ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަންގެ ބޮޑު މޮޅާ އެކު ކްލަސިކާ ރައްޓެހި ޓީމުތަކަށް ކާމިޔާބު ރެއެއް
ޗެމްޕިއަންގެ ބޮޑު މޮޅާ އެކު ކްލަސިކާ ރައްޓެހި ޓީމުތަކަށް ކާމިޔާބު ރެއެއް
މިދިޔަ އަހަރުގެ ޗެމްޕިއަން އެޗްޕީއެސްއެން އިން ރޭ ހޯދި ބޮޑު މޮޅުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ޗެމްޕިއަންގެ ބޮޑު މޮޅާ އެކު ކްލަސިކާ ރައްޓެހި ޓީމުތަކަށް ކާމިޔާބު ރެއެއް

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 25 ޖޫން 2026

ކްލަބް މޯލްޑިވްސް ކްލަސިކްގައި، މުބާރާތާ ރައްޓެހި ޓީމުތަކުން މުހިއްމު މޮޅުތަކެއް ރޭ ހޯދައިފި އެވެ. 

ރޭ ވަނީ މުބާރާތުގެ ހަ މެޗު ކުޅެފަ އެވެ. މި ހަ މެޗުގެ ތެރެއިން ދެ މެޗަކީ ޗެމްޕިއަނުން މޮޅުވި މެޗުތަކެވެ. މިގޮތުން އެންމެ ފަހުގެ ޗެމްޕިއަން އެޗްޕީއެސްއެން ވަނީ 1-11 އިން ބަންޑާރަ ކްލަބް ބަލިކޮށްފަ އެވެ. އަދި 2024 ވަނަ އަހަރުގެ ޗެމްޕިއަން ކްލަބް ޑީޖޭއޭ އިން ވަނީ 0-6 އެސްއެމްއީ ޑިޖިޓަލް ބަލިކޮށްފަ އެވެ. 

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޓީމުން ހޯދި ބޮޑު މޮޅުގައި އެޓީމުގެ 11 ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ ޒާދު މުހައްމަދު ހާލިދެވެ. އަދި އެޓީމުގެ މުހައްމަދު އަހުޒަމް އަހުމަދު ވަދީއު އާއި މުހައްމަދު ޝަހީމް ދެ ގޯލު ޖެހި އެވެ. އެޓީމަށް ދެން ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ޝުއޫން އާއި އަހުމަދު ނަޝާތުގެ އިތުރުން މުހައްމަދު ޖައިޝަމް އެވެ. މެޗުގައި ބަންޑާރަ ކްލަބުގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު އައުސަމް ހުސައިން އެވެ. 

ޑީޖޭއޭ އިން އެސްއެމްއީ ޑިޖިޓަލް ކޮޅަށް ގޯލުތައް ޖެހީ މުހައްމަދު ފަރުހާން އާއި ދެ ގޯލު ޖެހި މުހައްމަދު އަޖުވަދު ސޮލާހުގެ އިތުރުން އިބްރާހީމް ލޫތު އަދި ސައުދުﷲ އަހުމަދެވެ. 

ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ކްރިމިނަލް ކޯޓުން ވަނީ 0-1 އިން މެޑްޓީޓީ ބަލިކޮށްފަ އެވެ. މެޗުގައި ކްރިމިނަލް ކޯޓުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޔައިޝް މުސްތަފާ އެވެ. 

ކްލަބް ބިނާރާ އިން ކުޅުނު މެޗު ވެސް ކާމިޔާބުކުރީ 0-1 އިންނެވެ. އެޓީމަށް ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު މިންވާލް އެވެ. 

އެމްއެމްއޭ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް
އެމްއެމްއޭ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

އެމްއެމްއޭ ސޯޝަލް ކްލަބުން ޕީއެސްއެމްއާ ވާދަކޮށް މޮޅުވީ 3-4 އިންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި އެމްއެމްއޭ އަށް ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އައްފާން އާއި ދެ ގޯލު ޖެހި އަންސަރު އިބްރާހީމްގެ އިތުރުން ލުހާމް މުހައްމަދު ލަތީފެވެ. ޕީއެސްއެމްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ރިމާހު އަހުމަދު ކާމިޔާބު ކުރިއިރު އަނެއް ގޯލު ޖެހީ އަލީ އަފްޒަލް އިބްރާހީމް އެވެ. 

ހުޅުމާލެ ހޮސްޕިޓަލް ކުޅުނު މެޗުގައި ކްލަބް އޭޝިއޭޝަން ސެކިއުރިޓީއާ ވާދަކޮށް 1-2 އިން ވަނީ މޮޅުވެފަ އެވެ. މި މެޗުގައި ހުޅުމާލެ ހޮސްޕިޓަލަށް ގޯލުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ސޯލިހާއި އާދިލް އަބްދުއްރަހްމާން އެވެ. އޭވިއޭޝަން ސެކިއުރިޓީގެ ހަމައެކަނި ގޯލު ޖެހީ ތައުމީން ނޫހު އެވެ. 

https://www.fahuminet.com/tournaments/cmc-classic-2026

މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމެވެ. މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ދެ މެޗުން މޮޅުވެފައިވާ ހަމައެކަނި ޓީމަކީ ހުޅުމާލެ ހޮސްޕިޓަލެވެ. 

ކްލަބް މޯލްޑިވްސް ކްލަސިކްގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެދުވަހު މުބާރާތުގެ ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. 

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings