ފުރަތަމަ ސަފްޙާ / ޚަބަރު / އަންހެން ފުޓްސަލްގެ އެންމެ ޝަރަފްވެރި ތަށި ވެމްކޯ އިން އުފުލާލައިފި
އަންހެން ފުޓްސަލްގެ އެންމެ ޝަރަފްވެރި ތަށި ވެމްކޯ އިން އުފުލާލައިފި
ެވެމްކޯ އިން އެއިޓީން ތާޓީގެ ތަށި އުފުލާލަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

އަންހެން ފުޓްސަލްގެ އެންމެ ޝަރަފްވެރި ތަށި ވެމްކޯ އިން އުފުލާލައިފި

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 24 ޖުލައި 2026

ރާއްޖޭގައި ބާއްވާ އަންހެން ފުޓްސަލްގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ، އެއިޓީން ތާޓީގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި އެވެ. 

ވެމްކޯ އިން ޗެމްޕިއަންކަން ހޯދީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 3-1 އިން މޮޅުވެގެންނެވެ. 

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ފުރަތަމަ ގޯލު ޖެހީ ސިފައިންގެ ކްލަބުންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސުމައްޔާ މަޓްސުސްޝިމާ އެވެ. 

ވެމްކޯ އިން ނަތީޖާ އަނބުރާލީ ފަހަތުން އަރައި ޖެހި ގޯލުތަކުންނެވެ. އެޓީމުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އާމިނަތު ފަޒްލާ އެވެ. ފަޒްލާ ފުރަތަމަ ގޯލު 17 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ގޯލު ޖެހީ 24 ވަނަ މިނެޓުގަ އެވެ. ވެމްކޯގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ މަޔާރާ ކެސިއާ ބަލްޑަސޯ އެވެ. 

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެމްކޯގެ މަޔާރާ އެވެ. 

އެއިޓީން ތާޓީގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، ސިފައިންގެ ކްލަބުގެ ސުމައްޔާ އާއި ސަބީނާ ކަތުންގެ އިތުރުން ވެމްކޯގެ ތިން ކުޅުންތެރިންނެވެ. ޗެމްޕިއަން ވެމްކޯ އިން ގަދަ ފަހެއްގައި ހިމެނުނީ، ފާތިމަތު ސައުސަން އާއި އަޗްލޭ ލެރިސާ އޮލިވިއޭރާ ޑަ ސިލްވާ އާއި މަރިޔަމް ނޫރާ އެވެ. 

މިއަހަރުގެ އެއިޓީން ތާޓީގައި ތިން ކްލަބެއް ވަނީ ބައިވެރިވެފަ އެވެ. މި ދެޓީމުގެ އިތުރުން ވާދަކުރީ ބިސް ބުރު ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ ލީގު ބުރުގެ މެޗުތައް ކުރިއަށްދިޔައީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ވާދަކުރާ ގޮތަށެވެ. 

https://fahuminet.com/tournaments/eighteen-thirty-2026

މިދިޔަ އަހަރުގެ އެއިޓީން ތާޓީން ވެމްކޯ އަށް ފައިނަލުގެ ފުރުސަތެއް ނުލިބުނެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ސިފައިންގެ ކްލަބުން ހޯދީ ފައިނަލުގައި އެމްޕީއެލް ބަލިކޮށްގެންނެވެ. 

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings