހަމަޖެހެމުން އަންނަލެއް މިހާރު ވަރަށް އަވަސް. ކޮންމެ ގޮތަކަށް ކަން ވިޔަސް އަހަރެން މިހިރީ އަހަރެންގެ ދަރިފުޅު ވޯލްޑް ކަޕްގައި ކުޅޭތަން ބަލާލަން ދެވޭތީ ވަރަށް އުފާވެފަ. އަހަރެން މިދަނީ އޭނައަށް ތަރުހީބު ދޭން. އޭނައަށް އިތުރަށް ހިތްވަރުދީ އޭނަގެ މަސައްކަތަށް އިތުރު ދިރުމެއް ގެނެސްދޭން. ދެން ކުޅޭ މެޗެއް ނިމުމުން އަހަރެން ބޭނުންވަނީ އަހަރެންގެ ދަރިފުޅު ގައިގަ ބައްދާލަން.

 ވޮޒީނިއާގެ މަންމަ ބުންޏެވެ.

ކާބޯ ވާޑޭގެ ގޯލްކީޕަރުގެ މަންމައަށް އެމެރިކާއަށް އާދެވޭނެ ގޮތް ހަމަޖެހިފައި މިވަނީ ޔޫއެސް ހައުސް ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފްރީޒް ވޮޒީނިއާގެ މަންމަގެ ވިސާއާ ގުޅޭގޮތުން ވާހަކަދައްކާފައިވަނިކޮށެވެ. ޖެފްރީން ބުނިގޮތުގައި ގޯލްކީޕަރުގެ މަންމަ އެމެރިކާއަށް ދަތުރުކުރަން ނަގަންޖެހޭ ވިސާގެ ފީ މާފުކޮށްށް ދަތުރުކުރެވޭނެ ހުރިހާ އިންތިޒާމުތަކެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

"އެއްވެސް މަންމައަކަށް އެ މީހެއްގެ ދަރިފުޅު ތާރީހީ ކާމިޔާބީއެއް ހޯދާއިރު އެ ތަން ބަލަން ކައިރީގަ ހުރުމުގެ ފުރުސަތު ގެއްލިގެން ނުވާނެ." އެކްސްގައި ޖެފްރީން ކުރި ޕޯސްޓެއްގައި ލިޔެފައިވެ އެވެ.

"ސެކެޓްރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އާއި ވާހަކަ ދެއްކުމަށްފަހު ކާބޯ ވާޑޭ ދެން ކުޅޭ މެޗަށް ގޯލްކީޕަރުގެ މަންމައަށް އެމެރިކާއަށް ދަތުރުކުރުމުގައި ސްޓޭޓް ޑިޕާޓްމަންޓަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުމަށް އެދިފައިވާނެ."

ވޮޒީނިއާގެ މަންމަ ހިމެނޭހެން އާއިލާގެ މެންބަރުން އެކުގައި. ވޮޒީނިއާގެ މަންމަ އަށް މިހާރު ވަނީ އެމެރިކާ އަށް އެތެރެވެވޭ ގޮތަށް ވިސާ ލިބޭނެގޮތް ވެފަ. 
ވޮޒީނިއާގެ މަންމަ ހިމެނޭހެން އާއިލާގެ މެންބަރުން އެކުގައި. ވޮޒީނިއާގެ މަންމަ އަށް މިހާރު ވަނީ އެމެރިކާ އަށް އެތެރެވެވޭ ގޮތަށް ވިސާ ލިބޭނެގޮތް ވެފަ. 

"އަންނަ އާދިއްތަ ދުވަހު ވޯލްޑް ކަޕްގައި ކާބޯ ވާޑޭ އިން އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗަށް އެމެރިކާއަށް ދަތުރުކުރަން ބޭނުންވާ ވިސާ ވޮޒީނިއާގެ މަންމައަށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ވާހަކަ އަހަރެން މި އިއުލާނު ކުރަނީ އުފަލާއެކު.  ވިސާ ނެގުމަށްޓަކައި ދައްކަން ޖެހޭ ފީ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން މައާފުކޮށްދިނުމަށްފަހު މަންމައާއި ދަރިފުޅު އަލުން ބައްދަލުވާނެ ގޮތަށް ދަތުރުގެ ހުރިހާ އިންތިޒާމެއް މިއަންނަނީ ހަމަޖައްސަމުން." ޖެފްރީން އެކްސްގައި ލިޔެފައިވެ އެވެ.

ވޮޒީނިއާގެ މަންމައަށް ވިސާގެ ކަންކަން ފުރިހަމަކޮށްދެމުން އަންނަކަން އެމެރިުކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލަކުވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ވޯލްޑް ކަޕް މެޗުތައް ބަލަން ޓިކެޓް ގަނެފައި އޮތަސް ވިސާ ހޯދުމަށްޓަކައި ގާތްގަނޑަކަށް 11 ހާސް ޕައުންޑް ޑިޕޮސިޓްގެ ގޮތުގައި އެމެރިކާއަށް ދަތުރުކުރާ ކޮންމެ މީހަކު ބަހައްޓަންޖެހޭ ފަސް ގައުމުގެ ތެރޭގައި ކާބޯ ވާޑޭ ހިމެނެ އެވެ.

ކާބޯ ވާޑޭ އިން ސްޕެއިން ހިފެހެއްޓި މެޗަށްފަހު ވޮޒީނިއާގެ މަގްބޫލްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ސޯޝަލް މީޑިއާގައި މީގެކުރިން ބައިލައްކައެއްހާ ސަޕޯޓަރުން ތިބި ވޮޒީނިއާ ސްޕެއިން މެޗުގައި މޮޅު ކުޅުމާ އެކު މަގްބޫލުކަން އިތުރުވެ އޭނާގެ ފޮލޯވަރުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 14 މިލިއަނަށް އިތުރުވެފައެވެ. 

ގައުމީ ޓީމަށް 91 މެޗު ކުޅެފައިވާ ވޮޒީނާ މިވަގުތު ކުޅެމުން އަންނަނީ ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގެ ޓީމަކަށެވެ.

ކޮމެންޓްސް

Matches
4
Ongoing
Upcoming
Predict
Settings