ފުރަތަމަ ސަފްޙާ / ޚަބަރު / ސުމައްޔާގެ ހެޓްރިކާއެކު ސިފައިންގެ ކްލަބުން އެއިޓީން ތާޓީގެ ފުރަތަމަ މޮޅު ހޯދައިފި
ސުމައްޔާގެ ހެޓްރިކާއެކު ސިފައިންގެ ކްލަބުން އެއިޓީން ތާޓީގެ ފުރަތަމަ މޮޅު ހޯދައިފި
އެއިޓީން ތާޓީ މުބާރާތުވައި ރޭ ދިވެހި ސިފައިންގެ ކްލަބާއި، ބިސްބުރު ސްޕޯޓްސް ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސުމައްޔާ އެވޯޑާއެކު. ސުމައްޔާ ވަނީ މި މުބާރާތުވައި މިހާތަނަށް ފަސް ގޯމް ޖަހާފައި - ފޮޓޯ: ފޮޓޯ މާސްޓާ

ސުމައްޔާގެ ހެޓްރިކާއެކު ސިފައިންގެ ކްލަބުން އެއިޓީން ތާޓީގެ ފުރަތަމަ މޮޅު ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
14 ގަޑިއިރު ކުރިން 10 ޖުލައި 2026

ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެއިޓީން ތާޓީ ފުޓްސަލް މުބާރާތުގައި ރޭ ދިވެހި ސިފައިންގެ ކްލަބްގެ ސުމައްޔާ މަސުޝިމާ ހެދި ހެޓްރިކާ އެކު އެޓީމުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ކްލަބް މޯލްޑިވްސް އިން ބާއްވާ އަންހެން ފުޓްސަލްގެ ދެ މުބާރާތުގެ ތެރެއިން އެލީޓް މުބާރާތުގެ ގޮތުގައި ކުރިއަށްގެންދާ އެއިޓީން ތާޓީ މުބާރާތުގައި ރޭ ދިވެހި ސިފައިންގެ ކްލަބް މޮޅުވީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް 2-6 އިންނެވެ.

ރޭގެ މެޗަކީ ތިން ޓީމު ވާދަކުރަމުން އަންނަ މި މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބުން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ކްލަބް ވެމްކޯއާ ވާދަކޮށް އެ ޓީމު ވަނީ 3-5 އިން ބަލިވެފަ އެވެ.

މުބާރާތުގައި ރޭ ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް ބިސްބުރު ކުޅުނު މެޗަކީ އެއިޓީން ތާޓީގެ ތާރީހުގައިވެސް އެ ޓީމުގެ ފުރަތަމަ ފެނިލުމެވެ. ރޭގެ މެޗުގައި ދިވެހި ސިފައިންގެ ކްލަބުން ބިސްބުރުގެ ކޮޅަށް ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު އެ ޓީމަށް ކުޅެމުން އަންނަ ބަންގްލަދޭޝްގެ ކުޅުންތެރިޔާ ސުމައްޔާ ކާމިޔާބުކުރި އިރު އަނެއް ތިން ގޯލް ކާމިޔާބުކޮށްދީފައިވަނީ މައީޝާ އަބްދުލްހަންނާނާއި، ޝަހްފާ ޝިއުތުގެ އިތުރުން  މަރިޔަމް ރިފާ އެވެ.

ރޭގެ މެޗުގައި ބިސްބުރަށް ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ  އައިޝަތު ޝާޒްލީން އާއި އެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާ މަތުލަޕެލްވާ އެވެ.

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ މެދަކާ ހަމައަށް ގޮސްފައިވާ އިރު ސީޒަންގައި ހިމެނޭ އަންހެން ދެވަނަ މުބާރާތް ކަމަށްވާ އެއިޓީން ތާޓީ ކްލެސިކްގެ ދެ މެޗުވެސް ރޭ ވަނީ ކުޅެފަ އެވެ. މުބާރާތުގައި ބައިވެރިވި ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ރޭ ކުޅުނު ދެ މެޗުގެ ތެރެއިން ޕްރިޒަން ކްލަބާއި ޔޫތު މިނިސްޓްރީގެ ޓީމު ބައްދަލުކުރި މެޗު 0-1 އިން ކާމިޔާބުކުރީ ޕްރިޒަން ކްލަބެވެ. މި މެޗުގައި ޕްރިޒަން ކްލަބުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ފާތިމަތު އިނާޝާ އާދަމެވެ.

https://fahuminet.com/tournaments/eighteen-thirty-2026

އެއިޓީން ތާޓީ ކްލަސިކްގެ ގްރޫޕް އޭގައި ރޭ ހެލްތު ރިކްރިއޭޝަން ކްލަބާއި، އެސްޓީއޯ ރިކްރިއޭޝަން ކްލަބް ވާދަކުރި މެޗު 0-8 އިން ކާމިޔާބުކުރީ އެސްޓީއޯ ރިކްރިއޭޝަން ކްލަބެވެ.  

މި މެޗުގައި އެސްޓީއޯގެ ފާތިމަތު ނިހާމާ ހެޓްރިކް ހެދިއިރު އެޓީމުގެ ޝިޔާނާ އަހްމަދު ޒުހައިރު ވަނީ ދެ ގޯލް ޖަހައިފަ އެވެ. މީގެ އިތުރުން އެސްޓީއޯގެ އާއިޝަތު ސަމާ އާއި މަލްދާ ނަސީރު ވެސް ގޯލެއް ކާމިޔާބުކުރި އިރު ހެލްތު ރިކްރިއޭޝަން ކްލަބްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށްވެސް ރޭގެ މެޗުގައި ވަނީ ގޯލެއް ވަދެފަ އެވެ.

ކޮމެންޓްސް

Matches
6
Ongoing
1
Upcoming
Predict
Settings